ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދު ދުވަހުގެ މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ފިތުރު އީދު ދުވަހު މާލޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލާގައި ފުލުހުން ހޯދަން އިއުލާންކުރި ހަތް މީހުންގެ ތެރެއިން އަނެއްކާ ވެސް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ގއ. ގެމަނަފުށީ ކެނެރީގޭ އަހުމަދު ނާޒިހު، 27، ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އީދު ދުވަހު ހެނދުނު މާލޭގެ ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ކުރިން ވަނީ ހޯދަން އިއުލާންކުރި ހަތް މީހުންގެ ތެރެއިން ދެ މީހަކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކޮށްފަ އެވެ. އެއީ ތ. ތިމަރަފުށީ ސީނުގޭ، އަހުމަދު ޝިމްހާޒު، 22، އާއި މާލެ، މ. ލޮނުމިދިލިގެ، ލޫޠު އަހުމަދު އާސިފް، 18، އެވެ. އަދި މި މާރާމާރީ ގުޅިގެން ކުރިން ވަނީ 18 އަހަރުގެ މީހަކާއި 15 އަހަރުގެ ކުއްޖަކު ވެސް ހައްޔަރުކޮށްފަ އެވެ.

ފުލުހުން ހޯދަން އިއުލާންކުރި ހަތް މީހުންގެ ތެރެއިން މީހާރު ނުފެނި ބާކީ ތިބީ އައްޑޫ ހުޅުދޫ، ނާދީ، މުނާދު ޖައުފަރު 20، އާއި ހުޅުދޫ، ކޮރަލް، އަހުމަދު ސާތިއު، 21، އާއި މާލެ ދަފުތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދުދީދީ، 27، ގެ އިތުރުން ގދ. މެންދޫ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24، އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: