ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީން އިތުރު 2 ޑްރެޖަރު ގެންނަނީ!

ކުންފުނީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ވަސީލަތްތައް އިތުރު ކުރުމަށް މި އަހަރު ޖުލައި މަހުގެ ތެރޭގައި 2 ޑްރެޖަރު ގެންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ، އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އޭނާ ފާހަގަކުރެއްވީ އެމްޓީސީސީގެ ބޯޑުގެ މިހާރުގެ ވިސްނުން ހުރީ އެ ކުންފުންޏަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަދި ކާމިޔާބު ކުންފުންޏަށް ހެދުން ކަމަށާއި އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ކުންފުންޏަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުންޏަކަށް ހެދުން ކަމަށެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީގައި ހުރި އިކުއިޕްމަންޓްސް ހުރީ ވަރަށް ބާވެފައި ކަމަށާއި އެހެން ކަމުން މުޅި ފްލީޓް އައު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި ހާމަކުރެއްވީ ރިއަލް އެސްޓޭޓް ބޮޑެތި ޕްރޮޖެކްޓްތަކަށް ވަދެ، ވިޔަފާރި އިތުރަށް ފުޅާ ކުރުމުގެ ވިސްނުންވެސް ގެންގުޅުއްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: