ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ހަމަކޮށް ކޯލިޝަން ޕާޓީތަކަށް ފައިސާ ދޫކުރަން، ސަރުކާރުން އީސީއަށް ނުފޫޒު ފޯރުވާ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒުތައް ފޯރުވާ އެންމެ ބޮޑު ސަބަބަކީ، ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށް އެ ޕާޓީތަކަށް ފައިސާ ދޫކުރުމަށްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ޕާޓީ އޮފީހުގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ މެމްބަރުން ދަފްތަރުން ބަދަލުކޮށް އެހެން ޕާޓީތަކުގައި ހިމަނާ ތުހުމަތަކީ ހެކި ހުރެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޕީޕީއެމުން ދެކެން ޖެހުނީ އަނިޔާވެރި އަދި ހިތްދަތި ދުވަސްތަކެއް ކަމަށާއި، ނުހައްގުން އެ ޕާޓީން ފޭރިގެންފައިވާ މެމްބަރުން އަލުން ޕާޓީއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އިލެކްޝަަންސް ކޮމިޝަނަކީ ވެސް ސަރުކާރުން ބޮޑެތި ނުފޫޒުތަކެއް ފޯރުވަމުންދާ އެއް މުވައްސަސާ ކަމަށެވެ. ކޮމިޝަނުގެ އޭރުގެ މެމްބަރުން އިސްވެ ތިބެ 2018 ގެ ރިޔާސީ އިންތިހާބު ވެސް ވަގަށް ނެގީ އެމްޑީޕީއަށް އެހީވުމަށްކަމަށް ކުރާ ތުހުމަތުތައް ތަކުރާރުކޮށް ޝުޖާއު ވިދާޅުވީ އީސީން ގައުމަށް ޣައްދާރުވި ކަމަށެވެ. އިދިކޮޅު ޕީޕީއެމް ނޫނީ ރަނގަޅު ގޮތުގައި މެމްބަރުން އިތުރު ކުރަން މަސައްކަތް ކުރާ ޕާޓީއެއް ނެތްކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ، ބުރަ މަސައްކަތުން އެއް ކުރާ ފޯމުތައް ކޮމިޝަނަށް ހުށަހެޅުމުން އެ ޕްރޮސެސް ކުރަން ވެސް އެތައް މަސް ދުވަހެއް ނަގާ ކަމަށެވެ. އަދި ކިތަންމެ ގިނަ ފޯމެއް ހުށަހެޅި ނަމަވެސް އޭގެއިން ސައްހަކަމަށް ކަނޑައަޅަނީ މަދު ފޯމުތަކެއްގެކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެހެން ސިޔާސީ ޕާޓީތަކަށް މިހާ ބޮޑެތި އުސޫލުތަކުން އަމަލު ނުކުރާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ، އެހެން ޕާޓީތަކުން އިނގިލީގެ ނިޝާންތަކުގެ ބަދަލުގައި ފައިގެ އިނގިލީގެ ނިޝާން ޖަހައި ވެސް ފޯމުތައް ހުށަހަޅަމުންދާ ކަމަށެވެ. ނަމަވެސް އީސީން އެ ފޯމުތައް ޕްރޮސެސްކޮށް ސައްހަކަމަށް ކަނޑައަޅާކަމަށް އޭނާ ވިދާޅުވި އެވެ.

10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާއިރު، ފައިސާ ދޫކުރާ މުއްދަތުގައި ބައެއް ޕާޓީތަކަށް ކުއްލިއަކަށް މެމްބަރުން ހަމަވާ ގޮތާއި މެދު ޝުޖާއު ސުވާލު އުފެއްދި އެވެ. އަދަލަތު ޕާޓީ އާއި، ޖުމްހޫރީ ޕާޓީގެ މެމްބާޝިޕަށް ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް ގެންނަނީ ސަރުކާރުން އެދިގެންކަމަށް ޝުޖާއު ތުހުމަތު ކުރި އެވެ.

ޝުޖާއު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރާއިރު، މެމްބަރުން ހަމަކޮށް ދީ އެ ފައިސާ ދިނުން އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯލިޝަނުގެ ލީޑަރުންނަށް ވެފައިވާ ވައުދެއްކަމަށެވެ. ޖޭޕީއަށް ވެސް ގަބޫލު ނުކުރެވޭ މިންވަރަށް މީހުން އިތުރުވީ ގޮތާއި މެދު ޝުޖާއު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ.

ޝުޖާއު ވިދާޅުވީ ހަގީގަތަކީ އެ ޕާޓީތަކަށް އިދިކޮޅު ޕާޓީން، މެމްބަރުން ބަދަލު ކުރުން ފަދަ އަމަލުތައް ހިންގާ ކަމެވެ.

ޝުޖާއު މިފައިން ވިދާޅުވަމުންދާއިރު، ޕާޓީއެއްގެ މެމްބަރުންގޮތުގައި ރެޖިސްޓަރ ކުރުމުން އެ ފަރާތެއްގެ ރެޖިސްޓްރޭޝަން ފުރިހަމަވެފައިވާކަމަށް އަންގައިދޭ މެސެޖެއް ފޮނުވަން ވަނީ ފަށާފަ އެވެ. މިކަން ޝުޖާއު ފާހަގަ ކުރެއްވީ އިދިކޮޅުން ކުރި މަސަައްކަތްތަކުގެ ސަބަބުން އީސީން އަޅަން ޖެހުނު ފިޔަވަޅެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: