ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލަ ނުބަލަން ސަރުކާރުންވަނީ އަދީބާއިއެކު އެއްބަސްވެފައި: ރަައީސް ޔާމިން

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޔާމީން މާލެވަޑައިގަތް ލޯންޗުކޮޅުގައި އެއްޗެއްގޮވާލި ހާދިސާގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނިފެންމާ ލޯނުޗުކޮޅު ގޮއްވާލި މައްސަލަ ނުބެލުމަށް ސަރުކާރާއި ކުރީގެ ނައިބު ރައީސްއެއްގޮތުގައި މަސައްކަތްކުރެށްވި އަހުމަދު އަދީބާއި ދެމެދު ޑީލެއް ހަދާފައިވާކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމިން ވިދާޅުވީ ސަރުކާރުން ކޮންމެ މައްސަލައެއް އެމަނިކުފާނާއި ދެކޮޅަސް ޝަރުއީގޮތުން ހިނގި ނަމަވެސް ހެކިވެރިއެއްގެ ގޮތުގައި ގެންނަވަނީ ކުރީގެ ނައިބު ރައީސް އަދީބު ކަމަށެވެ. އަދި އެފަދައިން ސަރުކާރުން އަމަލުކުރަމުންދަނީ، އަދީބާއި ސަރުކާރާއި ދޭދެތެރޭގައި އެކަމުގެ ބަދަލުގައި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލަ ނުބެލުމަށް އެއްބަސްވުމެއް ގާއިމު ކުރެވިފައިވާތީ ކަމަށެވެ.

ޓެރަރިޒަމްގެ ދައުވާ ލިބިވަޑައިގެން ކުރީގެ ނައިބު ރައީސް އަދީބު 15 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަށްވަމުން ދިއަނަމަވެސް މިހާރު އެ ހުކުމްވަނީ ބާތިލުވެފައިކަން ފާހަގަކުރަށްވާ ރައީސް ޔާމިން ވިދާޅުވީ، ދައުލަތުގެ އިސްވެރިއާއަށްވެސް އެފަދަ ބާރެއް ލިބިގެން ނުވާނެ ކަމަށެވެ. އެ ހާދިސާގައި އަނިޔާވެފައިވާ އެތައް ބައެއްގެ ހައްގު ގުޅިފައިވާތީކަމަށްވެސް ރައީސް ޔާމިން ވަނީ ފާހަގަކުރަށްވާފައިއެވެ. އަދި ޓެރަރިޒަމްގެ އެފަދަ އަމަލެއްގެ ތަހުގީގު އެއްފަރާތް ކޮށްފައި ބޭއްވޭނެ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށް އިޝާރާތްކުރަށްވާ ރައީސް ޔާމިން ވިދާޅުވީ، އެ ފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ލުއި ދިނުމާއި ދައުވާކޮށް ހުކުމުކުރުމުގައިވެސް ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން އެ މަނިކުފާނަށް ފެނިވަޑައިގަންނަކަށެވެ.

ރައީސް ޔާމިން މި ބައްދަލުވުމުގައި ފިނިފެންމާ ލޯންޗުކޮޅު ގޮއްވައިލުމާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ދައުރުގައި ރައީސް އޮފީހުގެ ތަރުޖަމާނެއް ގޮތުގައި މަސައްކަތްކުރަމުންދިއަ މުއާޒު އަލީ މިމައްސަލައާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މުއާޒު މިހާރު ދައްކަމުންދާ ވާހަކަތައް ދެކޮޅުނުޖެހޭކަމަށް ރައީސް ޔާމިން ވިދާޅުވެފައިވާއިރު، ލޯންޗުކޮޅު ގޮވި ހާދިސާ ހިނގި ދުވަ ރައީސް ޔާމިންގެ އަމަލުތައް ހުންނެވީ އާމުކޮށް ހުންނަވާ ގޮތައް ނޫން ކަމަށެވެ. އަދި އެ ދުވަހު ރައީސް ޔާމިން އިންނެވީ އެމަނިކުފާނު އާއްމުގޮތެއްގައި އިޝީންނަވާ ސީޓުގައި ނޫންކަމަށްވެސް މުއާޒު ވަނީ ބުނެފައިއެވެ. އަދި އެ ދުވަހު ރައީސް ޔާމިންގެ އަނބިކަނބަލުން މެޑަމް ފާތުން ލޯންޗު ގޮވުމާއި އެކު މުއާޒުއާއި ގާތައް “ވިއްސައިގެން” އައި ހިނދު ދުންގަނޑުގެ ތެރެއިން އިސްތަށިފުޅުގައި ހުރި ކުނޑިތަކެއް ސާފުކުރަށްވަމުން ރައީސް ޔާމިން ނުކުތް ހިނދު އެނާ ވެފައިވާވަރަށްވެސް އެ މަނިކުފާނު މޫނުމަތިން ހާސްކަމެއް ފެނިފައިނުވާކަމަށް މުއާޒު ވަނީ ބުނެފައިއެވެ.

ރައީސް ޔާމިން އަވަހާރަކޮށްލަން ހަމަލާދީފައިވަނީ 2015 ވަނަ އަހަރު އެމަނިކުފާނު ހައްޖަށް ވަޑައިގަތުމަށްފަހު މާލެ އަނބުރާއައި ހިނދު ފިނިފެންމާ ލޯންޗުކޮޅުގައި އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި ރައީސް ޔާމިންގެ އަނބިކަނބަލުން މެޑަމް ފާތުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައިއެވެ. އަދި އެ ކަމަނާގެ ހަށިފާރަވެރިންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބިގެންދިއަކަން ވެސް ފާހަގަކޮށްލެވެއެވެ. މި މައްސަލައިގައި އޭރު ނައިބު ރައީސް ގޮތުގައި ހުންނެވި އަހުމަދު އަދީބަށް ވަނީ ރައީސް ޔާމިން އަވާހާރަކޮށްލަންކޮށްލަން އުޅުންކަމުގުގެ ތުހުމަތު ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ މުއްދަތުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަމަވެސް މިހާރު އެ ހުކުމްވަނީ ބާތިލު ކުރެވިފައިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: