ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފުށީ ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފެށައިފި

އެމްޓީސީސީން ރާއްޖޭގެ ރަށްތަކުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަލިފުށީ ބިން ހިއްކުމާއި އެއަޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކަން ފެށުމުގެ ކުރިން އަޅަންޖެހޭ ބަންޑްވޯލް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އާއި ފަޔަރ ބިލްޑިންގ އެއް އެޅުން ހިމެނެއެވެ.

މީގެ އިތުރުން އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނޭކަމަށް އެމްޓީސީސީން މައޫލޫމާތު ދެ އެވެ.

އެމްޓީސީސީން ބުނެފައިވާގޮތުގައި މި މަޝްރޫއަކީ 451.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: