ދ މީދޫ ބަނދަރު ބަނދަރު ތަރަައްގީ ކުރުމުގެ މަޝްރޫޢގެ ދަށުން، އެރަށުގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތެރެ ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން ބުނެފައިވާ ގޮތުން ދ މީދޫގައި އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު އެތެރެކުރުމުގެ މަސައްކަތްތައް މޭ މަހު 24 ވަނަ ދުވަހު ނިމިފައިވާއިރު، މިވަގުތު އެ ކުންފުނިން ކުރިއަށް ގެންދަމުން ދަނީ އެ ރަށުގެ އެއްގަމު ތޮށީގައި ކޮންކްރީޓް އެޅުމުގެ މަސައްކަތެވެ.
ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް 24 މެއި 2022 ވަނަ ދުވަހު ނިމިއްޖެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް.#MTCCProjects #RayyithungeKunfuni pic.twitter.com/Zps8FuiDYa
— MTCC Plc (@MTCCPlc) May 25, 2022
މި މަޝްރޫއުގެ ދަށުން ދ މީދޫގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާ އިރު، 373 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.
އަދި 35 މީޓަރުގެ ސަރަހައްދަކު ރިވެޓްމެންޓް ޖެހުމާއި އެކު އިތުރު 294 މީޓަރުގެ ސަރަހައްދެގައި އެއްގަމު ތޮށިލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދައި 1470 އަކަ މީޓަރުގެ ސަރަހައްދެއްގައ ހާބާރ ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށް ކަމަށްވެސް އެމްޓީސީސީއިން ވަނީ އާއްމުކޮށްފައިއެވެ.
ދ މީދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫޢއަށް 34.07 މިލިއަން ރުފިޔާ ހޭދަވާނެކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެ އެވެ.

