ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އިށީންނާނެ ގޮނޑިއެއް ނެތް ސިޔާސީ މީހާއަށް ވެސް މުސާރަ ދޭ ސަރުކާރެއް: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިރޭގެ ހަބަރަށްފަހު ޕްރޮގްރާމްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އާދަޔާ ހިލާފަށް ސަރުކާރުގެ ހަރަދު ބޮޑުކަމަށާއި، ސަރުކާރުގައި ތިބި އިށީންނާނެ ގޮޑިއާއި ކުރާނެ މަސައްކަތެއް ނެތް، 75% ސިޔާސީ ބޭފުޅުންނަށް މަހަކު 30 މިލިއަން ރުފިޔާ ދައުލަތަށް ނުލިބޭ އާމްދަނީއިން ހަރަދު ކުރާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ދައުލަތުގެ ދަރަނި ބޮޑުވަނީ ދައުލަތަށް އެތެރެނުވާ ފައިސާއިން ވެރިންވާ ވައުދުތަށް ފުއްދުމަށްޓަކައި ދައުލަތުން ހަރަދުކުރާތީކަމަށެވެ. ދައުލަތުގެ މާލިއްޔާތުގައި ފައިސާ ނެތުމުން ނަގާ ލޯނުތަކަކީ ދައްކަން ޖެހޭނެ އެއްޗެއްކަމަށާއި، ކުރިއަށް އޮތް 10 އަހަރު ތެރޭ މި ފައިސާ ނުދެއްކީ ދައުލަތާއި ދިވެހި ރާއްޖެ ދަރަނިވެރި ވެއްޖަނަމަ މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާއި އަދުގެ ސަރުކާރުކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

ދެ ސަރުކާރުންވެސް ބޮޑެތި ޕްރޮޖެކްތައް ހިންގިކަމުގެ ވާހަކަދައްކާއިރު އެއްވެސް ޕްރޮޖެކްޓަކީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއިން ހިންގި ޕްރޮޖެކްތަކެއް ނޫންކަމަށް ވިދާލުވެ އޭނާ ފާހަގަ ކުރެއްވީ ކޮންމެ ޕްރޮޖެކްޓަކީވެސް ލޯނު ނަގައިގެން ހިންގި ޕްރޮޖެކްޓްތަކެއްކަމަށެވެ. މިއީ އިންޑިއާ އަދި ޗައިނާގެ އަތުން ނެގި ލޯނުތަކެއްކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ސިޔާސީ ބޭނުމަށްޓަކަިއ ޞޭނުންނުވާ ބިންތައްވެސް ހިއްކަމުންދާކަމަށާއި ފައިސާ ހަރަދުކޮށް ހިއްކާ ބޭނުންނުކޮށްވާ އެތައް ބިމެއް އެބަ އޮތްކަމުގައި އުމަރު ނަސީރު ފާހަގަކުރެއްވިއެވެ.

މައްސަލައަކީ ނުލިބޭ އާމްދަނީއެއް ހަރަދުކުރުމަށްތަކައި ލޯނު ނަގަތީކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މިއީ ދައްކަން ޖެހޭނެ އެއްޗެއްކަމަށެވެ.

ކުރީގެ ސަރުކާރާއި މި ސަރުކާރުގެ ފަރާތުންވެސް ފެނިގެން ދިޔައި އާދަޔާ ހިލާފަށް ހަރަދު ބޮޑުކޮށް ކުރިއަށްދާތަންކަމުގައި ފާހަގަކުރައްވާ އުމަރު ވިދާޅުވީ ވަރަށް ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކަކަށް ވަޒީފާ ދީފިކަމަށާއި އެބޭފުޅުންނަށް މުސާރަ ދިނުމަށްޓަަކައި މަހަކު 30 މިލިއަން ރުފިޔާ ހަރަދު ކުރަނބްޖެހޭކަމަށެވެ. އަދި މި ސިޔާސީ ބޭފުޅުންނަކީ ޕާޓީއަށް ގުލާނުކޯށްދީ ކެމްޕެއިންތަކުަގއި މަސައްކަތް ކުރެއްވި މީހުންކަމަށް ވިދާޅުވެ އޭނާ ދެންނެވީ މީގެ ތެރެއިން 75% މީހުންނަކީ ނޮން ޕްރޮޑަކްޓިވް މީހުންކަމަށެވެ. މާނައަކީ މިއީ ކުރާނެ މަސައްކަތެއް ނެތް މީހުންކަމަށް ވިދާޅުވިއެވެ.

ދެން އިޝާޜާތް ކުރެއްވީ އޭނާ ހޯމް މިނިސްޓަރަކަށް ހުނެވިއިރު މިނިސްޓްރީގެ ކަންތައް ހިގައިދިޔަ ގޮތަށެވެ. އަދި ވިދާޅުވީ މިނިސްޓްރީއަށް ވަޒީފާ ދީ ފޮނުވި އެތައް ބަޔަކީ ނޮން ޕާފޯމިން މީހުންކަމަށާއި ހަވާލު ކުރާނެ މަސައްކަތެއް، ބައިންދާނެ ގޮޑިއެއް ނެތް މީހުންވެސް މީގެ ތެރޭގައި ހިމެނޭކަމަށެވެ. އަދުގެ ސަރުކާރުން އުޅެނީ މިއަށްވުރެވެސް މަތި ބަރު ކޮށްގެންކަމުގައި ވިދާޅުވެ ފާޑު ކިޔުން އަމާޒުކުރިއެވެ.

ލޯނު ނަގައި ބޭނުން ނުވާ ބިންތައް ހިއްކާ މިފަދަ ސަބަބުތަކަކާއި ހުރެ ވަރަށް ބޮޑު ދަރަނީގެ ފަރުބަދައެއް އެޅިފައިވާކަމަށާއި މިގޮތަށް ކުރިއަށްދަނީނަމަ މި ފަރުބަދަ އަދި ދައުލަތުގެ ބޯ މައްޗަށް ވެއްޓޭނެކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރުން ފަށާއިގެން ކުރަމުން އައި ހަރަދުތައް ބަލައި ހަރަދު ކުޑަ ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

އޭނާ ދެކޭ ގޮތުގައި ދައުލަތް 30 އިންސައްތައަށް ކުޑަ ކުރަން ޖެހޭކަމަށާއި ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީގެ އިތުރުން މުޅި ސަރުކާރުވެސް ކުޑަ ކުރަން ޖެހޭކަމުގައި ވިދާލުވިއެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކަށް ބޭނުން ނުވާ މިންވަރަށް މިނިވަން މުއައްސަސާތައްވެސް އުފައްދާފައިއެބަ ހުރިކަމަށާއި އެހެންކަމުން މިނިވަން މުއައްސަސާތައް މަދުކޮށް ބައެއް މުއައްސަސާތައް އެއް މުއައްސަސާ އަނެއް މުއައްސަސާއާއި އެއް ކުރަން ޖެހޭކަމަށް އުމަރު ނަސީރު ފާހަގަކުރެއްވިއެވެ.

ނޫންނަމަ ދަރަނީގެ ފަރުބަދަ ބޮލަށް ވެއްޓި ސްރީ ލަންކާއަށް ދިމާވިފަދަ ގޮތެއް ރާއްޖެއަށް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑުކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އުމަރު ނަސީރު މިފަދައިން ވާހަކަދައްކާވާފައިވާ ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން، މާލީ ރިޒާވް ހުސްވެ ލޯނުތައް އަންބުރާ ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭކަމަށް އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯރްގަން އިންވެސްވަނި ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: