ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާއި ގުޅުވައި މުއާޒް ދައްކަނީ ސިޔާސީ ވާހަކައެއް: އުމަރު

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ޔާމީން މާލެވަޑައިގަތް ލޯންޗުކޮޅުގައި އެއްޗެއްގޮވާލި ހާދިސާގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލައާއި ގުޅޭގޮތުން ކުރީގެ ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެމްޓީޑީގެ ނައިބުރައީސް ގޮތުގައި މަސައްކަތްކުރަށްވާ މުއާޒް އަލީ ދައްކަވަމުންދާ ވާހަކަތަކަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ދައްކަވާ ވާހަކަތަކެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އުމަރު ވިދާޅުވީ، ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލުމާއި ގުޅިގެން ނޫސްވެރިނާއި މައުލޫމާތު ހިއްސާ ކުރުމަށް ބައްދަލުވުމެއް ބޭވުމަށް މުއާޒްއަށް އަންގާފައިވާނީ، އެނާއަކީ އެ މަސައްކަތްތަކާއި ހަވާލުވެލައްވާފައިވާ ފަރާތްކަމަށްވުމުން ކަމަށާއި، ސިޓީއެއް ފޮނުވަން ޖެހުމުން އޮފީހުގެ ޕިއޯނަށްވެސް ގޮވާނެކަމަށް ފާހަގަކުރަށްވާ އެނާ ވިދާޅުވީ، ވަކި ހާއްސަ މަގުސަދެއްގައި މުއާޒް ލައްވައި ނޫސްވެރިންނަށް ބައްދަލުވުމަކަށް ކިޔާފައި ނުވާނެ ކަމަށެވެ.

އަދި ލޯންޗުކޮޅު ގޮއްވާލި ވީޑިއޯ އެކުލެވޭ ސީޑީއެއްގައި ޝޮޓުތައް ހުރީ އެޑިޓްކޮށްފައިވާ ކަމަށް ބުނެ މުއާޒް ދައްކަވާފައިވާ ވާހަތައް ސައްހަ ނޫންކަމަށާއި، އެޑިތަަކަށްވާނެ ހަމައެކަނި ކަމަކީ އެ މަންޒަރަށް އަލި އަޅުވައި ޝޮޓުގެ ދެފަޅިން ކަނޑާލައިފައި އިނުން އެކަނި ކަމަށާއި އެހެންނަމަވެސް އެ ވީޑިއޯގެ އަސްލު ރައީސް އޮފީހާއި ފުލުހުން އަތުގައިވެސް އޮންނާނެ ކަމަށް ފާހަގަކުރަށްވާ އުމަރު ވިދާޅުވީ އެހެންކަމުން ޝައްކުގެ ނަޒަރުން ބެލޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވުމުން މުއާޒް އެ ވާހަކަތައް ދައްކަވަނީ ސިޔާސީ ބޭނުމެއްގައި ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައިއެވެ.

ރައީސް ޔާމިންގެ ފުރާނައަށް އަމާޒުކޮށް ފިނިފެންމާ ލޯންޗުކޮޅުގޮވި ހާދިސާގެ ހަގީގަތަކީ އެ ލޯންޗުގައި އެދުވަހު އެއްޗެއް ހަރުކޮށް ގޮއްވާލާފައިވުން ކަމަށް ފާހަގަކުރަށްވާ އުމަރުވަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ބައެއް ވާހަކަތަކަށް އަލި އަޅުވާލާފައިއެެވެ.

އެހެންކަމުން މިފަދަ ބޮޑު ކަމަކީ ޑްރާމާއެއް ނުވަތަ ސްޓަންޓެއް ކަމަށް އިދިކޮޅު ފަރާތްތަކަށް ފެނިގެން ދިއުން އެއީ ތޮބީއްޔަތު ފަދަ ކަމެއް ކަމަށްވެސް އުމަރު ވަނީ ސިފަ ކުރަށްވާފައިއެވެ. އަދި ރިލްވާން ގެއްލުވާލި މައްސަލައިގައިވެސް ރައީސް ޔާމިންގެ އަތެއް ވާކަމަށް ތުހުމަތުތަކެއް ކުރެވިގެން ދިއަ ކަމަށް ފާހަގަކުރަށްވާ އުމަރު ވިދާޅުވީ ނަމަވެސް ދާދި ފަހުން ރިލްވާންގެ ބައްޕަވަނީ އެހެން ނޫން ކަމަށްވެސް ބުނެފައިކަމަށް އުމަރު އިޝާރާތްކުރެށްވިއެވެ. އަދި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކުން ރައީސް ނަޝީދަށް އަމާޒުވެގެން ދިއަ ހަމަލާވެސް ހަމަ އެފަދައިން ޑްރާމާއެއްގެ ގޮތުގައި ސިފަ ކުރާކަމަށް އުމަރު ވަނީ ވިދާޅުވެފައިއެވެ.

ކުރީގެ ދެ ރައީސުންނަށްވެސް ދެވިފައިވާ ހަމަލާތަކަކީ ޑްރާމާތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރަށްވާ އުމަރު ވިދާޅުވީ ކޮންމެ ކަމެއް ނަމަވެސް އެކަން ގަބޫލު ނުކޮށް އިދިކޮޅަށް ވަކާލާތު ކުރާ ބަޔަކު އުޅޭނެ ކަމަށެވެ. އަދި ބަޔަކު މީހުން ހަނދަށް ގޮސްފައިވާކަންވެސް ގަބޫލު ނުކުރާ މީހުން މިޒަމާނުގައި އަދިވެސް އެބަތިބި ކަމަށް ފާހަގަކުރަށްވާ އުމަރު ވިދާޅުވީ ހަގީގަތަކީ ފިނިފެންމާ ލޯންޗުކޮޅު ގޮވި ކަމަށާއި އަދި ދާދި ފަހުން ރައީސް ނަޝީދަށްވެސް ފުރާނަ ގެއްލޭ ވަރުގެ ހަމަލާއެއް ދެވިގެންދިއަ ކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ، ރައީސް ޔާމިނަށް ދެވުނު ހަމަލާގެ ތަހުގީގުތައް ކުރުމުގައި ކަންކަން ގެންގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށްވި ނަމަވެސް، އިހުމާލެއް އޮތްކަމަށް ބުނެވެން ނޯންނާނެކަމަށެވެ.

އަދި ރައީސް ޔާމިން އެ މައްސަލައިގެ ތަހުގީގުތައް ވަކި ގޮތަކަށް ގެންދަން ވިދާޅުވެފައި ނުވާކަށް ފާހަގަކުރަށްވާ އެނާ ވިދާޅުވީ، އެތައް ބައެއްގެ ނަން މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަކުރެވިގެން ދިއަނަމަވެސް ބެކްގްރައުންޑް ހަދައި ތަހުގީގުތައް ކުރުމަށް ފަހު ނުފެންނަ ނަމަ އެ ފަރާތަކަށް ނަން އައި ކަންވެސް އިންގިފައި ނުވާނެ ކަމަށާއި އެއްވެސް ފަރާތަކާއި ހަމައަށް ދިއުމުގެ ކުރިން އެތަކެއް ހެއްކެއް ހޯދައިފައިވާނެ ކަމަށް އުމަރު ވަނީ އިޝާރާތް ކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: