ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ހުސްވެ މިތިބީ އިންޑިއާ އައުޓް ކުރަން: ރައީސް ޔާމީން

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު ސަމާލުކަމެއް ހުރީ އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރުމަށްކަމަށް، ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތާއި ވާދައަށް ”ބާކީ ނުވޭ“ ގެ ނަމުގައި ސަރުކާރުގެ މެމްބަރުން ކެމްޕެއިނެއް ފަށާފައިވާއިރު އެކަމަށް ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ. ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވާފަވާއިރު ފުލުހުން ދަނީ އެއްވުންތަކަށް ހުރަސް އަޅަމުންނެވެ. އަދި އިންޑިއާ އައުޓް ދޭހަވާ ގޮތަށް؛ ކުރެހުންތަކާއި ލިޔުންތައް ހުރި ބެނާތައް ކޯޓު އަމުރުގެ ދަށުން ނަގަމުން ގެންދާކަން ފާހަގަ ކުރެވެ އެވެ.

އިދިކޮޅުގެ ހަރަކާތުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް ހީނަރުކަމެއް އަތުވެދާނެކަމަށާއި، އަދި އެހީއެއް ބޭނުންވާ ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ ވެސް އެހީ ފޯރުކޮށްދެނީ އިންޑިއާކަމަށް އެ ގައުމުގެ ދިފާއަށް އެމްޑީޕީގެ މެމްބަރުން ކުރި ޓްވީޓުތަކުގައި ވެއެވެ.

މި ކެމްޕެއިނަށް ފާޑުކިޔައި ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ފޯކަސް ހަމައެކަނި ހުރީ ރާއްޖެއިން އިންޑިއާގެ ނުފޫޒު ފޮހެލުމަށް ކަމަށެވެ. އަދި އެކަމުގެ ރައްދުގައި ނުވަތަ ވާދައަށް ފަށާ އެއްވެސް ހަރަކާތަކަށް މާބޮޑު ސަމާލުކަމެއް ނުލިބި ވަނދުވެގެން ދިޔައީކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ ދިފާއަށް އެމްޑީޕީގެ ބައެއް މެމްބަރުން ކުރި ޓްވީޓުތަކުގައި ވަނީ ކޮވިޑުގެ ބަލިމަޑުކަމުން ރާއްޖެއަށް އަރައިގަނެވުނީ އެގައުމުގެ އެހީގެ ސަބަބުން ކަމަށާއި، ގައުމުގެ މިނިވަންކަމަށް ލޮޅުމެއް އައި ކޮންމެ ހިނދެއްގައި އެންމެ އަވަހަށް އެހީވި ބަޔަކީ ވެސް އެއީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: