ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އެކު އެކުލަވާލި އެއްބަސްވުން ހާމަކުރަން ސަރުކާރަށް މަޖުބޫރު: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިނޑީއާ އަސްކަރިޔާއަށް ދިވެހި ރާއްޖޭގައި ޖަމާވެ ތިބެވޭނެ ފަދައިން ހަދާފައިވާ އެއްބަސްވުންތައް ހާމަ ކުރުމަށް ރައްޔިތުން ވަނީ ސަރުކާރަށް މަޖުބޫރުކޮށްފައި ކަމަށާއި އެކަމުގެ ސަބަބުން ދެކެވެމުންދާ ހަމައެއްނެތް ވާހަކަތައް ހުއްޓުވުމަކަށް ގެނެވިދާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޓްވީޓެއް ކުރަށްވާ އިންޑީއާ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި ދެކޮޅަށް ވަކާލާތް ކުރަށްވަމުން ރައީސް ޔާމިންވަނީ, އޮޅުވާލުމެއްގެ މައްޗަށް ބިނާ ވެގެންވާ އެއްބަސްވުމެއް ތަސައްވަރު ކުރެވިދާނެތޯވެސް ސުވާލުކުރަށްވާފައިއެވެ. އަދި ކުރެވެމުންދާ މަސައްކަތްތަކުގެ ސަަބަބުން ސަރުކާރުގެ ފަރާތުން ދައްކަމުންދާ ހަމަނުޖެހޭ ވާހަކަތައް ހުއްޓުވުމަކަށް ގެނެވިގެންދާނެކަމަށް ހީކުރަށްވާ ކަމަށްވެސް އެ މަނިކުފާނުވަނީ ވިދާޅުވެފައިއެވެ.

ރައީސް ޔާމިން މިފަދައިން ވިދާޅުވެފައިވާ އިރު، އެމްޑީޕީއިން އިސްނަގައިގެން، އިންޑިއާގެ ދިފާއުގައި ޓްވިޓާރގައިވަނީ ކެމްޕެއިންނެއް ފަށާފައިއެވެ. އަދި އެކަމާއި ވިދިގެން ރައީސް ޔާމިނަށް ތާއީދުކުރާ މީހުންވެސް ވަނީ ކެމްޕެއިންނެއް ފަށާފައިކަން ފާހަގަކޮށްލެވެއެވެ. އެމްޑީޕީއިން “ބާކީނުވޭ” ގެ ނަމުގައި ފަށާފައިވާ އިރު އެ ކެމްޕެއިންވަނީ ޓްވިޓަރ ޓްރެންޑިން ތާވަލުން ބަލާލައި ނަމަ ރައީސް ޔާމިންނަށް ތާއީދުކޮށް ފަށައިފައިވާ “ދަށުނުވޭ ކެމްޕެއިންނަށް ވުރެން ތިރީގައި ކަމަށް ފާހަގަކޮށްލެވެއެވެ.

“އިންޑިއާ އައުޓް” ހަރަކާތްތައް ހުއްޓުމެއްނެތި އިދިކޮޅުން ކުރިއަށް ގެންދާއިރު، ރައީސުލް ޖުމުހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އެކު، ފުލުހުން ދަނީ އެ ހަރަކާތްތައް ހުއްޓުވުމަކަށް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމިންގެ ގެކޮޅު ހ. ދޫވެހީގައި ދަމާފައިހުރި 40 ފޫޓުގެ “އިންޑިއާ އައުޓް” ޝިއާރު ލިޔެފައިވާ ބޭނާއެއް، ފުލުހުންގެ މުއައްސަސާއިން ކްރިމިނަލް ކޯޓުގެ އަމުރެއް ހިފައިގެން އައިސް ނެގި މައްސަލައެއް ރައީސް ޔާމިންގެ ފަރާތުން އެ މަނިކުފާނުގެ ވަކީލުން ވަނީ އިސްތިއުނާފަށް. ސުޕްރީމް ކޯޓުގައި ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ރައީސް ޔާމިންގެ ވަކީލުން ފާހަގަކޮށްފައިވާ ގޮތުން، ބެނާރ ނެގުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ހިލާފަށެވެ.

ރައީސް ޔާމިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގައި ފަންޑިޔާރުން ވަނީ ފުލުހުންނާއި ގިނަ ސުވާލުތަކެއް ކުރައްވާފައިއެވެ. އެގޮތުން މި މައްސަލަ ހުށައަޅާފައި ވަނީ ކޮންފަރާތަކުން ތޯއާއި އާއްމު މަސްލަހަތުގެ މައްސަލަތައް ހުށައަޅަންޖެހެނީ ކޮންފަރާތަކުން ތޯ ފަނޑިޔާރުންގެ ބެންޗުންވަނީ ފުލުހުންނާއި ސުވާލުކުރަށްވާފައިއެވެ. ޖަވާބެއްގެ ގޮތުގައި ފުލުހުންގެ ފަރާތުން ވާހަކަދެއްކެވި ބޭފުލެއް ވިދާޅުވީ، އާއްމު މަސްލަހަތުގެ މައްސަލަތައް ހުށައަޅަންޖެހެނީ އާއްމު ރައްޔިތުން ކަމަށެވެ. ނަމަވެސް މި މައްސަލަ ކުރިއަށްގެނދަނީ ފުލުހުންގެ މުއައްސަސާގެ ހޯދުންތައް މައްޗަށް ބިނާކޮށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމިން އިސްވެ ހުންނަވައިގެން އިދިކޮޅު ކޯލިޝަންގެ ފަރާތުން ހިންގަމުންދާ “އިންޑިއާ އައުޓް” ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތައް ނުރަށްކާތަކެއް ކުރިމަތިވާކަމަށް ވިދާޅުވެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކޮށް ނެރުއްވާފައިވާ ގަރާރުގެ ދަށުން އެ ހަރަކާތައް ގާނޫނީ ގޮތުން މަނާ ކުރެވިފައިވާ އިރު، އެ ކެމްޕެއިންގެ ދަށުން އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާއާއި ދިވެހި ދިފާއީބާރަށް ނިސްބަތްވާ ބޭފުޅުން ގުޅިގެން މަސައްކަތް ކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ޝިޔާރު ލިޔެވިފައިވާ ބެނާތައް ނަގަމުންދާ އިރު، އެފަދަ ޓީޝާޓު ލައިގެން އުޅޭ ފަރާތްތައްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާކަންވެސް ފާހަގަކުރެވެއެވެ. އަދި އިދކޮޅުން މާލެސިޓީގައި ހިންގާ މުޒާހަރާތަކުގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖަހައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: