ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭންގުތަކަށްވުރެން ސަރުކާރަށް ނުރައްކާވަނީ “އިންޑިއާ އައުޓް” ބެނާތަކުން: އިދިކޮޅު

ޕީޕީއެމް، ޕީއެންސީ އޮފީސް އިމާރާތުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކަށްވުރެން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަަށް ނުރައްކާތެރިކަމަކަށްވަނީ “އިންޑިއާ އައުޓް” ހަރަކާތުގެ ދަށުން ދަމާ ބެނާރތައް ކަމަށް ޕީޕީއެމްގެއިން ބުނެފި އެވެ.

ސަރުކާރުން އިސްނަގައިގެން އއ އުކުޅަހުގައި ކުރިއަށް ގެންދިޔަ ވިއަތި ކޮންފަރެންސްގައި، ދިވެހި ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގޭންގުތަކާއި މެދު ފުލުހުންގެ މުއައްސަސާއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކާއި މެދު ޓްވީޓެއް ކުރައްވާ ހީނާ ވިދާޅުވީ، މިހާރުގެ ސަރުކާރަށްް، ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކަށް ވުރެން “އިންޑިއާ އައުޓް” ބެނާރތަކަކީ ގައުމީ ސަލާމަތައް ނުރައްކާތަކެއް ކުރިމަތިކުރާ އެއްޗެއް ކަމަށެވެ. އަދި “އިންޑިއާ އައުޓް” ކެމްޕެއިންގައި ބައިވެރިވާ ފަރާތްތައް “ވަގުތުން ވަގުތަށް” ހިފާ ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުންގެ މުއަައްސަސާއިން ކުރަމުންގެންދަނީ އެހެންކަމުން ކަމަށް ހީނާ ވަނީ ފާހަގަކުރަށްވާފައިއެވެ.

ސަރުކާރުގެ ފަރާތުން ކުރިއަށްގެންދިޔަ ވިއަވަތި ކޮންފަރެންސްގައި ފުލުހުން ވަނީ ދިވެހި ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކާއި މެދު މައުލޫމާތުތަކެއް ހާމަކޮށްފައިއެވެ. އެހެންކަމުން ފުލުހުން ބުނެފައިވާގޮތުން ދިވެހި ރާއްޖޭގައި 1900 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް 44 ގޭންގެއް އުފެދިފައިވާކަމަަށް އެ މުއައްސަސާއަށް ފާހަގަކުރެވިފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ހަރަކާތްތެރިވާ ކަމަށް 9 ގޭންގެއް ފާހަގަކުރެވިފައިވާ އިރު، އެންމެ ބޮޑަށް ކުއްތަކަށް އަރައިގަންނަކަމަށް ފާހަގަކުރެވިފައިވަނީ 10 ގޭންގެއް ކަމަށް ފުލުހުންވަނީ ހާމަކޮއްފައިއެވެ. އަދި މި ހުރިހާ ގޭންގެއް ހަރަކާތްތެރިވަމުންދަނީ ދެކުނުގެ ދެ އަތޮޅަކާއި މާލެ ސިޓީގައި ކަމަށާއި، އުތުރުރާއި މެދުގައި މިވަގުތު ކުދި ގުރޫޕުތަކެއް ވާނަމަވެސް މުސްތަގުބަލުގައި ގޭންގުތަަކެއް ފަދައިން ބިނާވެ ހަރަކާތްކުރުމުގެ ފުރުސަތުތަކެއް އޮތްކަމަށްވެސް ފުލުހުންވަނީ ފާހަގަކޮށްފައިއެވެ.

އިދިކޮޅުން މިހެން ވިދާޅުވެފައިވާ އިރު، މިދިއަ މަސްތަކުގެ ތެރޭގައި މާރާމާރީތައް ހިނގާ އެތައް ބަޔަކު ޒަހަމްކޮށްލާފައިވާކަމަށްވެސް ފާހަގަކުރެވެއެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާއިން އެތަކެއް ބަޔަކު ހައްޔަރުކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: