ހއ މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫއުގެ ދަށުން 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 107 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި މަރާމާތުކުރުން ހިމެނެއެވެ.
މީގެ އިތުރުން 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމުގެ އިތުރުން ބަނދަރު ނެރު ފުންކުރުމާއި، ރޭމްޕް ހެދުމާއި ވޯރކްވޭ ބްރިޖެެއް ހެދުމާއި ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީ އިން މައުލޫމާތު ދީފައިވެއެވެ.
މި މަޝްރޫއަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

