ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައްޔިތުން ބަނޑަށް ޖެހިދާނެތީ ވަރަށް ކަންބޮޑުވޭ”: އާދަމް ޝަރީފް

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު އަދި ޒަރޫރީ ބޭނުންތަކުގެ އަގު މައްޗަށް ގޮސްފައިވާތީ، ދިވެހި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން “ބަނޑަށް ޖެހިދާނެތީ” ކަންބޮޑުވެލައްވާކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގައި އާންމު އަދި ޒަރޫރީ ބޭނުންތަކުގެ އަގު އަތް ނުފޯރާ ފަށަށް ކުއްލިއަކަށް ގޮސްފައިވާކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އާމްދަނީ ހޯދުމުގެ މަގު ތަނަވަސް ނޫން ހިނދު އަގުތައް އަރައިގެން ދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ނިސްބަތަކަށް ކެއުން ބުއިމަށް ބޭނުންވާ ސާމާނު ގަތުމަށް ދަތިވެ “ބަނޑަށް ޖެހިދާނެކަމަށް” އެނާ ކަންބޮޑުވެލައްވާކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ސާމާނުގެ އަގުތައް ކުޑަ ކުރުމަށް ސަރުކާރުގެ ކުންފުނިތަކަށް ގޮވާލާކަމަށާއި، ނިކަމެތިވެދާނީ ފަގީރުންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، ދިވެހި ރައްޔިތުންގެ އެތައް ބަޔަކުދަނީ ސޯޝަލްމީޑިއާގައިވެސް ތަކެތި އަގުބޮޑުވެދިއުމާއި ގުޅިގެން އެތައް ޝަކުވާތަކެއް ކުރަމުންނެވެ. އަދި ސަރުކާރުން، ޓީޗަރުންގެ މުސާރަތައް ބޮޑުކުރުން ފަދަ މަސައްކަތްތަކެއް ކުރަމުން ގެންދިއަ ނަމަވެސް، މިފަދައިން ތަކެތި އަގުބޮޑުވެދާނަމަ އެކަމުން ލިބިގެންދާނެ ފައިދާތަކެއް ނެތްކަމަށް ވެސް ބައެއް ފަރާތްތައް ފާހަގަކުރެއެވެ.

ދިވެހި ރާއްޖޭގެ ބޮޑު ނިސްބަތެއް ބަނޑަށް ޖެހިދާނެކަމަށް ޕީއެންސީގެ ނައިބު ރައީސް ވިދާޅުވެފައިވާއިރު، ދިވެހި ރާއްޖޭގެ މާލިއްޔާތަށް އަންނަމުންދާ ބަދަލުތަކާއި ގުޅުވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވާހަކަދައްކަވާފައިއެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މާލިއްޔާތަށް އަދި ދުނިޔޭގެ މަޝްރަހުތަކަށް އަދި އިގްތިސޯދަށް އަންނަ ބަދަލުތަކާއި، އަވައްޓެރި ސްރީލަންކާއަށް ދަރަނި ތަކުގެ ސަބަބުން ދިމާވެފައިވާ ބޮޑެތި ދަތިތަކަށް ވިސްނާލާނަމަ، މި ދަނޑިވަޅުގައި ސަރުކާރުން ދިވެހި ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްޜޫޢތައް މަޑުޖައްސާލުމަކީ ބުއްދިވެރިކަމެއް ކަމަށެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ހާލަތުވެސް ގޯސްވެގެން ގޮސްދާނެކަމުގެ އިޝާރާތެއް ރައީސް ނަޝީދުވެސް ކުރަށްވާފައިވާ ހިނދު، އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކެއް ކަމަށްވާ ޖޭޕީ މޯރްގަންއިންވެސް މިފަދަ އިޝާރާތްތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ޖޭޕީ މޯރގަންއިން ބުނެފައިވާ ވާހަކަތަކަށް ރައްދު ދެއްވާފައިއެވެ. އެގޮތުން މިނިސްޓަރ އަމީރު ވިދާޅުވީ، ދިވެހި ރާއްޖެއަށް ދަރިނިތައް ދެއްކުމުގައި ދަތިތައް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި މިވަގުތު ހިންގަމުންދާ މަޝްރޫޢތަކަކީ ވެސް މުޖްތަމައުއަށް މުހިއްމު މަޝްޜއުތަކެއްގެ ގޮތުގައި މިނިސްޓަރ އަމީރު ވަނީ ފާހަގަކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: