ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަކާއި ނުލައި ވަށަފަރު ގޮޑި ޕީޕީއެމަށް, ހަބީބް އެއްސެވީ އެހެން ޕާޓީތައް ކޮބައިތޯ!

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް އަބްދުއްރަހީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަށަފަރު ބައި- އިލެކްޝަނުގައި ޕީޕީއެމްގެ ކެޑިޑޭޓު ޒުހާ އިބްރާހީމް އެކަނި ކުރިމަތިލުމުން އޭނާވަނީ އިންތިހާބަކާނުލައިހޮވިފައިކަމަށް އިލްކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ހާމަކުރައްވައިފިއެވެ.

މިފަދައިން ޓްވީޓެއް ކުރައްވާ ހަބީބް ވަނީ ޕީޕީއެމަށް މަރުހަބާ ދަންނަވާފައެވެ.

އޭނާގެ ޓްވީޓުގައި ވަނީ ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަގްސަދަކީ އިންތިހާބުތަކުގައި ވާދަކުރުންކަމަށާއި ނަމަވެސް އިންތިހާބުގައި އިތުރު ޕާޓީއެއް ވާދަކޮށްފައި ނުވާތީ އެހެން ޕާޓީތައް ކޮބައިތޯ ސުވާލު އުފައްދަވާފައެެވެ.

މީގެ އިތުރަށް އަންހެނުންގެ ތަރައްގީއާއި ބެހޭ ކޮމިޓީގެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށްޓަަކައި ބޭއްވިގެންދާ އިންތިހާބުތަކަށް ޕާޓީތަކުގެ ސަމާލުކަން ނުލިބޭކަން ފާހަގަކޮށްލެވެއެެވެ.

އއ. އުކުޅަހުގައި ލާމަރުކަރީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ މަޝްވަރާ ކުރެއްވުމަށް މެދު ރާއްޖެ ތެރެއަށް ނިސްބަތްވާ ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ފަރާތްތަކާއިއެކު “ވިއަވަތި ރާއްޖެ” މި ނަމުގައި ބޭއްވިގެން ދިޔަ މަހާސިންތާގެ ތެރެއިންވެސް މިފަދަ ވާހަކަތަކެއް ވަނީ ހިއްސާކުރެވިފައެވެ. އެގޮތުން ގައުމުގެ ކަންކަން ނިންމުމުގައި އަންހެނުންގެ ހިއްސާ އިތުރު ކުރެވިގެންދިޔަ ނަމަވެސް ކައުންސިލްތަކާއި އަދި އިތުރު އިދާރާތަކުންވެސް މިކަމަށް އެއްބާރުލުން ނުދެއްވާކަމުގައި ގިނަ ކަނބަލުންތަކެއް ފާހަގަކުރެއްވިއެވެ. އަދި އެ ފަރާތްތަކުް މަސައްކަތް ކުރަންވަންވީ މާހައުލު ހެދިފައިނުވާކަމަށާއި އަދި އިތުރު ޝަކުވާތަކާއި ކަންބޮޑުވުންތައްވެސް ހިއްސާކުރެވިގެންދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: