ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީޑީން އޭވިއޭޝަން ދާއިރާގެ މީހުންނަށް ހާއްސަ ގޮތްޕެއް!

އެމްޓީޑީގެ އޭވިއޭޝާން އެކެޑަމީ ގޮފީގެ ލޯގޯ--
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީއިން އޭވިއޭޝަން ދާއިރާގެ ފަންނުވެރިންނަށް ހާއްސަ ގޮތްޕެއް ހަދައިފި އެވެ.

އެމްޓީޑީގެ ނައިބު ރައީސް މުހައްމަދު މުއާޒު އަލީ، ޓްވީޓެއް ކުރައްވާ ވިދާޅުވީ، އޭވިއޭޝަން ދާއިރާއަށް ހާއްސަ ގޮތްޕެއް އެހެން އެއްވެސް ޕާޓީއަކު ނޯންނާނެ ކަމަށެވެ. އެހެންކަމުން މި މުނާސަބަތަކީ ދިވެހި ރާއްޖޭގެ ސިޔާސީ ދާއިރާއަށް ތާރީހީ ދަނޑިވަޅެއްކަމަށާއި، އެމްޓީޑީއަށް މިކަމުގެ ސަބަބުން ދިވެހި ރާއްޖޭގެ ތާރީހުގެ ތެރެއަށް ވަދެވިއްޖެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް މުއާޒް ފާހަގަކުރިއެވެ.

ބާޒެއްގެ ލޯގޯއެއް ހާމަކޮށް މުއާޒުކުރެއްވި ޓްވީޓްގައި ވާގޮތުން، ދިވެހި ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ގިނަ ބަޔަކު ދަނީ، އެ ޕާޓީއާއި ގުޅެމުން، މި މީހުންގެ ތެރޭގައި ޕައިލަޓުން، ކެބިންކުރޫއިން އަދި އެއަރކްރާފްޓް އިންޖިނޭރުންގެ އިތުރުން އެ ދާއިރާއަށް ނިސްބަތްވާ އިތުރު މުއައްޒިފުންވެސް ހިމެނެއެވެ.

 

އެމްޓީޑީގެ ނައިބު ރައީސް މުއާޒް ވަނީ، އަލަށް އެކުލަވާލެވިފައިވާ އޭވިއޭޝަން ގޮތްޕާއިމެދު އިތުރު ޓްވީޓްތައް ވެސް ކުރައްވާފައިއެވެ. މުުއާޒް އިތުރަށް ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ، މިވަގުރު އެމްޓީޑީއިން އެންމެ ފަހުރުވެރިވަނީ، އެ ޕާޓީއަކީ، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ އެންމެ ގިނަ މީހުން ޝަމިލުވާ ޕާޓީއަށްވުމުންކަމަށެވެ. އަދި ކުރިމަގުގައި، އެމްޓީޑީއިން ދިވެހި ރައްޔިތުންގެ “ތިޖޫރީ” ފުރާލަދޭނެކަން ފާހަގަކުރައްވާ މުއާޒް ވިދާޅުވީ، ޕީޕީއެމްއާއި ރައީސް ޔާމިނަށް ދެން “ތިޖޫރީ”އާއި “ވައިވެސް ނޭޅެވޭނެކަމަށްވެސް އެނާ ވަނީ ފާހަގަކުރައްވާފައިއެވެ.

 

އެމްޓީޑިއަށްވަނީ ބައެއް ފަރާތްތަކުން އަލައް ހެދިފައިވާ ގޮތްޕާއި ގުޅުވައި، ފާޑުކިއުންތައްވެސް އަމާޒުވެފައިކަން މުއާޒް އެ ގޮތްޕާއި މެދު ކުރައްވާފައިވާ ބައެއް ޓްވީޓްތަކުން ފާހަގަކުރެވެއެވެ. އެގޮތުން ދެކެވިފައިވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވައި މުއާޒް ވިދާޅުވީ، ރޯމަން އީޖަލް އަދި ސްވާސްޓިކާގެ ތަފާތު ޕީޕީއެމްގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުނަށް އުންގަނައިދޭންވެއްޖެ ކަމަށެވެ. އަދި ޕީޕީއެމްއަށާއި ރައީސް ޔާމިންނަށް ދެކެވޭ ވާހަކަތައް ރަނގަޅަށް ތަސައްރަފު ނުކުރެވޭކަމަށް ފާހަގަކުރައްވާ މުއާޒް ވިދާޅުވީ، ޒިންމާދާރު ޕާޓީއަކާއި ގުޅެން ބޭނުން ބަޔަކަށް އެމްޓީޑީއިން މަރުހަބާ ކިޔާނެ ކަމަށެވެ.

 

އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕާޓީއެކެވެ. އެ ޕާޓީއަށް މިހާރު އެތައް މެމްބަރުންނެއް ގުޅެމުންދާކަމަށް ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައިވާ އިރު، މެމްބަރުން ހަމަ ނުވުމުގެ ސަބަބުން، ޕާޓީ އުވާލަން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރޭގައި އެމްޓީޑީވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: