ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރެސްމާތޮޑާ އާއި އެއާޕޯޓާއި ދެމެދު އަޅާ ކޯޒްވޭގެ މަސައްކަތް ފަށައިފި

އެމްޓީސީސީން ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ފަރެސްމާތޮޑާ އެއާޕޯޓާއި ރަށާއި ދެމެދު އަޅާ ކޯޒްވޭގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯރޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް ކުރުމުގެ މަސައްކަތާއި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއެއްގެ އިތުރުން ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމުކުރުމާއި، ފަޔަރ ބިލްޑިންގ އެއް އިމާރާތްކުރުމުގެ އިތުުރުން ޓަރމިނަލް ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެމްޓީސީސީން ބުނީ އެމަސައްކަތް މިއަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ފަށާފައިވާކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން 19،200 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާއިރު، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖަހާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. ކޯޒަވޭ އެޅުމަށް ހަމަޖެހިފައިވަނީ އެއާޕޯޓްގެ މައި މަގުތަކާ ގުޅޭ ގޮތަށް ކޯޒްވޭގެ ދަށުން އޮއެ ދެމޭ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 4456.87 އަކަމީޓަރުގެ މަގު ހެދިގެންދާނެއެވެ. މިއީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: