ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އިރު ކާނެ އެއްޗެއް ނެތްއިރު ވެސް، ސަރުކާރުން ބަލަނީ ދޮގު ހެދޭތޯ: ނާޒިމް

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ބޭނުމަށް ވެފައިވާ ވައުދުތަށް ފުއްދުމަށް އިތުރު ލޯނުތައް ނަގަނީ ތިން އިރު ކާނެ ތަކެތި ނެތްއިރުކަމަށް ކުރީގެ ހެލްތް މިނިސްޓާ ނާޒިމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ތަރައްގީއެއްގެ ކުރިން ތިމާމެން ތިބި ހިސާބު އެގެން އެބަޖެހޭކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ ބްރިޖެއް އަވަހަށް އަޅަން ނޫންކަމަށާއި ދައުލަތުގެ މާލީ ރިޒާވްގައި ހުރި ފައިސާއަށް ވީގޮތް ބަލަންކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ގައުމު ހަވާލު ކުރީ 10 އަހަރު ފަހަތަށް ޖައްސަން ނޫންކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

ޓައިމް ބޮމެއްވެސް ގޮވާނީ އޭގެ ވަގުތު ޖެހުނީމާކަމަށާއި ރާއްޖެއަށް ވަނީ ބޮމެއް ގޮވުމަށް ވަގުތު ގާތްވުމުން ވާފަދަ ނުރައްކާތަކަކާއި ކުރިމަތިވެފައިކަމަށް ވިދާޅުވިއެވެ.

މިފަދަ ވާހަކަތަކެއް ނާޒިމް ދައްކަވާފައިވާ މި ދަނޑިވަޅަކީ ރާއްޖެގެ މާލީ ރިޒާވް ހުސްވެ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގައުމު ބަގުރޫޓު ވެދާނެކަމަށް ބުނެ ބައިނަލް އަގުވާމީ ޖަމްއިއްޔާތަކާއި ދުނިޔޭގެ ފެންވަރުގައި މަލީ ކަންކަމާއި ބެހޭ އިދާރާތްތަކުން އިންޒާރުދީފައިވާ ވަގުތެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ދިވެހި ރާއްޖެ ވަނީ ފާއިތުވެ ދިޔަ އަހަރުތަކުގައި ސިއްހީ ގޮތުންވެސް އެތައް ތަނެއް ފަހަތައް ޖެހިފައިކަމަށާއި އަދި ސްޓެޓިސްޓިކުންވެސް މި ފަސް އަހަރު ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމް އެއްވެސް ވަރަކަށް ކުރިއަ އަރާ ދިޔަތަން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތްކަމުގައި ނާޒިމް ވިދަޅުވިއެވެ.

އޭނާ ވާހަކައިގައި ދެން އަލި އަޅުއްވާލެއްވީ ރާއްޖޭގެ މިއަދުގެ ސިއްހީ ނިޒާމް އޮތް ހާލަތަށެވެ. ވިދާޅުވީ މިކަންކަމާއި ގުޅިގެން ރައްޔިތުންގެ ހުރި އެއްވެސް ކަންބޮޑުވުމަކަށް ހައްލު ނުލިބޭކަމަށާއި އަދިވެސް އުޅެން ޖެހެނީ ސީ އެންބިއުލާންސް ނުލިބުމުގެ ސަބަބުން އެކަށީގެންވާ ފަރުވާ ދިނުމަށްޓަަކައި ބަލި މީހާ މާލެ ނުގެނެވިގެންކަމަށެވެ.

ނާޒިމް ސަރުކާރަށް ސުވާލު ރައްދުކޮށް އެއްސެވީ ރައީސް އަބްދުލް ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެޅިގެންދިޔަ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލާއި މިފަދަ އެހެން ބޮޑެތި ހޮސްޕިޓަލްތަކާއި އެއްފަދަ އެއްވެސް ހޮސްޕިޓަލެއް ސަރުކާރަށް މިހާ ގިނަ ދުވަސް ވެގެން ދިޔައިރު އެޅުނުތޯއެވެ. އަދި އަބަދުވެސް އިވެނީ ފަރުމާ ކުރާ ވާހަކަކަމަށް ވިދާޅުވިއެވެ.

ހޮޅިއެއް ގުޅީމައި ފެން ފައިބައިގެންދާ އުސޫލުން އެއްވެސް ކަހަލަ ހިސާބު ޖެހުމެއް ނެތި ހަރަދުތަށް ފައިބާގެން ދަނީކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

“ އަބަދުވެސް ޑިޒައިން ކުރާ ވާހަކަ ޑިޒައިން ކުރާ ވާހަކަ، އިހަށް ދުވަހުވެސް އަޑު އެހީ ފަސް ހޮސްޕިޓަލެއް އިމާރާތްކުރުމަށްޓަކައި އިންޑިއާގެ ކުންފުންޏަކާއި ހަވާލުކުރި ވާހ،ަކަ ކުރަހާ ހަދަން ވެގެން މިއީ، މިހާރު މިއޮއް ތިން އަހަރު ހަތަރު އަހަރު ނިމެނީ، އަދި މިއުޅެނީ ކުރަހަން ވެގެން މި ހަވާލު ކުރީ އިންޑިއާގެ ކުންފުންޏަކާ“ ނާޒިމް ވިދާޅުވިއެވެ.

ސިއްހީ ނިޒާމުގައި މައިގަނޑު ގޮތެއްގައި ތަރައްގީ ކުރަން އޮންނަނީ ހަތަރު ކަމެއްކަމަށާއި އެއީ ކަމަށް ބޭނުންވަ އިމާރާތް އަޅާ އެއަށް ބޭނުންވާ އިކުއިޕްމެންޓްސް ހޯދާ މަސައްކަތް ކުރާނެ މީހުން ތަމްރީނު ކުރުމުގެ އިތުރުން ސިއްހީ ކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުންކަމުގައި ވިދާޅުވިއެވެ.

މީހުން ތަމްރީނު ކުރުމަށް އިޝާރާތް ކުރައްވާ ސުވާލު އުފެއްދެވީ މި ސަރުކާރުގެ ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ތަމްރީނު ކުރެވުނީ ކިތައް ސުޕެޝަލިޓުންތޯއެވެ. ނަމަވެސް މި އާއި ހިލާފަށް ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 70 އެއްހާ ޑޮކްޓަރުން މިގޮތަށް ތަމްރީނު ކުރެވުނުކަމަށާއި އެއީ އަހަރަކަށް ބަލައިފިނަމަ ދިހަ ބާރަ މީހުންކަމަށާއި މިއީ ކުރީގައި ރާއްޖޭގައި 10 އަހަރު ދުވަހުގެ ތެރޭގައިވެސް އެއް އަހަރުގެ މައްޗަށް ނުކުރެވޭ ވަރު ކަމުގައި ނާޒިމް ވިދާޅުވިއެވެ.

އެ ހަތަރު ދާއިރާއަށް ބެލި ނަމަވެސް ސިއްހީ ނިޒާމަށް އައި އެއްވެސް ތަރައްގީއެއް އެބައޮތްތޯ ނާޒިމް ސުވާލު އުފެއްދެވިއެވެ. އަދި ދެއްކުނީ އެންމެ ކުރިއެރުމެއްކަމަށާއި އެއީ ސިއްހީ ނިޒާމަށް ބޭކާރު ހަރަދުތަކެއްކޮށް ވާނުވާ ނޭގޭ ފައިސާތަކެއް ހަރަދުކުރުންކަމުގައި ވިދާޅުވެ އެންމެ ނިކަމެތި ހާލުގައި ދިވެހިން ތިބި  އިރުގައިވެސް އެބޭފުޅުން ސިއްހީ ނިޒާމުގެ ތެރެއަށް ނުހައްގުން އަތް ބޭނިކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

މިފަދައިން ހަރަދުކުރި ފައިސާއަށް ވީނުވީ އަދިވެސް ނޭގޭކަމަށާއި ޒިންމާ ވާނެ މީހަކު ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. ސަރުކާރުގެ އެންމެ އިސް ވެރިން މިކަމުގައި ޝަމިލްވާކަމަށް ތުހުމަތު ކުރައްވާ ވިދާޅުވީ މުވައްސަސާތައްވެސް ތިބީ މިހެންކަމުން މިކަންތައްތައް ތަހުގީގު ކުރުމަށް ނުކުޅެދިފައިކަމަށެވެ. ހުރިހާ ހިޔާނާތްތަށް ތަހުގީގުކޮށް އިންސާފުން ހޯދަން އައި މީހުން ކްރެޑިޑްޓްސް ނަގަނީ ރައީސް ޔާމީންގެ ސަރުކާރުގައި ކުރެއްވި މަސައްކަތުންކަމުގައި ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: