ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބީޖޭޕީން ރަސޫލާ ފުރައްސާރަ ކުރި މައްސަލަ ބޭރުކުރަން މެމްބަރުންނަށް އޮތީ އަންގާފައި”

މައްސަލަ ބޭރުކުރުމަށް މަޖިލީހުގައި ވޯޓު ދެއްވި މެމްބަރުން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ އިސް ތަރުޖަމާނު، ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ބަދުބަސް ބުނި މައްސަލައިގައި އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށައެޅި ހުށައެޅުން ބޭރުކޮލުމަށް އެމްޑީޕީގެ މެމްބަރުންނަށް އޮތީ އަންގާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ (ބޮންޑެ) އެވެ.

ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ އިސް މެމްބަރަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަ ހުށައެޅުމަށް ރައީސް ނަޝީދު ވަނީ ރިޔާސަތުން އެޖެންޑާކޮށްފައިކަމަށެވެ. ނަމަވެސް މައްސަލަ ހުށައެޅިގެންދިއައީ އިދިކޮޅު ފަރާތުންކަމަށްވުމުނާއި އެކަން ކުރުމުގެ މަގުސަދާއި ނިޔަތް އިންގެން ނެތްކަމަށްވުމުން، މަޖިލީހުގެ ޖަލްސާ އޮތް ދުވަހުގެ ހެނދުނު، އެމްޑީޕީގެ ހުރިހާ މެމްބަރުންނަށްވަނީ، ވަކި ގޮތަކަށް ވޯޓުލުމަށް އެންގިފައިކަމަށެވެ. އަދި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި ބާރު އޮތީ ސަރުކާރުގެކަން ފަހަގަކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ، ސަރުކާރުން ބޭނުންވާ އުސޫލަކަށް ކަންކުރުމަށް ދުރާލައި ރޭވިގެންދާކަމަށާއި މިމައްސަލަވެސް ބޭރުކޮށްލުމަށް އެ ޕާޓީއަށް ނިސްބަތްވާ އެންމެހާ މަޖިލީސް މެމްބަރުންނަށްވަނީ އެންގިފަކަމަށެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ މައްސަލަ ހުށައެޅިގެންދިއަ ދުވަހު އޮތީ، ތްރީ ލައިން ވިޕެއް ނެރިފައިކަމަށް ފާހަގަކޮށް، އިބްރާހިމް ރަޝީދު ވިދާޅުވީ، ވިޕެއް ނެރުމަކީ، ވަކި އުސޫލަކަށް ނުވަތަ ވަކި ގޮތަކަށް ވޯޓެއް ލުމަށް މަޖުބޫރު ކުރުވުންކަމަށެވެ. އަދި ފުރައްސާރައިގެ މައްސަލަ ބޭރުކުރަން އެންގިފައިވުމުން، ބައެއް ފަރާތްތައް ވަނީ، ވޯޓެއް ނުލުމަށް ނިންމާފައިކަމަށާއި، އަނެއް ފަރާތްތަކުން ވޯޓުލާފައިވަނީ، ވިޕަކާއި ހިލާފުވެއްޖެ ހާލަތެއްގައި ޕާޓީއިން ފިޔަވަޅު އަޅާފާނެގޮތަކާއި މެދު ކަންބޮޑުވެ، ވަކި ކޮށްފާނެކަމަށް ބިރުންކަމަށްވެސް އިބްރާހިމް ރަޝީދު އިޝާރާތްކުރެއްވިއެވެ. އަދި މިކަމަކީ ރައްޔިތުންގެ ރުޅި އެމްޑީޕީއަށް އަމާޒުވެގެންދާނެ ކަމެއް ކަމަށް ފާހަގަކުރަށްވާ އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ނިންމުމުގައި އެމްޑީޕީއަށް އެއްވެސް ފައިދާއެއް ނެތްކަމަށާއި، އެކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް އިޝާރާތްކުރަށް އިބްރާހިމް ރަޝީދު ވިދާޅުވީ، ބީޖޭޕީއިން ފުރައްސާރަ ކުރި މައްސަލަ ފާޅުގައި ކުއްވެރި ކުރަން ޖެހޭކަމަށެވެ.

ބީޖޭޕީގެ ތަރުޖަމާނު، ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރި މައްސަލަ މަޖިލީހަށް ހުށައެޅި ހުށައެޅުން ބޭރުކޮށްފައިވާ ކަމާއި ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ރައްޔިތުނައްޓަކައި ނުކުމެ ތިބިކަމަށް ހޮވުމުގެ ކުރިން ބުނި ނަމަވެސް، ހޮވުމަށްފަހު ސަރުކާރުގެ މީހެއްގެ ގޮތުގައި މަސައްކަތްކުރާ މެމްބަރުން ތިބިކަމަށެވެ. އަދި މިފަދައިން ކަންދިމާވުމުން، ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމުގެ ނިޒާމު ފުނޑުފުނޑުވެގެންދާކަމަށް ފާހަގަކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ ދިވެހީންނަކީ މުސްލިމުންކަމަށް ވުމުން، ބަޔަކު ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމުން، އެބަޔަކު އަތުން ރާއްޖެއަށް ވެދާނެ ފައިދާއަކަށް ނުވަތަ މަންފާއަކަށް ވިސްނާފައި، އެވާހަކަތައް ނުދައްކާ، ކުއްވެރި ނުކޮށް ތިބެންވީ ސަބަބެއް ނެތްކަމަށެވެ.

ކީރިތި ރަސޫލާ ﷺ އަށް ބީޖޭޕީގެ ތަރުޖަމާނު ފުރައްސާރަކުރި މައްސަލާ މަޖިލީހަށް ހުށައެޅުމުން ބޭރުކޮށްލި މައްސަލައާއި މެދު އިތުރަށް ވާހަކަދައްކަވަމުން، އިބްރާހިމް ރަޝީދު ވިދާޅުވީ، މިފަދަ ކަންކަން ދިމާވެގެންދަނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މަޝްވަރާތަކެއް ކުރެވިގެންދިއަނަމަވެސް ރައްޔިތުންނަށް ފެންނަފަދައިން އެކަން ނުކުރާތީކަމަށެވެ. އަދި އެފަދަ ބައްދަލުވުމެއް މީޑިއާތަކުންވެސް ކަވަރުކޮށްފައިނުވާކަމަށް ފާހަގަކުރައްވާ އިބްރާހިމް ރަޝީދު ވިދާޅުވީ މިފަދަކަންކަން ވެގެންދަނީ ރައްޔިތުން މެމްބަރުން ހޮވައި މަޖިލީހަށް ފޮނުވުނު މަގުސަދަށް މަސައްކަތް ކުރެވިގެންނުދާތީ ކަމަށާއި، އަދި ވަކިވަކިން ރަށްރަށަށް ކަންކަން ކުރަން މަސައްކަތްކުރި ނަމަވެސް ޖުމުލަކޮށް ގައުމަށް އަދި ގައުމުގެ ދަރީންގެ މުސްތަގުބަލު މަތިން ހަނދާން ނައްތާލާފައިވާތީކަމަށެވެ. އަދި މިއަދު މަޖިލީހުން ފެނިގެންދިއައީ އެކަންކަން ހަނދާން ނައްތާލައި ހިތައް އެރުމުން އެކަމެއް ކޮށް އެއްވެސް ރޭވުމަކާއި “ހުންގާނެއް” ނެތި މަސައްކަތް ކުރުމުގެ ނަތީޖާކަމަށް އިބްރާހިމް ރަޝީދު އިޝާރާތްކުރެއްވިއެވެ.

މީގެއިތުރުން އިބްރާހިމް ރަޝީދު ވަނީ ސަރުކާރު ހިނގަމުންދާ އިރު ފާހަގަކުރެވިފައިވާ މައްސަލަތަކައް އަލި އަޅުވާލާފައިއެވެ. އެގޮތުން އިބްރާހިމް ރަޝީދު ވިދާޅުވީ، މިވަގުތު ބައެއް މާލީ ކަންކަން ހިންގަނީ ގާނޫނީ އިމުން ބޭރުގައި ކަމަށެވެ. އަދި ދައުލަތަށް ދަރަނިތައް ނޭގޭނީ ވަކި މިންގަނޑަކަށްކަން ފާހަގަކުރައްވާ އެނާ ވިދާޅުވީ، ނަމަވެސް މިވަގުތު ކަން ހިނގާގޮތުންނަމަ، އަދަދެއް ޖެހުމަށްފަހު، އެކަން މަޖިލީހުން ފާސްކުރުވައިގެން ނަގަންދަނީކަމަށެވެ. އެހެންކަމުން ވެގެންދާ ގޮތަކީ ފުރަތަމަ ގާނޫނާއި ހިލާފަށް ކަމެއް ކުރުމަށްފަހު، ހިލާފުވީ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ފޮނުވަނީކަމަށް އިބްރާހިމް ރަޝީދު އިޝާރާތްކުރެއްވިއެވެ.

ދިވެހި ރާއްޖޭގެ ސަރުކާރުގެ ބައެއް އަމަލުތައްވަނީ ގާނޫނީ އިމުން ބޭރުވެފައިކަން ފާހަގަކުރައްވާ އިތުރަށްވާހަކަދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ގާނޫނަކީ އެބަޔަކު ބޭނުންވުމުން ބޭނުން އުސޫލަކަށް ބައްޓަން ކުރަށް އޮންނަ އެއްޗެއް ނޫންކަމަށެވެ. އަދި ގާނޫނު ހެދިގެންދާނީ މުސްތަގުބަލަށް ވިސްނުމަށްފަހު ކަމަށާއި، އެކަން ކުރަންޖެހޭ ވަކި ހާލަތެއްގައިކަމަށްވެސް އިބްރާހިމް ރަޝީދު ފާހަގަކުރެއްވިއެވެ.

އިބްރާހިމް ރަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނެއްގެ މަގާމުގައި މަސައްކަތްކުރި މީހަކު، ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލަވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިއެވެ. އަދި މިވަގުތު އެނާވަނީ ބީޖޭޕީއިން ވަކި ކުރެވިފައިކަމަށްވާ އިރު، ކުވައިތުފަދަ ގައުމުތަކުގެ ސުޕާރ މާކެޓްތަކުން ދަނީ އިންޑިއާގެ ސާމާނުތައް އެގައުމުތަކުގައި ނުވިއްކާނެފަދައިން ބޮއިކޮޓްކޮށްފައިކަންވެސް ފާހަގަކުރެވެއެވެ. މިކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ ސަރުކާރުންވެސްވަނީ އެ އަމަލު ކުއްވެރިކޮށްފައިއެވެ. އަދި ދިވެހި ރާއްޖޭގެ ސިޔާސީ ޕާޓީތަކުންވެސް ވަނީ އެ މައްސަލަ ކުއްވެރިކޮއްފައިކަންވެސް ފާހަގަކޮއްލެވެއެވެ. ނަމަވެސް މި މައްސަލަ އިދިކޮޅުން މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއްވަނީ އެކަމާއި ދެކޮޅަށް ވޯޓުދީ، މައްސަލަ ނުބެލުމަށް ނިންމައި ތަޅުމުން ބޭރުކޮއްފައިކަންވެސް ފާހަގަކޮއްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: