ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ވެސް ރައީސް ސޯލިހުގެ އޮޅުވާލުންތަކެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގައި ނެގި ދަރަންޏަށް ވުރެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ނެގި ލޯނުތައް އިތުރުކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިތުރުފުޅު ހައްދަވައިފި އެވެ.

އިދިކޮޅުގައި އޮވެ އެމްޑީޕީން އޭރު ރައީސް ޔާމީނަށް އަމާޒުކޮށް ބުނަމުން އައީ ސަރުކާރަކީ ދަރަނިވެރިވެފައިވަ ސަރުކާރެއްކަމަށާއި، މަޝްރޫއުތައް ހިންގުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ލޯނު ނެގުން ގޯސްކަމަށެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުން ފާއިތުވި ތިން އަހަރެއްގެ ތެރޭގައި ލޯނުގެ ގޮތުގައި، 2.4 ބިލިއަން ޑޮލަރު ނަގާފައިވެއެވެ. މިއީ ދިވެހި ފައިސާއިން ޖުމްލަ 37 ބިލިއަން ރުފިޔާ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރާއި އަޅާބަލައި 17 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.

ރައީސް ޔަމީންގެ ސަރުކާރުން ނަގާފައި ވަނީ 20 ބިލިއަން ރުފިޔާގެ ލޯނެކެވެ.

އިންޑިއާ އެކު ގާތް ގުޅުމެއް ބާއްވާ މި ސަރުކާރުން އެންމެ ގިނަ އަދަދަކަށް ލޯނު ނަގާފައި ވަނީ އެ ގައުމުގެ އެގްޒިމް ބޭންކުންނެވެ. އެ ބޭންކުން ނަގާފައިވަނީ 19 ބިލިއަން ރުފިޔާގެ ލޯނެކެވެ. އެއީ ތިލަމާލެ ބްރިޖުގެ މަޝްރޫއަަށް ނެގި 6 ބިލިއަން ރުފިޔާ އަދި، އެހެނިހެން މަޝްރޫއުތަކަށް ނެގި 12 ބިލިއަން ރުފިޔާ އެވެ.

މީގެއިތުރުން ކޮވިޑު މެނޭޖު ކުރުމަށް ވެސް ބޮޑެތި ލޯނުތަކެއް ވަނީ ނަގާފަ އެވެ.

އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އިތުރުވި 04 ބިލިއަންގެ ދަރަންޏާއި އެކު، އަހަރުގެ މެދު ތެރޭގައި ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާއަށް އަރާނެކަން ޔަގީން ކުރެވެ އެވެ.

ޕްރެސްއެއް ނުބާއްވާތާ ނުވަ މަސް ފަހުން ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދަރަނިތައް އިތުރުވި މައްސަލައަށް ވިދާޅުވީ، ދައުލަތުގެ ދަރަނިތައް 99 ބިލިއަނަށް އިތުރުވީ އެއް ދުވަހުގެ ތެރޭގައި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވި ގޮތުން 2012 ވަނަ އަހަރު ނިމިގެންދިޔަ އިރު، ދިވެހި ރާއްޖޭގެ ދަރަނި ގޮތުގައި 17 ބިލިއަން ރުފިޔާ ހިމެނެ އެވެ. އެއަށް ފަހު ޑރ. މުހައްދު ވަހީދު ހަސަން މަނިކުގެ 1 އަހަރުގެ ދައުރު ނިމިގެން ދިޔައިރު ދަރަނިތައް 23 ބިލިއަން ރުފިޔާއަށް ބޮޑުވިކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދޭތެރޭގައި އަދާކުރަން ޖެހިފައިވާ ދަރަނިތައް 62 ބިލިއަނަށް އަރާފައިވާކަމަށެވެ. އެހެންކަމުން ރައީސް ޔާމިންގެ ދައުރުގައި ދަރަނީގެ ނިސްބަތް ވަނީ 169 އިންސައްތައަށް އިތުރުވެފައިކަމަށާއި އަހަރަކުން އަހަރަކު 16.72 އިންސައްތައިގެ އިތުރުވުމެއް އެ ދައުރުގައި އައިސްފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށް ވަމުންދާއިރު، ހަރަދު ބޮޑު މަޝްރޫއުތައް މަޑުޖައްސާލުމަށް ބައެއް ފަރާތަކުން ވަނީ އިރުޝާދު ދެއްވާފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ރަޝީޔާ ޔޫކްރެއިން ހަންގުރާމަ ފަދަ ކަންކަމުގެ ސަބަބުން ލޯނު ހޯދުމުގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި، ރިޒާވް ހުސްވެ ލޯނުތައް އަންބުރާ ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމެވެ.

އެގޮތުން ރަޝިޔާއާއި ޔޫކްރެއިން ދޭތެރޭގައި ހިނގަމުންދާ ހަންގުރާމައިގެ ސަބަބުން ދުނިޔޭގެ މަޝްރަހުތަކަށް ކުރަމުންދާ އަސަރުތަކާއި އައިސްފައިވާ ބަދަލުތަކަށް ޖޭޕީ މޯރގަންއިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ލޯނު ޑީފޯލްޓަކަށް ދާނެ ކަމަށް ލަފާ ކުރެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

މި ރިޕޯޓު ނުވަތަ ދިރާސާ ބަލައިގަތުމަށް ސަރުކާރުން ދެކޮޅު ހަދާއިރު ޖޭޕީ މޯގަންގެ ރިޕޯޓުގައި އެހެން ގައުމުތަކުގެ ހާލަތު ވެސް ފާހަގަކޮށްފައި ވެއެވެ.

މިއާއި އެކު ރައީސް ސޯލިހާއި، ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އެހާލަތު ނެތްކަމަށާއި، ރާއްޖެ ބަނގުރޫޓު ނުވާނެކަމަށެވެ. އަދި ތިލަމާލެ ބްރިޖުގެ މަޝްރޫއު ކުރިޔަށްދާނެކަމަށް ވިދާޅުވި އެވެ. ދަރަނީގެ ނިސްބަތުން މިހާތަނަށް ސަރުކާރުން އެންމެ ބޮޑު ލޯނެއް ނަގާފައި ވަނީ މި މަޝްރޫއަށެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ލަފައަކީ ވެސް މަޝްރޫއު މަޑުޖައްސާލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: