ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސޯދަށް އަންނަ ލޮޅުމާއި އެކު ބައެއް މަޝްރޫއްތައް ކުރިއަށް ނުގެންދަން ނިންމައިފިން: ރައީސް ސޯލިހު

ރައީސް ސޯލިހު ނޫސްވެރިންނާއި މުހާތަބް ކުރައްވަނީ: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑަައެޅިފައިވާ ބައެއް މަޝްރޫޢުތައް ހުއްޓާލާފައިވާ ކަމަށާއި، އާ ބޮޑު މަޝްރޫޢުއެއް ފައްޓަވަން ނުވިސްނާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިނާއި ބައްދަލުކޮށް ދިވެހި ރާއްޖޭގެ މަޝްރޫއުތަކާއި ދަރަނި ތަކުގެ ވާހަކަތައް ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެއްވެސް އާ ބޮޑު މަޝްރޫޢއެއް އަލަށް ސޮއިކޮށް ލޯނުތަކެއް ނަގައިގެން ފެއްޓެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށެވެ. ނަމަވެސް މިހާރު ނަގާފައިވާ ލޯނުތަކާއިއެކު މަޝްރޫޢތައް ކުރިއަށް ގެންދަވާނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާލުވީ މިވަގުތު ދައުލަތުގެ ހަރަދުތައް ކުޑަކުރެވިފައިވާކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު މޭ މަހުގެ ނިޔަލަށް 15.1 ބިލިއަން ޑޮލަރު ހަރަދުތަކުގެ ގޮތަށް ހޭދަވާނެކަމަށް ކަނޑައެޅިފައިވާއިރު، މޭ މަސް ނިމިގެންދިއަ އިރު، ހޭދަވެފައިވަނީ، 14.1 ބިލިއަން ރުފިޔާ ކަމަށް އިޝާރާތްކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެހެންކަމުން ހަރަދުތައް ކުޑަކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ފެށުން ހުއްޓާލައިފައިވާ މަޝްރޫޢތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ފަހުން ދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: