ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި އަސްކަރިއްޔާވެސް ސިޔާސީވެއްޖެ!

ޖޭޕީގެ ލީޑަރު ގާސިމް އަދި ރައީސް ސޯލިހާއިއެކު ޗީފް އޮފް ޑިފެންސް ޝާމާލް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދިވެހި ރާއްޖޭގެ އަސްކަރިއްޔާވެސް ސިޔާސީވެފައިވާކަން ހާމަވެއްޖެއެވެ.

ނުރަސްމީކޮށް މާމިގިއްޔަށް ވަޑައިގެން، ރައީސް ސޯލިހު ޖޭޕީގެ އިސް ލީޑަރުންނާއިއެކު ކުރިއަށްގެންދާ ގޮތްނޭގޭ ބައްދަލުވުންތަކުގައި، ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނަރަލް ޝާމާލް ބައިވެރިވެވަޑަައިގެން އިންނެވި ފޮޓޯއެއްވަނީ، ސޯޝަލް މީޑިއާގައި އާންމުވެފައިއެވެ. މި ފޯޓޯއަށް ގިނަބަޔަކު ފާޑުކިޔަމުންދާއިރު، އަދިި ސިޔާސީ ބައްދަލުވުމެއްގައި ޝާމާލް އިންނެވި ސަބާބާއިމެދުވެސް ގިނަ ބަޔަކުވަނީ ސުވާލުވެސްކޮށްފައިއެވެ.

ސިޔާސީ ބައްދަލުވުމެއްގައި ޝާމާލް ބައިވެރިވެވަޑައިގެން ނުވާނެކަމަށް ބުނެ ގިނަ ބަޔަކު އާންމު ވެފައިވާ ފޮޓޯއަށް ފާޑުކިޔާފައިވާއިރު، ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވަނީ މިކަމާއި ގުޅިގެން ޝާމާލަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައިއެވެ.

ޝިޔާމް ވިދާޅުވީ، އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ސޯލިހު، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމާއިއެކު ސިޔާސީ ބައްދަލުވުމެއް ކުރިއަށްގެންދަވާއިރު، އެތާންގައި ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ބައިވެރިވެވަޑައިގަތުމުން އެ އަމަލުގެ ”ހުތުރު“ އެމްއެންޑީއެފްއަށްވެސް ލިބިގެންދާކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ މުއައްސަސާގެ ގަދަރާއި ކަރާމާތްވެސްވަނީ ގެއްލުވާލާފައިކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

 

”މުއައްސަސާގެ ގަދަރާއި ކަރާމާތް މި މީހުން ގެއްލުވާލައިފި“ ޝިޔާމް

 

ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ސޯލިހު މާމިގިއްޔަށް ވަޑައިގަތީ އޮންނަ ރައްޓެހިކަމުގެ ގުޅުމުގެ ދަށުންކަމަށް ޖޭޕީގެ ތަރުޖަމާނު، އަލީ ސޯލިހު ވަނީ ވިދާޅުވެފައިއެވެ. އަދި މި ބައްދަލުވުމާއި ބެހޭގޮތުން އިތުރު މައުލޫމާތު ދިނުމަށް ޖޭޕީއިންވަނީ ދެކޮޅުހަދާފައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގު ވިދާޅުވީ، މި ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވަނީ، ރައީސް ސޯލިހުގެ ރަނިންގްމޭޓެއްގެ މަގާމަށް ކަނޑައެޅިފައިކަމަށެވެ. ނަމަވެސް ޖޭޕީގެ ޕޮލިޓިކަލް އެޑްވައިޒަރ އަހްމަދު އިލްހާމް ވަނީ ތޯރިގު ދެއްކެވި ވާހަކަތައް ދޮގުކުރައްވާފައިއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ، ރިޔާސީ އިންތިހާބުގައި ބައިވެރިވެލައްވާނެކަމަށާއި، އެމްޑީޕީއަށް އެކަނި އިންތިހާބު ކާމިޔާބު ނުކުރެވޭނެކަމަށް ވިދާޅުވެ. ކޯލިޝަނަކާއި އެކު މި އިންތިހާބު ކާމިޔާބު ކުރަށްވާނެކަން ޔަގީން ވެލައްވާކަމަށް ފާހަގަކުރެއްވިތާ ދާދި 72 ގަޑީރުފަހުން ރައީސް ސޯލިހު ވަނީ މާމިގިއްޔަށް ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފައިއެވެ. ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅުގެ މަގުސަދަކީ ގާސިމް އިބްރާހިމްމާއި އެކު ކޯލިޝަނެއް ހެއްދެވުންކަމަށް އާންމުންގެ ތެރޭގައި ވާހަކަތައް ދެކެވެމުންދާއިރު، ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ، މި ބައްދަލުންތަކަކީ، ކޯލިޝަން ބައްދަލުވުންތަކެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: