ދައުލަތު ދީފޯލްޓުވީކަމަށް ދައްކަމުންދާ ވާހަކަތަކަކީ، ”ނުރައްކާތެރި ހަގީގަތާއި ހިލާފު“ ވާހަކަތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި ބައްދަލުކޮށް، ދިވެހި ރާއްޖޭގައި ހިންގަން ކަަނޑައަޅާފައިވާ ބައެއް ތަރައްގީގެއް މަޝްރޫއުތައް ހުއްޓާލާފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވާ ޝަރީފް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ ބޮޑެތި ދަތިތައް ތަހައްމަލު ކުރަން ޖެހުނު ވަގުތު، ސަރުކާރުންވަނީ، ބަނޑަށް ނުޖެހި، ދެ އަހަރު ދުވަހު ދިވެހި ރާއްޖޭގެ އިގްތިސޯދު މެނޭޖުކޮށްފައިކަމަށެވެ. އަދި އިގްތިސޯދު މިވަގުތު ދަނީ ހަމަ މަގަށް އެޅެމުންކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ދައުލަތް ޑީފޯލްޓުވެފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ”ނުރައްކާތެރި، ހަގީގަތާއި ހިލާފު“ ވާހަކަތަކެއްކަމަށެވެ.
Emme dhathi dhuvasvaru ves rayyithun badah jehiya nudhee dhe aharu vandhen sarukaarun vanee igthisaadhu manage koffa.Adhu igthisaadhu dhanee hama magah elhemun. Dhaulath defualt vee kamah dhakkaa vaahaka akee nurakkaa theri hageegathaa khilaafu vaahaka eh
— Ibrahim Shareef (@AdduShareef) June 11, 2022
މީގެ އިތުރުންވެސް ޝަރީފް ވަނީ، ދިވެހި ސަރުކާރު ދިފާއުކޮށް ޓްވީޓްތަކެއް ކުރައްވާފައިއެވެ. ދަރަނިތަކާއިމެދު ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، ސަރުކާރުން ވަނީ، ދިވެހި ރާއްޖެއިން ދައްކަން ކަނޑައަޅާފައިވާ ދަރަނިތައް އެ މުއްދަތުގައި، ފުރިހަމައަށް ދައްކާފައިކަމަށެވެ. އަދި ކުރިއަށް އޮތް ދަރަނިތައްވެސް ދައްކަމުންދާނެކަމަށް އިޝާރާތްކުރައްވާ ޝަރީފް ވިދާޅުވީ، ސަރުކާރާއި ވާދަވެރި ފަރާތްތަކުން ބޭނުންވަނީ ދައުލަތަށް ލޯނުތައް ލިބެން އޮތް މަގުތައް ބަންދުކޮށް، ރާއްޖެ އިނދަޖައްސާލަންކަމަށެވެ.
Sarukaaru dhalath ge dharani vanee dhakkan jehey mudhathu ga baraabah dhakaafa. Adhi dhanee dhakkamun.Sarukaaraa vaadha veri faraaithakun beynun vanee dhaulath loan liben oi hurihaa mageh bandhu koh sarukaaru indhe jasdaalun. Vaadha veri siyaasee leaderun mi kuran ulhey kamakee e
— Ibrahim Shareef (@AdduShareef) June 11, 2022
Sarkaaru indhe jassalaa gaumu banguroot kollan siyaasee vaadha verin ethere innaa beyrun mikuraa hurihaa masakkatheh ge gellun vaanee hurihaa rayyithunnah. Badah jeheynee emmen. Fun koh visnan vejje kameh.Migothah nukurmah govaalan
— Ibrahim Shareef (@AdduShareef) June 11, 2022
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ސަރުކާރު އިންދަ ޖައްސާ، ގައުމު ބަނގުރޫޓުކުރުމަށް އެކި ފަރާތްތަކުން މަސައްކަތްކުރަމުންދަނީ، ސިޔާސީ ވާދަވެރިންކަމަށެވެ. އަދި އެކަމުގެ ގެއްލުންތައްވަނީ ދިވެހި ރައްޔިތުންނަށް ކަމަށާއި، ގައުމުގެ ރައްޔިތުން ބަނޑަށް ޖެހިދަނީކަމަށް އިޝާރާތްކުރަށްވާ އެނާ ވިދާޅުވީ، ސިޔާސީ ވާދަވެރިން ފުންކޮށް ވިސްނަންޖެހިފައިވާކަމަށާއި، މިފަދަ އަމަލުތައް ނުހިންގުމަށް އެނާ ގޮވާލާކަމަށެވެ.
ޝަރީފް މިފައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ގައުމެއްގެ ހަޒާނާގައި އަތް ނުލެވޭނެ ފަދައިން ރައްކާކުރެވިފައި ވަކިވަރެއް އޮންނާނެކަމަށެވެ. އެހެންނަމަވެސް ދިވެހި ރާއްޖޭގައި މިވަގުތު އެވެސް ނެތްކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

