ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

” 07 މޮންސޫން ފޯރަމް” އިފްތިތާހުކޮށްފި

"7 މޮންސޫން ފޯރަމް"ގެ ތެރެއިން: ފޮޓޯ/ މެޓު އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ފަރާތުން އިންތިޒާމު ކޮށްފައިވާ ” 07 މޮންސޫން ފޯރަމް”، މޫކައި ހޮޓަލްގައި ފަށައިފިއެވެ.

މީޓިއޮރޮލޮޖިކަލް ސާރވިސް ގެ ފަރާތުން އިންތިޒާމު ކޮށްފައިވާ ” 07 މޮންސޫން ފޯރަމް” އަކީ އެން.އީ.އެސް.ކަޕް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ “އެންހާންސިންގް ވެދަރ އެންޑް ކްލައިމެޓް ރެސިލިއަންސް އޮފް ރައިމްސް މެމްބަރް ސްޓޭޓްސް ތްރޫ ކެޕޭސިޓީ ބިލްޑިންގް އޮން އިމްޕެކްޓް ފޯރްކާސްޓިންގ – ފޭސް 2″ ގެ ސަޕޯޓާއިއެކު ހިންގާ ފޯރަމްއެކެވެ.

” 07 މޮންސޫން ފޯރަމް” އިފްތިތާހު ކުރުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ މިނިސްޓްރީ އޮފް އެނަވަޔަރަމަންޓް، ކްލައިމެޓް ޗންޖް އެނޑް ޓެކްނޯލޮޖީގެ ޕަރމަނަންޓް ސެކްރަޓަރީ، އަޖުވަދު މުސްތަފާއެވެ. އެނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ޑޭޓާއާއި ސައިންސްގެ އަލީގައި ދިރާސާކޮށް، ދުރާލާ އެޅޭނެ ފިޔަވަޅުތަކާގުޅޭ ގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަކީ މޫސުމާބެހޭ ގައުމީ އިދާރާގެ މަސަކަތްތައް އިތުރައް ރަނގަޅުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއްގެ ކަމަށެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ފަރާތުން ބޭއްވި މި ފޯރަމްގައި މިނިސްޓްރީ އޮފް އެނަވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެނޑް ޓެކްނޯލޮޖީގެ އިތުރުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، ރައިމްސް އަދި އެހެނިހެން ކަމާބެހޭ ފަރާތްތަކުންވަނީ ބައިވެރިވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: