ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރުހޭ ކޮންމެ ފަހަރަކު ރާމާމަކުނުނުގެ އުސޫލުން ކަންތައް ކުރީމައި ދެރަ ލިބެނީ ރައްޔިތުންނަށް: އަދުން ހުސެއިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެން ޝަމީޟް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ އިއްޒަތްތެރި ރައީސް މުހައްމަދު ނަޝީދު ނުރުހޭ ކޮންމެ ފަހަރަކު ރާމާމަކުނުގެ އުސޫލުން ކަންތައް ކުރެއްވީމައި ދެރަ ލިބެނީ ރައްޔިތުންނަށްކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް ހުށައެޅިފައިވާ މާލިއްޔާތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރެއްވުމުގެ ފުރުސަތު ދެއްވުމާއިއެކުވެސް އަނދުން ހުސައިން ވަނީ ރައީސް މުހައްމަދު ނަޝީދަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފައެވެ. އެގޮތުން އެބޭފުޅާ ތާއީދު ނުކުރައްވާ ނުވަތަ ނުރުހޭ ވާހަކައެއް ދައްކަނީނަމަ 5 މިނިޓުގެ ވަގުތު ހަމަވުމާއިއެކު މައިކް ކަނޑާލައްވާކަމަށާއި ނަމަވެސް ތާއީދު އޮތް މެންބަރެއް ނަމަ އިތުރަށް އެތައް ވަގުތެއް ދެއްވަމުން ގެންދަވާތީ އެކަންތައް އޭނާއަށް އައިބް ކަމެއްގެ ގޮތުގައި ފެނުނީމައި ދަންނަވާލީކަމަށާއި ނަމަވެސް 2 މިނިޓުން މައިކް ކަނޑުވާލިއަސް މައްސަލައެއް ނެތްކަމަށް ވިދާޅުވިއެވެ.

ނުރުހޭ ކޮންމެ ފަހަރަކު ރާމާމަކުނުގެ އުސޫލުން ކަންތައް ކުރީމައި ދެރަ ލިބެނީ ރައްޔިތުންނަށްކަމުގައި ފާހަގަކުރައްވާ އަދުން ހުސެއިން ވިދާޅުވީ އޭނާ އަޑުއަހާ ގޮތުގައި ރާމާމަކުނުގެ އަންހެން ވައްތަރު އެއީ އޭގެ ދަރިއަށް އެންމެ ހެޔޮ އަދި ކުލުނު ހުންނަ އެތީގެ ގޮތުގައި ބުނާތީ އިވޭކަމަށާއި ނަމަވެސް ފެން ބޮޑުވަން ފެށުމުން މައި އެތި ހާސް ވަންދެންވެސް ދަރި ނަގާ އަތު ކޮޅަށް ލައިގެން ހުންނަކަމަށާއި ހާސްވީ، ހަމަ ވަގުތު ދަރި ގަންބާލާފައި ނޭވާލާކަމަށެވެ.

އެހެންކަމުން ސަރުކާރާއި އަދި އެމްޑީޕީގެ ތެރޭގައިވެސް ކަންތައްތައް ކުރައްވަމުން ދާއިރު މެޖޯރިޓީ ގެއްލޭ ހަމަ ކޮންމެ ފަހަރަކު އެއީ 30 އަހަރު އޮތް ވެރިކަން ނިންމާ ގެނައި ޑިމޮކްރެޓިކް އުސޫލު ރާއްޖެއިން ނެތި ކޮށްލަން ޖެހޭ ސަބަބެއް ނޫންކަމުގައި އަދުން ހުސެއިން ވިދާޅުވިއެވެ. އަދި ރާއްޖެއިން ކަތީބު ސިސްޓަމް ބަދަލުކޮށް ގެނައި ލާމަރުކަޒީ ނިޒާމު އުވާލާ، ހުރިހާ ދުވަހު އެމްޑީޕީގެ ތެރޭގައި ތިއްބަވާ ޗެއާޕާސަންކަން ކުރައްވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިޕް ލައިންތަކާއި ހިލާފުވާ ފަރާތްތަކާއިމެދު އަލުން ފިޔަވަޅު އަޅުއްވަން ނުޖެހޭކަމަށް މަގާމު ގެއްލޭ އިރަށް ވިދާޅުވަމުން ގެންދިޔުމަކީ އެއީ ހުތުރު ދެރަވަރުގެ ކަމެއްކަމަށް އަދުން ހުސެއިން ވިދާޅުވިއެވެ.

އޭނާ މިފަދައިން ވާހަކަ ދައްކަވާފައި މި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކި ކުރުމަށްޓަކައި އެމްޑީޕީގެ ފަރާތުން ނެރުނު ވިޕް ލައިނާ ރައީސް ނަޝީދު ހިލާފުވެ އެމްޑީޕީ ޕީޖީން އެގޮތަށް ނިންމުމާއެކު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ޕީޖީ ޝަމީމްގެ ދިފާއުގައި ނިކުންނަވާނެ މަޖިލިސް މެންބަރުންގެ ލިސްޓެއް ޕާޓީގެ ކުރީގެ ޗެއާޕާޝަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާންމުކުރުމުގެ ސަބަބުންނެވެ. ގްރޫޕަށް ހަސަން ލަތީފް ފޮނުއްވި މެސެޖުގައި ވަނީ, ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕްލައިނާ އެއްގޮތަށް ވޯޓުލާން ބޭނުންނުވާ މެންބަރުން ނަން ނޯޓު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެ ލިސްޓުގެ ދެވަނައަށް ނަން ޖެއްސެވީ ރައީސް ނަޝީދެވެ. ހަވީރު ފަހެއް ޖެހުމާ ހަމައަށް އެ ލިސްޓްގައި ވަނީ އެމްޑީޕީ ޕާލަމެޓްރީ ގްރޫޕްގެ 18 މެންބަރުންގެ ނަން ހިމަނުއްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ތެރޭގައި މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގައި ޕާޓީން ރައީސް ނަޝީދު ބޭރުކޮށްލަން އުޅޭކަމަށް ބުނެ ވާހަކަދައްކަވާ އެކަން ނުޥާނެކަމަށް ބުނެ ކުށްވެރިކުރި ބޭފުޅުންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: