ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު ޒުވާނާގެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރުނު!

އެމްޑީޕީގެ ގައުމީ މަޖިލީހެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 27 އަހަރުގެ މުހައްމަދު އަޒްހާން މަރުވެފައިވާ ހަށިގަނޑު ފެނުނުކަމަށް ބުނާ މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތްރީލައިން ވިޕެއް ނެރުނު ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އަޒްހާން މަރުވެފައިވާ ކަމަށް ބުނާ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރަން ލިބުނު ފުރުރުސަތުގައި ވާހަކަފުޅުދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި ވަނިކޮށް ފެނިފައިވާ ކަމަށް ބުނާ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރޝިޕުން ނިންމި ކަމަށާއި އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މީހެއްގެ މަރާއި ގުޅިގެން ކުއްލި މައްސަލައެއް ހުށަހެޅުމައި އެ ކަމުގައި ފުލުހުން އަމަލު ކުރި ގޮތާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް މެމްބަރަކު ކުއްލި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ހަސްނަ ލަތީފް ފާހަގަކުރެއްވިއެވެ. އަދި އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އަޒްހާންގެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި މައްސަލައިގައި ފުލުހުން ނެރެފައިވާ ބަޔާނަކީ ބަލައިގަނެވޭނެ ބަޔާނެއް ނޫންކަމަށް ހަސަން ލަތީފް ފާހަގަކުރި ބަޔާނުގައި ވަނީ އެ ހަށިގަނޑު ފެނުމާއި އެކު ފުލުހުންގެ ތަހުގީގު އިތުރަށް ފުޅާކޮށް، އެއީ މަރުގެ މައްސަލައަކަށް ތަހުގީގު ބަދަލު ކުރި ކަމަށެވެ. މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާއި އެކު، މިފަދަ މައްސަލަތަކުގައި އާއްމުކޮށް އަމަލު ކުރާ އުސޫލުން މާލެއާއި ހުޅުމާލޭގައި ގާއިމްކޮށްފައި ވާ ސްޓޭޝަންތަކާއި، އިންޓެލިޖެންސް މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އަޒްހާން މަރާލީކަމަށް ބެލެވޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ލިބިފައި ނުވާކަމަށެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުމަށް ފޮނުވީމައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަޝިޕުން އެ މައްސަލަ ބަލައިނުގަނަން ވިޕްލައިނެއް ނެރެ، އަޅުގަނޑުމެންނަށް އެގޮތަށް ވޯޓު ދޭޏް އަންގާފައި އޮތީމައި ލަދުގަނޭ

މައްސަލަ ބަލައި ނުގަތުމަށް ވޯޓު ދެއްވާފައިވާ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި އަރިސް މެންބަރު، ހުސައިން ޝަހީމް، ހަސަން ލަތީފްގެ ވާހަކަތަކަށް ރައްދުދެއްވާ ވިދާޅުވީ ވިޕްލައިންއެއް ތައްޔާރުކުރީ، މި މައްސަލައަކީ އިތުރަށް ތަހުގީގުނުކުރުމަށް ފުލުހުން ނިންމާފައިވާ މައްސަލައަކަށް ނުވާތީކަމަށެވެ.

މީހަކު ގެއްލިގެން، ފުލުހުންގެ ނޫސް ބަޔާނެއް އެބަވޭ ނެރެފަ، ވަރަށް ތަފްސީލުކޮށް އެ ނޫސް ބަޔާނުގައި އެބަހުރި ފުލުހުން މިކަމާއި ގުޅިގެން ކުރި މަސައްކަތްތަކާއި އެކަންކަން މާލޭގެ އިތުރު ސީސީޓީވީ ފުޓޭޖުތަކަށް ހޯދައިގެން އެވެސް ބެލުމާއި

މި މައްސަލާގައި ފުލުހުންގެ އިހުމާލު އެބަ އޮތްކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް ފުލުހުން ދިފާއުކުރައްވާ ހުސައިން ޝަހީމް ވިދާޅުވީ ހުޅުމާލެއަކީ ކުޑަ ތަނެއްނޫންކަމަށާއި އަދި މިކަމުގައި ހަރަކާތްތެރިވާ ފުލުހުންގެ ނިސްބަރުންނާއި ވަސީލަތްތަތަުގެ ސަބަބުންވެސް ދަތިތަކެއް ހުންނާނެކަމަށެވެ. ހުސައިން ޝަހީމް ވިދާޅުވީ އެހެން ނަމަވެސް އެ ދަތިތަކާއިއެކުވެސް މައްސަލަ ދެނެގަތީ ފުލުހުންކަމަށާއި އާންމު ފަރާތަކުން މައްސަލަ ރިޕޯޓުކޮށްފައިނުވާކަމަށެވެ.

މި ސަރުކާރުގެ ދައުރުގެ ތެރޭގައި މީހުން މެރުމާއި، ފޭރުންފަދަ ކަންކަން އާންމުވެފައިވާކަމަށް މައްސަލަ ހުށައަޅުއްވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވުމާއި ގުޅިގެން ހުސައިން ޝަހީމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ގޭންގުތައް ހިންގުމަށް ފައިސާވެސް ހަރަދުކުރިކަމަށެވެ.

ސަރުކާރަކުްނ މިހާ ބޮޑެތި ކަންކަން ކޮށްފަ މިތަނަށް އައިސް މެންބަރުކަމުގައި އިންނަވާ މި ސަރުކާރޭ ކިޔައިގެން އެގޮތަށް ވާހަކަދެއްކީމައި ދިވެހި ރައްޔިތުންނަކަށް އެކަންކަން ހިގައި ދިޔަ ގޮތް ނޯޅޭނެ

ދިވެއްސެއްގެ ފުރާނަ ގެއްލިގެން ސިއުމަކީ ހިތާމަކުރާކަމެއްކަމަށާއި ނަމަވެސް މިޖކަމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ގަބޫލުނުކުރާކަމަށް ތަކުރާރުކުރައްވާ ހުސައިން ޝަހީމް ވިދާޅުވިއެވެ.

އަޒްހާން ގެއްލިފައި ވަނިކޮށް، އޭނާކަމަށް ބެލެވޭ މީހެއްގެ މަރުވެފައިވާ ހަށިގަނޑޫ ފެނުމާއި ގުޅިގެން ހުށައެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ވޯޓު ދެއްވި މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އޭގެ ތެރޭގައިވެސް ތިއްބެވީ ދެ ފެކްޝަނަކަށް ހިގާ އެމްޑީޕީގައި ރައީސް ސާލިހާއި އަރިސް، ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުންގެންދަވާ މެންބަރުންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: