ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރިއަށް ޒިޔާރާތްކުރި އެންމެންގެ ޓްރޭސިން ހަދަން ޝިޔާމް ގޮވާލައިފި

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

200 އަށްވުރެ ގިނަ މީހުންނާއިއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ ބަނގްލަދޭޝް އަލަމްގިރިއަށް ޒިޔާރާތްކުރި ފަރާތްތަކުގެ ޓުރޭސިން ހަދަން، ޕީޕީއެމްގެ ނައިބު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވާލާފިއެވެ.

އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައިގައި އަލަމްގިރި މިވަގުތު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އެ މައްސަލައިގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންްޓާއި، އަދި ގުޅުން ހިންގިކަމަށް ބެލެވޭ ތަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފަސްކޮށްފަ އެވެ. އަދި ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، އޭނާއާއި އެކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި، ފުލުސް އޮފިސަރެއްގެ ޕާސްޕޯޓު ހިފަހައްޓައި ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފައެވެ.

މީގެ ކުރިން މައުލޫމާތު ލިބުނީ އަލަމްގިރި 50 މީހަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށެވެ. ބްލެކްމެއިލްކޮށް، ބިރު ދެއްކުމުގައި އެހެން ބައެއްގެ ނުވަތަ ދިވެހިންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވެއެވެ. އެކަމަކު ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިންގި މީހުންގެ އަދަދު 250 އަށް އަރައެވެ.

މިކަން ސޯޝަލް މީޑިއާގައި ފެންމަތިވުމުން ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުޖްތަމައުގެ ތެރޭގައި މީގެ ސަބަބުން ބަލިއެއް ފެތުރިފައި ވުމެވެ. އެއްޖިންސުން ގުޅުން ހިނގުމާއި، މިފަދަ އެކި އަމަލުތަކުގައި ޝާމިލުވާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރޭއިރު އަލަމްގިރިއަކީ އެފަދަ އެއްވެސް ބައްޔަކަށް މިހާތަނަށް ޓެސްޓު ކުރި މީހެއް ނޫނެވެ. އެހެންވެ ސިއްހީ ދާއިރާގެ ފަރާތްތައް ވެސް ވަނީ އަލަމްގިރިއާއި އެކު ގުޅުން ހިންގި މީހުން ވީހާވެސް އަވަހަށް ދެނެގަނެ އެ މީހުންގެ ހެލްތް ސްކްރީނިން އެއް ހެދުމަށް ގޮވާލަމުންނެވެ. އަދި މިއީ އެއްވެސް ކުށެއް ނެތް، މިކަމުގައި ޝާމިލު ނުވާ އެ މީހުންގެ އާއިލާއަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގައި މިފަދަ ގޮތަކައް ކަން އޮތްއިރު ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބައްޔެއްކަމުގައިވާ މަކުނު ވިދުރިއަކީ ދުނިޔެއަށް އޮތް ނުރައްކަލެއްކަމަށް ކަނޑައަޅާ، މުޅި ދުނިޔެއަށް އެއީ ގްލޯބަލް ހެލްތް އެމަޖެންސީވެސް ނެރެފައެވެ.

މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާ ޝިޔާމްވިދާޅުވެފައިވަނީ، ޑަބްލިޔު.އެޗް.އޯގެ މިކަންބޮޑުވުމާއި އެކީ 2 ކަމެއް މިހާރުން މިހާރަށް ދިވެހިރާއްޖޭގައި ކުރަންޖެހިފައިވާކަމަށެވެ. އެގޮތުން ފުރަތަމަކަމަކަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެކްޓިވޭޓުވެ މަދުވެގެން އަލަމްގިރިޔަށް ޒިޔާރަތްކުރި ފަރާތްތަކުގެ ޓުރޭސިން ހަދަންޖެހޭކަމަށާއި، އަދި ދެވަނަކަމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން އެ އެންމެން ހިފާ ހައްޔަރުކޮށް ތަޙުޤީގު ހިންގާ ޙައްޤު އަދަބުދޭންޖެހޭކަމަށެވެ.

ދިވެހިރާއްޖޭގައި ފާޅުކަން ބޮޑު ގޮތެއްގައި ދީނާއި ހިލާފު ކަންކަމަށް އަރައިގަނެ، އެެފަދަ ކަންކަން އާންމުވެގެންދާއިރުވެސް ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ ތަހުގީގެއް ހިންގާ، އަޅަންޖެހޭ ފިޔަވަޅުތައް ނާޅާކަމުގެ ކަންބޮޑުވުމާއި ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: