ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކެނޑިޑޭޓަށް ވެރިކަން ހޯދައިދިނުމަށްވުރެ ގާސިމަށް ވެރިކަން ހޯދައިދިނުން ވެސް ރައީސް ނަޝީދަށް މާ ރަނގަޅު: އަނދުން ހުސެއިން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަފުޅު މީހާ ނިސްބަތްވާ، އެ ޕާޓީއެއްގެ ރައީސްކަން ކުރައްވަމުން އަންނަ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ވެރިކަން ހޯދައިދިނުމަށްވުރެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއަށް ވެރިކަން ހޯދައިދިނުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް މާ ރަނގަޅުކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރުން ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ހުސެއިން ޝަހީމް ވިދާޅުވީ ގަވާއިދުތަކަށް އިސްލާހު ގެނެވިދާނެކަމަށާއި، ނަމަވެސް ގަވާއިދު އިސްލާހުވުމުން ކަންކަން އިސްލާހުނުވާކަމަށެވެ. ރޮޒައިނާ ހުށައަޅުއްވާފައިވާ ގަރާރާއި ގުޅިގެން ހުސެއިން ވިދާޅުވީ އޭނާވެސް ބޭނުންވަނީ މަޖިލީހުގެ ތަޅުމުގައި އިންސާފުވެރިކަމާއި، ދުނިޔޭގެ ރިވެތި އުސޫލުން ކަންކަން ހިނގުމަށްކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކަންވެގެންދިޔަ ގޮތަށް އިޝާރާތްކުރައްވާ ހުސެއިން ވިދާޅުވީ ނާކާމިޔާބީ ގަބޫލުކުރައްވަން، އެކަމާއި ކުރިމަތިލާންޖެހުނު ކެނޑިޑޭޓު ދެކޮޅު ހެއްދެވުމުން، އެ ކެނޑިޑޭޓު ރުހޭ ގޮތަށް އަސާސީ ގަވާއިދަށް އިސްލާހު ގެނައި ނަމަވެސް މައްސަލަ ހައްލުނުވާނެކަމަށެވެ. ހުސެން ޝަހީމް ނަން ވިދާޅުނުވި ނަމަވެސް އެ ފާޑު ވިދާޅުވީ ރައީސް ނަޝީދަށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ވާދަކުރައްވާ ލިބިވަޑައިގެން ނާކާމިޔާބީ ގަބޫލުކުރައްވަން ރައީސް ނަޝީދު ދެކޮޅުހައްދަވައެވެ. އަދި އެ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓަށްވެސް ވަނީ ހުށައަޅާފައެވެ.

ހަމަ އާދައިގެ ނޯމަލް ރަނގަޅު ގަބޫލުކޮށްލަންޖެހޭކަމެއްގެ ގޮތުގައި އަމިއްލަފުޅު ޕާޓީގެ ރައީސްކަމުގައި އިންނަވައި، އަމިއްލަފުޅު ޕާޓީއަށް ވެރިކަން ހޯދުމަށްވުރެ ޖުމްހޫރީ ޕާޓީއަށް ވެރިކަން ހޯދައިދިނުމަކީ އެމްޑީޕީގެ މެންބަރުންނަށްވުރެ ރަނގަޅުކަމެއް. އެމްޑީޕީގެ މެންބަރުން މަގުމަތިވެ ވަޒީފާތަކާއި އެއްޗިހި ގެއްލިދިއުމަކީ މިއީވެސް ހަމަ އެންމެ ރަނގަޅުކަމެއްގެ ގޮތުގައި އެމްޑީޕީގެ ރައީސް ގަބޫލުފުޅުކުރައްވާ.

އެމްޑީޕީގެ ރައީސް، ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ކެމްޕެއިން ކޮށްދިނުމުގެ ބަދަލުގައި، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ހޮވުމަށް ޕާޓީގެ މެންބަރުންނަށް ވިސްނާދިނުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއްކަމަށް ފާހަގަކުރައްވާ، ހުސެއިން ވިދާޅުވީ އެއީ މަޖިލީހުގައި ހިނގައިދިޔަކަމަށްވުރެ ގޯސްކަމެއްކަމަށެވެ. ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ހުސެއިން ފާހަގަކުރެއްވި ގޮތުގައި އެމްޑިޕީގެ މެންބަރުން މަގުމަތިވީ ނަމަވެސް އެއީ ރައީސް ނަޝިދަށް އެއްވެސް މައްސަލައެއް ނޫނެވެ.

ރައީސް ނަޝިދު ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއްކަމަށާއި، ގަވާއިދުތައް ލިޔާއިރު އެ ގަވާއިދާއި އެއްގޮތަށް އަމަލުކުރެވޭނެ ގޮތެއްވެސް އޮންނަންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ. ހަދަން ނުޖެހޭ ގަވާއިދުތަކަށް މީހާ އުޅެން ބޭނުންވުމަކީ، އެ ގަވާއިދުތައް އެކުލަވާލަންޖެހޭ ސަބަބެއް ނޫންކަމަށް ހުސެއިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: