ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރާއްޖޭގެ އިގްތިސޯދަށް އެންމެ ބޮޑު ނުރައްކަލަކީ މާލީ ވަޒީރު: ސައީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ދައުލަތުގެ އިގްތިސޯދަށް މިވަގުތު ހުރި އެންމެ ބޮޑު ނުރައްކަލަކީ މާލީ ވަޒީރު، އިބްރާހިމް އަމީރުގެ ބަސް ނޭހުންކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ މާލީ ގާނުނަށް ގެނައުމަށް މަސައްކަތްކުރާ އިސްލާހުގެ ސަބަބުން މާލީ ވަޒީރު އިބްރާހިމް އަމީރަށް މާލިއްޔަތު ކޮންޓްރޯލް ކުރުމުގެ ބާރުތަކެއް ލިބިގެންދާކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، މީގެ ދުވަސްތަކެއް ކުރިންވެސް އަމީރުވަނީ، މީރާގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް އެ ވުޒާރާގެ ޗެއަރމަންޝިޕް އެ ބޭފުޅާގެ ބާރުގެދަށަށް ގެނެސް، ހަމައެފަދަ ނުރައްކާތެރި ބާރުތަކެއް ހޯއްދަވައިފިކަމަށެވެ. އަދި ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް އިބްރާހިމް އަމީރުވަނީ ދައުލަތުގެ ހަރަދުތަކަށް ޒިންމާވުމުގެ ގާނޫނުގެ ކޮންޓްރޯލްވެސް ނަންގަވާފައިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ގާނުނަށް ސަރުކާރުން ގެނައުމަށް މަސައްކަތްކުރާ އިސްލާހަކީ މާލީ ވަޒީރު އިބްރާހިމް އަމީރަށް ބާރުތަކެއް ދިނުމުގެ މަގުސަދުގައި ކުރަމުންދާކަމެއްކަން ފާހަގަކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ދުނިޔޭގެ މާލީ ވުޒާރާތަކާއި މާހިރުން، ދިވެހި ރާއްޖޭގެ ދަރަނިތައް ރީޝްޓްރަކްޗާކޮށް، ހަރަދު ކުޑަ ކުރުމަށް ރައީސް ސޯލިހަށް ލަފާތައް ދީ ގިނަ އިންޒާރުތަކެއް ދީފައިވާކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަށް ރައީސް ސޯލިހު ބަރޯސާ ކުރައްވަނީ ހަމައެކަނި އަމީރަށްކަމަށް އިޝާރާތް ކުރަށްވާ ސައީދު ވިދާޅުވީ، ދިވެހި ދައުލަތުގެ އިގްތިސޯދަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ، މާލީ ވަަޒީރު، އިބްރާހިމް އަމީރު “ބަސް ނޭހުން” ކަމަށެވެ.

ދިވެހި ރާއްޖޭގެ އިގްތިސޯދަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ މާލީ ވަޒީރު އިބްރާހިމް އަމީރުގެ “ބަސް ނޭހުން” ކަމަށް ފާހަގަކުރަށްވާ ސައީދު ވިދާޅުވީ، ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، ވާރުތަވެގެންދިޔަ ދަރަނީގެ ގޮތަށް އޮތީ 29 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ރައީސް ޔާމިންގެ ފަސް އަހަރުގެ ވެރިކަމުގައި ޖުމުލަކޮށް އުފެދިގެންދިއައީ 32 ބިލިއަންގެ ދަރަންޔެއްކަމަށް އިޝާރާތް ކުރަށްވާ ސައީދު ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމަށް މިވީ ހިސާބަށް 34 ބިލިއަންގެ ދަރަންޔެއް އުފެދިފައިވާކަމަށާއި، ރިކަރެންޓް ހަރަދުތައްވަނީ ފުނިޖެހިފައިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސައީދުވަނީ ދަރަނިތައް ދެއްކުމުގައި ދިވެހި ރާއްޖެއަށް ދަތިތައް ކުރިމަތިވެފައިވާކަމަށް ދެކެވޭ ވާހަކަތަކަށްވެސް އަލިއަޅުވާލާފައިއެވެ. ސައީދު ވިދާޅުވީ، 2015 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަމުގައި ސޮވެރެއިން ޑިވެލޮޕްމެންޓް ފަންޑެއް ގާއިމު ކުރެވިފައިވާކަމަށެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރު، އެ ފަންޑަށް ފައިސާ ޖަމާވެފައިވާކަމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، 220 މިލިއަން ޑޮލަރާއި ގާތް ކުރާ ފަންޑެއް ހުރި އިރު، ރައީސް ސޯލިހުވަނީ އެ ފައިސާ ދިވެހި ރުފިޔާއަށް ބަދަލު ކުރުމަށްފަހު، މާލީ ރިޒާވް އިތުރުކޮށްފައިކަމަށެވެ.

ރައީސް ޔާމިންގެ ވެރިމުގައި ގާއިމު ކުރެވުމުނު ސޮވަރެއިން ޑިވެލޮޕްމެންޓް ފަނޑުގައި ހުރި ފައިސާތަށް ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް ފަހު މާލީ ރިޒާރވް އިތުރު ކުރުމަށް ރައީސް ސޯލިހު ނެންގެވިކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ޑޮލަރުން ހުރި ފައިސާތަކެއް ރުފިޔާއަށް ބަދަލު ކުރަން ނުޖެހޭކަމަށެވެ. އަދި އެ ފައިސާއަކީ ދިވެހި ރާއްޖެ ދަރަނިވެރި ނުވެ، ގަދަރުވެރިކަމާއިއެކު ކުރިއަށްގެންދިއުމަށް އެ ފައިސާތައް ހިފެހެެއްޓުމަކީ ވެރިކަމަށް އަންނަފަރާތެއްގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުވެގެންވާކަމެއް ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސޮވެރެއިން ޑިވެލޮޕްމެންޓް ފަންޑާއިމެދު ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މިވަގުތު ދިވެހި ރާއްޖެ އެންމެ ކަނބޮޑުވާކަމަކީ، 700 މިލިއަން ޑޮލަރުގެ ދަރަންޔެއް 2026ގައި ދައްކަން ޖެހޭތީކަމަށެވެ. ނަމަވެސް އެ ފަނޑު އޮތް ނަމަ އެ ފަދަ ދަތިތަކެއް ކުރިމަތި ނުވާނެކެމަށް އިޝާރާތް ކުރައްވާ އެނާ ވިދާޅުވީ، އެ ފަންދަކީ ކޮންމެ ތިން އަހަރަކުން އިތުރުވާ އެއްޗެއްކަމަށްވުމުން، ހިފެހެއްޓިފައި ހުރިނަމަ 2026އާއި ހިސާބަށް 800 މިލިއަން ޑޮލަރު އެ ފަންޑުގައި ހުންނާނެކަމަށް އެނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުން އެ ފަންޑު ގާއިމު ކުރީވެސް މިފަދަ ބޭނުންތަކަށްކަން އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، އެކި ފަރާތްތަކުން އެކި އިންޒާރުތައް ދީ ފާޑުކިއުންތައްވެސް އަމާޒުވަމުންދާއިރު، ރައީސް ސޯލިހުއަށް “ކަހާތަން ހިރުވާހެންވެސް” ހީނުވާކަމަށެވެ. އަދި އެ މަނިކުފާނުގެ އެއްވެސް ހިޔާލެއް ފިކުރެއްވެސް ނެތްކަމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، ރައީސް ސޯލިހަށް އެމްޑީޕީގެ މެޖޯރިޓީން ވިސްނާދޭން ޖެހިފައިވާކަމަށާއި، މިވަގުތަކީ ރިކަރެންޓް އެކްސްޕެންޑިޗާރއަށް “ބިިރިޔާނީ މަލާފަތެއްހެން” އިންޑިއާއިން ކްރެޑިޓްލައިނެއް ހުޅުވައިގެން ރާއްޖެއަށް ފައިސާ ޕަމްޕުކުރަންވީ ވަގުތު ނޫންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: