ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުތައް ޕްރައިވެޓު ސެކްޓާރައަށް ބަދަލުކުރާ ވާހަކަދެއްކިޔަސް އެއްވެސް ސަރުކާރަކަށް ނުކުރެވޭ: އަމީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހަރަދުތައް ޕްރައިވެޓު ސެކްޓަރއަށް ބަދަލުކުރާ ވާހަކަތައް މިހާތަނަށް އަައި ހުރިހާ ސަރުކާރަކުން ދެއްކިނަމަވެސް ކުރެވިފައިނުވާކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

“ޓޯކިން އިކޮނޮމީ” ޕްރޮގްރާމްގައި ދިވެހިރާއްޖެއަށް ގެންނަންޖެހޭ މާލީ ހައްލުތަކާއި މެދު ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ޕްރައިވެޓު ސެކްޓާގެ ތެރެއިން ކުރުމަކީ ރަނގަޅު ވިސްނުމެއްކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ ސަރުކާރުތަކަކުން ވެސް އެވާހަކަ ދައްކާކަމަށާއި އެހެންނަމަވެސް އެއްވެސް ސަރުކާރަކަށް އެކަން ރަނގަޅަށް ކުރެވިފައިނުވާކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އެކަން ކުރުމަށް ފުރުސަތު ނުލިބުނުކަމަށް ބުނެވެން އޮތްކަމަށެވެ. އެގޮތުން 2020 2021ގައި ފުރުސަތު ނުލިބުނުމަކަށާއި އެހެންނަމަވެސް 2022 އަދި 2023ގައި ރަނގަޅަށް އެ މަސައްކަތްތައް ކުރެވުނު ނަމަ ކާމިޔާބުވީސްކަމަށް ވެސް އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫއުތައް މިހާރަށްވުރެ ރަނގަޅަށް މެނޭޖުކުރެވިދާނެކަމަށެވެ. އޭނާ ވިދާޅުވީ، އިގްތިސާދީ ގޮތުން ފައިދާ ނުކުރާ ފަދަ ބައެއް މަސައްކަތްތައްވެސް ފެށިފައިވާކަމަށާއި އެކަމަށް ޒިންމާ ނަގަންޖެހޭނެކަމަށް ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، އެހެންނަމަވެސް ސަރުކާރުން ކޮށްފައިވާ ގިނަ ކަންކަމަކީ މުހިންމު ކަންކަންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވެރިކަމާއި ހަވާލުވި އިރު ރާއްޖޭގައި ފެނާއި ނަރުދަމާ ގާއިމުކުރެވިފައިވަނީ 30 އިންސައްތަ ރަށްތަކުގައިކަމަށެވެ. އެހެންކަމުން ސަރުކާރުން އެ މަސައްކަތްތަކަށް އިންވެސްޓުކުރިކަމަށާއި ބައެއް ކަންކަން އެ ވިސްނުމުން ބޭރުންވެސް ކުރެވިފައިވާކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ، އެސްއޯއީތަކުގެ ހަރަދުތަކާއި އަމަލުކުރަމުންދާ ގޮތްތަވެސް ބަދަލުކުރަންޖެހޭކަމަށެވެ.

މީގެ އިތުރުން މިނިސްޓަރުވަނީ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގައި އަމަލުކުރަމުންދާ އުސޫލުގައިވެސް މައްސަލަތަކެއް ހުރިކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޒަމާނުއްސުރެވެސް ރާއްޖޭގެ ބަޖެޓު ހަދަމުން އައިސްފައިވަނީ މުޅި އަހަރަށް ވާ ވަރަށް އެއްކޮށް ފޯކާސްޓުކުރުމަށްފަހު ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެކަމަކީ ކުރީގެ ސަރުކާރުތަކުގައި އެއްފަދަ މަގާމުތައް އަދާކުރައްވާފައިވާ މީހުންނަށްވެސް ސާފުވާނެ ކަމެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: