ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯނު މައުލޫމާތު ސިއްރެއް ނުކުރަން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ގައުމުތަކުން ނަގާ ލޯނުތަކުގެ މައުލޫމާތު ސިއްރު ނުކުރާކަމަށްފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުނުގެ ދެވަނަ ތައްޔާރުވުމުގެ ގޮތުން ވާދަކުރާ ޕާޓީތަކުން ދަނީ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތަކާއި ގުޅޭގޮތުން ގިނަ ވާހަކަތައް ދެކެވެމުންދާއިރު، މިނިސްޓަރު އަމީރުވަނީ ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން މައުލޫމާތުތައެް ސިއްރުކޮށްގެން ނުވާނެކަމަށް މުއިއްޒު ވިދާޅުވުމާއިއެކު، އަމީރުވަނީ ބޭރު ގައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރުން ނުގެންގުޅުއްވާކަމަށް ވިދާޅުވެފައެވެ. އަމީރު ވިދާޅުވީ، ގާނޫނުގައިވާގޮތަށް މަޖިލީސް އަދި އެމްއެމްއޭ އާއި މައުލޫމާތުތައް ހިއްސާކުރައްވާކަމަށާއި އެހެނިހެން މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މައުލޫމާތު ހާމަނުކުރާކަމުގެ ވާހަކައަކީ 2013-2018 ވަނަ އަހަރާއި ދެމެދު މަޖިލީހަށް ދަރަންޏާއި މާލީ ހާލަތު ފަދަ މައުލޫމާތުތައް ހިމެނޭ ރިޕޯޓުތައް ފިނޭންސް އިން ފޮނުވުމުން އެތަކެތި ފޮރުވައިގެން އުޅުނު ބަޔަކު ދައްކަން ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. އަމީރު ވިދާޅުވީ، އަބަދު އޮޅުވާލަންށާއި މަކަރު ހެދުމަށް މަސައްކަތްކުރުމަކީވެސް އެހާ ރަނގަޅުކަމެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: