ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާތް އާއިލާ މީހެއްގެވެސް ސަފާރީއެއް ނޯންނާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު:_ ފޮޓޯ_ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަފާރީއެއް ނުގެންގުޅުއްވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަފާރީއެއް ބައްލަވައިގެންފައިވާކަމަށް ބައެއް މީހުން މިނިސްޓަރު އަމީރަށް ތުހުމަތުކުރުމާއިއެކު، ސޯޝަލްމީޑިއާ މެދުވެރިކޮށް އަމީރުވަނީ އެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެ މިންވަރަށް ދޮގުހަދަން ނުވާނެކަމަށާއި ދޮގު ހެދުމާއި ފަސާދައިގެ އަމަލުތައް ހުއްޓާލަން ނުވޭތޯވެސް އަމީރު ސުވާލު ކުރެއްވިއެވެ.

އަމީރު ވިދާޅުވީ، އޭނާ އަދި ގާތް އާއިލީ މީހެއްގެވެސް ސަފާރީއެއް ނޯންނާނެކަމަށެވެ. އަމީރު ވިދާޅުވީ، އޭނާގެ އަމިއްލަ ނަންމަތީގައި ސައިކަލެއް ހުންނާނެކަމަށެވެ. އަދި އެ ނޫން އެއްޗެސް އެއްޗެއް ނުހުންނާނެކަމަށް ވިދާޅުވިއެވެ.

އަމީރު ނުހައްގު މުއްސަނދިކަމެއް ހޯއްދަވާފައިނުވާކަމަށް ސޯޝަލްމީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައިވާއިރު، ކޮންގްރެސް ކޯލިޝަންގެ ބައެއް އިސްވެރިންނާއި އެކްޓިވިސްޓުންވެސް ދަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގާފައިވާކަމަށް ތުހުމަތުކުރާ ނޭދެވޭ އަމަލުތަކުގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރުމަށް ގޮވާލަމުންނެވެ.

އެގޮތުން ކުރީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އާރްޑީސީގެ އެމްޑީ މުސާ އަލީ މަނިކު ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފް އަދި ފެނަކައިގެ އެމްޑީ ސައީދު، ގައުމުން ބޭރަށް ފުރައިގެންދިއުމަށް ފުރުސަތު ނުދިނުން މުހިންމުކަމަށެވެ. އަދި އިންތިގާލީ މަރުހަލާގައި ލިޔެކުންތައް އޮޅުވާލަފާނެކަމަށާއި އެކަމަށްވެސް ސަމާލުވުމަށް ބައެއް މީހުން އެދެމުންދާކަމަށް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: