ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އިން އަރައިގަތުމުގައި ރާއްޖެއަކީ މިސާލެއްގެ ގޮތުގައި މާލީ މުއައްސަސާތަކުގެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވޭ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ގެ ސަބަބުން ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި ރާއްޖެއަކީ މިސާލެއްކަމަށް ވޯލްޑުބެންކާއި އައިއެމްއެފް ފަދަ މާލީ މުއައްސަސާތަކުގެ ރިޕޯޓުތަކުގައި ފާހަގަކުރާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ކޮވިޑް19ގެ އިގްތިސާދީ ހީނަރުކަމަށްފަހު 2021 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު 41.7 އިންސައްތައިން ކުރިއަރައިގެންދިޔަކަމަށާއި 2022 ވަނަ އަހަރާއި ހިސާބަށް ދިޔަ އިރު ދިވެހިރާއްޖޭގެ އިގްތިސާދު 83 ބިލިއަން ރުފިޔާގެ އިގްތިސާދަކަށް ބަދަލުކުރެއްވިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، 2021 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރީ 1.3 މިލިއަން ފަތުރުވެރިންކަމަށެވެ. އަދި ބޮޑެތި ދަތިތައް ހުރި ނަމަވެސް 2021 ވަނަ އަހަރު ނިމިގެންދިޔަ އިރު ދިވެހިރާއްޖޭގެ ރިޒާވުގައި 413 މިލިއަން ޑޮލަރު ހުރިކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންކަމް ސަޕޯޓުގެ ގޮތުގައި 22،946 ފަރާތަކަށް 421 މިލިއަން ރުފިޔާގެ ދީފައިވާކަމަށެވެ. އަދި ފްރަންޓްލައިން އެލޮވެންސްގެ ގޮތުގައި 18،365 ފަރާތަކަށް 365 މިލިއަން ރުފިޔާވެސް ސަރުކާރުން ފޯރުކޮށްދީފައިވާކަމަށާއި އެސްއެމްއީ ސަޕޯޓުގެ ގޮތުގައި 2133 މީހަކަށް 368 މިލިއަން ރުފިޔާ ދީފައިވާނެކަމަށެވެ. އަމީރު ވިދާޅުވީ، ބޮޑެތި ކުންފުނިތަކާއި ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން 419 ވިޔަފާރިއަކަށް 585 މިލިއަން ހޭދަކޮށްފައިވާނެކަމަށެވެ.މިނިސްޓަރު ވިދާޅުވީ، ރަށްތަކުގައި ދިރިއުޅެމުންދާ ގޭބިސީތަކަށް ދަތިވާނެކަމަށްވުމުން ފެނާއި ކަރަންޓުން ޑިސްކައުންޓުގެ ގޮތުގައި 276،203 ފަރާތަކަށް އެހީ ފޯރުވާދީފައިވާނެކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެގޮތުގެ މަތިން ސަރުކާރުންވަނީ 147.6 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދީފައިކަމަށެވެ.

އަމީރު ވިދާޅުވީ، ސަރުކާރުން އެ ކަން ކަން އިންތިޒާމު ކުރީ ދިވެހިރާއްޖެއާއި ދުނިޔޭގެ އިގްތިސާދަށްވެސް ތާރީހުގައިވެސް ފެނިފައިނުވާފަދަ ދަތިތަކެއް ކުރިމަތިވެފައިވަނިކޮށްކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެކަންކުރީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ އިރުޝާދާއިވެސް އެކުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: