ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ދައުލަތްތަކަށްވުރެ އިގްތިސާދު ކުޑައިރު ރާއްޖޭގެ ހަރަދުތައް ބޮޑު: ޑރ ފަޒީލް ނަޖީބް

އެމްއެމްއޭގެ ކުރީގެ ގަވަނަރު ފަޒީލް އަދި މާލީ ވަޒީރު އިބްރާހިމް އަމީރު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި އުފެއްދުންތެރިކަން އިތުރުވަމުންދާ މިންވަރަށްވުރެ ދަރަނި މަތިކަމަށް އެމްއެމްއޭގެ ކުރީގެ ގަވަނަރު ޑރ ފަޒީލް ނަޖީބް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއިން ގެނެސްދޭ “ޓޯކިންގް އިކޮނޮމީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަޒީލްވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ވޯލްޑު ބެންކުގެ ރިޕޯޓުގައި ޝާއިއުކޮށްފައިވަނީ ދިވެހިރާއްޖެއިން ކަންބޮޑުވާންޖެހޭ ކަންކަން ކަމަށެވެ. އޭނާ ވިދާޅުވީ، ބޭނުންވާ އިރަށް އިގްތިސާދީ ކަންކަން އަވަސް އަވަހަށް ބަދަލު ނުކުރެވޭނެކަމަށެވެ. އަދި އަޅާ ފިޔަވަޅުތަކުގެ އަސަރުތައް ފެންނަން ވަގުތުކޮޅެއް ނަގާކަމަށާއި އެހެންކަމުން ކުރު، މެދު އަދި ދިގު ރާސްތާއަށް ބެލި ނަމަވެސް ކަންބޮޑުވުންތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖީޑީޕީ އިތުރުވަމުންދާ ރޭޓަށްވުރެ ދަރަނީގެ އަދަދުތައް އިތުރުވަމުންދާ ރޭޓު މަތިވުމަކީ ކަންބޮޑުވުމެއްކަމަށެވެ. ފަޒީލް ވިދާޅުވީ، ދަރަނިވެރިވަމުންދާ މިންވަރު އިތުރުވަމުންދިއުމަކީ މެނޭޖުކުރަން އުނދަގޫކަމެއްކަމަށާއި އެއީ ރާއްޖޭގައި އޮންނަ ސިޔާސީ މަސްރަހުގެ ތެރޭގައި އެއް ސަރުކާރުން އަނެއް ސަރުކާރަށް ކަންކަން ކުރާ ގޮތުގެ ސަބަބުން ކަން ކަން ކުރާނެ ސިޔާސީ ޖާގައެއް ނެތުމުންވެސް ހުރި ދަތިކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ، ކުރީގެ ސަރުކާރުން އުފައްދާ ބަޖެޓު ޑެފިސިޓެއް ވާރުތަވެއްޖެ ހާލަތެއްގައި އަންނަ ސަރުކާރުން ޖެހޭނީ އެ ކަން ހައްލުކުރުމަށް މަސައްކަތްކުރަންކަމަށެވެ. އެހެންކަމުން އައު ސަރުކާރުން ކުރަން ބޭނުންވާ ހަރަދުތައް ކުރުމުގައި ދަތިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ކަންކަން ހައްލުކުރުމަށްފަހު ދައުލަތް ހިންގަން ބަލާއިރު ވަގުތު ކުޑަވެގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަޒީލް ވިދާޅުވީ، ނޭދެވޭ ވާހަކަތައް ކިތަންމެ ވަރަކަށްވެސް ދެއްކިދާނެކަމަށެވެ. އެހެންނަމަވެސް މައްސަލަތައް ހައްލުކުރުމަށް އަމަލުކުރަންވީ ގޮތާއިމެދު ގައުމީ ލެވެލްއެއްގައި ގޮތް ނިންމެންޖެހޭކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

ސަރުކާރަކާއި ހަވާލުވާއިރު، ކުރީގެ ސަރުކާރުގެ ހަރަދުކުރުމުގެ ކަންކަން އެންމެ ރަނގަޅަށް ބަހައްޓާފައިނުވާތީ ދަތިތައް ދިމާވާކަމަށާއި އެއް ސަރުކާރުން އަނެއް ސަރުކާރަށް އިގްތިސާދު ވާރުތަވާކަމަށްވުމުން އެ މައްސަލަ ދިމާނުވާނެ އިންތިޒާމަކާއިމެދު ވިސްނަންޖެހޭކަމަށް ވިދާޅުވިއެވެ. ފަޒީލް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަކީ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ކުޑަ އިގްތިސާދެއްކަމަށެވެ. އެހެންނަމަވެސް އެހެން ދައުލަތްތަކާއި އަޅާ ބަލާއިރު، ރާއްޖޭގެ ހަރަދުތައް ބޮޑުކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: