ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ތާއިދުކޮށް ވޯޓު ދީފިނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރޭ ބައެއް ވިޕްލައިންތަކަށް ތަބާބެ ސަރުކާރަށް ތާއިދުކޮށް ވޯޓު ދީފިނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ވިޕްލައިންތަކާއި ހިލާފަށް ވޯޓު ދެއްވަން ނިންމެވި ސަބަބު ބަޔާންކޮށް ޕީޖީ ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ޕީޖީ ގުރޫޕުގެ ވިޕްލައިންއާއި ހިލާފްވުމަށް ނިންމީ ސަރުކާރު ޖަވާބްދާރު ކުރުވުމަށް ކަމަށެވެ. އެގޮތުން މިއަދު ސަރުކާރު ޖަވާބްދާރީ ނުކުރުވިއްޖެނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ހަބޫލު ކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޕާލަމެންޓް ހިނގާ ގޮތަށް ޕާލަމެންޓް ހިނގާ އެހެން ގައުމުތަކުގައި ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ސަރުކާރުން ބުނާހާ ގޮތަކަށް ވޯޓުދީ ހަދައިގެން އެ ގައުމުތައް ބަނގުރޫޓުވެފައިވާ ކަމަށެވެ. އެހެން ކަމުން އެމަނިކުފާން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވިޕްލައިންއާއި ހިލާފަށް ވޯޓު ދިނުމަސް ނިންމީ ރާއްޖެ އަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވިޕްލައިންއާއި ހިލާފަށް ވޯޓު ދޭން ބޭނުން ނުވާކަން ހާމަކޮށް ރައީސް ނަޝީދު އެންމއެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ ޕީޖީ ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމައި ތްރީލައިން ވިޕެއް ނެރުމާއި ގުޅިގެންނެވެ.

މިގޮތުން ޕާލިމެންޓްރީ ގުރޫޕުން ކަންކަން ނިންމަމުން ގެންދާގޮތަށް ބަލައި ކޮންމެފަހަރަކު ވިޕްލައިން އާއި އެއްގޮތަށް ވޯޓް ލާން ބޭނުން ނުވާ މެމްބަރުން ނަން ނޯޓު ކޮށްދިނުމަށް ނަޝީދު އެދުނެވެ. އަދި އެގޮތަށް ވޯޓުލާ ސަބަބު އާންމު މެމްބަރުންނަށް ސާފުވާނެ ކަމަށާއި އާންމު މެމްބަރުން އެ ބޭފުޅުން ޕާޓީން ވަކި ނުކުރާނެ ކަމަށް އުންމީދުކުރާކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: