ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލަމްގެ އިންޒާރާއިއެކު ރައީސް ނަޝީދު ބިރުވެރިކަމެއްގެ ތެރެއަށް!

ވިޕްލައިންއާއި ހިލާފަށް ވޯޓު ދޭ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީޖީ ލީޑަރ އަސްލަމް ވަނީ ދެއްވާފައި: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީގެ ޕާލިމަންޓްގެ ވަޓްސް އެޕް ގްރޫޕަށް ފޮނުވި މެސެއްގައި އެމަނިކުފާނު އެމްޑީޕީން ކަނޑާލައިފިނަމަ ވަރަށް ދެރަވާނެކަމަށް ވިދާޅުވެއްޖެއެވެ.

ގުރޫޕަށް ފޮނުވި މެސެޖްގައި އިތުރަށް ބުނެފައިވަނީ ހަޔާތުގައި ދުވަހަކުވެސް ނުވާހާ ދެރަ އެމްޑީޕީން ކަނޑާލައިފިނަމަ ވާނެކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ތްރީ ލައިން ވިޕާ ތަކުރާރުކޮށް ހިލާފުވާ މެމްބަރުންނަށް ކުރިއަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ގަވާއިދު އިސްލާހުކުރަން ވިސްނަމުން އަންނަ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުމާއި ގުޅިގެންނެވެ.

އަސްލަމް މީގެ ކުރީގައި ސަންގާއި ވާހަކަ ދައްކަވަމުންވެސް ވަނީ ޕާޓީގެ އަސާސީ ގަވާއިދުގައި ވާާގޮތުގެ މަތިން  ވިޕްލައިންތަކާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގައި ވިދާޅުވެފައެވެ.

މި ގޮތަށް އަސްލަމް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާ ޕާލަމެންޓްރީ ގްރޫޕްގެ 19 މެމްބަރަކު ވިޕްލައިނަށް ވޯޓު ނުދެއްވާނެ ކަން ވަނީ އިއުލާން ކުރައްފައެވެ. މީގެ ތެރޭގައި ރައީސް މުހައްމަދު ނަޝިދަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. ޕީޖީ ގުރޫޕުން ނެރޭ ވިޕްލައިންނާއި މެދު ނުރުހުން ފާޅުކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ޕްރޮސިކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ޕީޖީގެ މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމައި ތްރީލައިން ވިޕެއް ނެރުމާއި ގުޅިގެންނެވެ.

އެހެންކަމުން ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ޕާޓީން ވަކި ކޮށްފާނެކަމުގެ ބިރަށްޓަކައިކަމަށް އެއް ބަޔަކު އަންނަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: