ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕީޖީން ނެރުނު ވިޕަކާއި ޚިލާފުވި ފަސް މެމްބަރުންނަށް ފިޔަވަޅު އަޅައިފި

މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ވިޕާ ޚިލާފުވި އެ ޕާޓީގެ ފަސް މެމްބަރަކަށް މިއަދު ފިޔަވަޅު އަޅައިފިއެވެ.

މީޑިއާތަކުގައި ޕީޖީ އެމްޑީޕީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް ހަވާލާދީ ރިޕޯޓު ކޯށްފައިވާ މިކަމާއި ގުޅިގެން އަސްލަމް ވިދާޅުވެފައިވަނީ ފަސް މެމްބަރުންނާ މެދު ފިޔަވަޅު އެޅީ ޕާޓީގެ ޕީޖީން ނެރުނު ތްރީ ލައިން ވިޕާ ޚިލާފުވެވަޑައިގެންފައިވާތީއެވެ. އަދި އަސާސީ ގަވާއިދުގައި ބުނާ ފިޔަވަޅުތައް އެ ފަސް މެންބަރުންނަށް ވަނީ އެޅި ސިޓީ ފޮނުވާފައި މިއަދު ވަނީކަމުިގައި އަސްލަމް ވިދާޅުވެފައިވެއެވެ.

ފިޔަވަޅު އެޅިފައިޥާ މެންބަރުންގެ ތެރޭގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ އާއި ތިނަދޫ ދެކުނު އަބްދުﷲ ސަނީފް އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްގެ އިތުރުން ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހިމެނެއެވެ.

ޕީޖީ ގްރޫޕްގެ ގަވާއިދުގައިވާ ގޮތުން ތްރީ ލައިން ވިޕާ ހިލާފުވެއްޖެ ނަމަ ފުރަތަމަ ފިޔަވަޅަކީ ނަސޭހަތް ދިނުމެވެ. ނަމަވެސް ތަކުރާރުވާނަމަ ފިޔވަޅުތައް ހަރުކަށިކޮށް އިސްލާހު ނުވެއްނަމަ 4 ފުރުސަތަށް ފަހު ޕާޓީން ވަކިކުރުމަށް އެމްޑީޕީގެ ގަވާއިދުގައިވެއެވެ. އަދި ގަވާއިދުގައި އޮންނަނީ ތްރީ ލައިން ވިޕެއް ނެރެފި ނަމަ މަޖިލީހަށް ހާޒިރުވެ ކަނޑައަޅާފައިވާ ވިޕްލައިނާ އެއްގޮތަށް ވޯޓު ދެއްވުމަށެވެ.

މި ފިޔަވަޅުތައް އަޅާފައި މިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކި ކުރުމަށްޓަކައި އެމްޑީޕީގެ ފަރާތުން ނެރުނު ވިޕް ލައިނާ ރައީސް ނަޝީދު ހިލާފުވެ އެމްޑީޕީ ޕީޖީން އެގޮތަށް ނިންމުމާއެކު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ޕީޖީ ޝަމީމްގެ ދިފާއުގައި ނިކުންނަވާނެ މަޖިލީސް މެންބަރުންގެ ލިސްޓެއް ޕާޓީގެ ކުރީގެ ޗެއާޕާޝަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާންމު ކޮށްފައި ވަނިކޮށެވެ. ގްރޫޕަށް ހަސަން ލަތީފް ފޮނުއްވި މެސެޖުގައި ވަނީ, ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕްލައިނާ އެއްގޮތަށް ވޯޓުލާން ބޭނުންނުވާ މެންބަރުން ނަން ނޯޓު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ 19 މެމްބަރަކު ވަނީ ވިޕް ލައިނާ ހިލާފުވާނެ ކަމަށް ފާޅުގައި ވިދާޅުވެ މި ލިސްޓުގައި ނަން ހިމަނާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: