ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމުލަކޮށް 345 މަޝްރޫއުއެއް ކުރިއަށް އެބަދޭ: މިނިސްޓަރ އަސްލަމް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ދިވެހި ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަކޮށް 345 މަޝްރޫއެއް ހިނގަމުންދާކަމަށް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗާރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހި ރާއްޖޭގައި މިވަގުތު ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ސުވާލުކުރުމުން، މިނިސްޓަރ އަސްލަމް ވިދާޅުވީ، މިވަގުތު 345 މަޝްރޫއެއް ކުރިއަށް ގެންދާއިރު، އޭގެ ތެރެއިން 77 މަޝްރޫއެއްގެ ޕްލޭންތައް ވަނީ ހަދައި ނިންމިފައިކަަމަށެވެ.

ދިވެހި ރާއްޖޭގައި ގިނައަދަދެއްގެ މަޝްރޫއތައް ކުރިއަށް ގެންދާކަން ފާހަގަކޮށް ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމްވަނީ އެކަން ތަފްސީލްކޮށްދެއްވާފައިއެވެ. އެގޮތުން އަސްލަމް ވިދާޅުވީ، ބަނދަރާއި ޖެޓީ ހެދުމުގެ 35 މަޝްރޫއެއް ނިންމާފައިވާކަމަށެވެ. އަދި އިތުރު ބަނދަރު ތަކާއި ޖެޓީތައް ހެދުމުގެ މަސައްކަތްތައް 42 ރަށެއްގައި ކުރިއަށް ދާކަމަށް ފާހަގަކޮށް އަސްލަމް ވިދާޅުވީ، ކޮންޓްރެކްޓް ހަވާލުކޮށް އަމަލީ މަސައްކަތްތައް ނުފެށި އެފަދަ 12 މަޝްރޫއެއްވާކަމަށެވެ.

ދިވެހި ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތަކަށް އަލިއަޅުވައި އަސްލަމް ވިދާޅުވީ، 7 ރަށެއްގައި އަމަލީ ގޮތުން މަސައްކަތްތައް ކުރިއަަށްގެންދާކަމަށާއި 8 ރަށެއްގައިވަނީ އެފަދަ މަަސައްކަތްތައް ކޮށް ނިންމާފައިކަމަށެވެ. އަދި އިތުރު 18 ރަށެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވާކަމަށް އިޝާރާތްކޮށް އަސްލަމް ވިދާޅުވީ ޕްރީ ޓެންޑަރިންގް މަރުހަލާގައި 23 މަޝްރޫއެއްވާކަމަށެވެ.

ރަށް ރަށުގައި ބިންހިކުމަށް ސަރުކާރުން ހިންގާ މަސައްކަތްތަކަށް އަލިއަޅުވައި އަސްލަމް ވިދާޅުވީ 6 ރަށެެއްގައިވަނީ ބިންހިއްކައި ނިމިފައިކަމަށެވެ. އަދި އިތުރު 4 ރަށެއްގައި އަމަލީ މަސައްކަތައް ކުރިއަށް ދާކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، 10 ރަށެއްގައި އެފަދަ މަސައްކަތްތައް ފެށުމަށް ވަނީ ކޮންޓްރެކްޓަރަކާއި ހަވާލު ކުރެވިފައިކަމަށެވެ.

މަގު ހެދުމުގެ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ 21 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ހިނގަމުންދާއިރު 3 ރަށެއްގެ މަގު ހެދުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރީތައް ވަމުންދާކަމަށެވެ.

ފެނާ ނަރުދަމާގެ ނިޒާމަށް ސަރުކާރުން ގެންނަ ތަރައްގީއަށް އަލި އަޅުވައި އަސްލަމް ވިދާޅުވީ 130 އަށްވުރެ ގިނަ ކޮންޓްރެކްޓުތަކުގައިވަނީ ސޮއި ކުރެވިފައިކަމަށެވެ. އަދި އެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އެނާ އިޝާރާތް ކުރެއްވިއެވެ.

މީގެ އިތުރުނ މާލީ ދަތިކަމާއި ގުޅިގެން، އަލަށް ފެށުމަށް ކަނޑައެޅިފައިވާ މަޝްރޫއތަކުގެ ތެރެއިން މަޑުޖައްސާލާ ފަހުން ކުރިއަށް ގެންދާނީ ކޮން ޕްރޮޖެކްޓުތަކެއްކަން ސަރުކާރުން ނިންމާފައި ނުވާކަމަށްވެސް މިނިސްޓަރ އަސްލަމް މަޖިލީހުގެ ތަޅުމުގައި ކުރެވުނު ސުވާލަކާއި ގުޅިގެން ވިދާޅުވިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: