ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު ރައީސް ޔާމީންގެ ތަސައްވުރު ތަންފީޒު ކުރާ ވާހަކަދެއްކުމަކީ ބޮޑު އޮޅުވާލުމެއް: އަސްލަމް

ލ ގަމުގައި އޮތް ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި އަސްލަމް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އުޅުއްވަނީ ރައްޔިތުންނަށް އޮޅުވާލައިގެންކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ލ ގަމުގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިއަހަރު އޮތީ ފެހި ގާނޫނު އަސާސީގެ ދަށުން ބާއްވާ 4 ވަނަ ރިޔާސީ އިންތިހާބުކަމަށް ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، މި ހުރިހާ އިންތިހާބެއްގައިވެސް އޭނާއަށް މަސައްކަތްކުރެވިފައިވާކަމަށާއި، ނަމަވެސް މި އިންތިހާބު އެހެން އިންތިހާބުތަކާއި ތަފާތުކަމަށެވެ.

އިންތިހާބެއް އައިސް ކައިރިިވާއިރު، ކެންޑިޑޭޓުން ރައްޔިތުންނަށް ހުށައަޅާ ކަންތައްތަކަށާއި، އަދި މާޒީގައި އެބޭފުޅުން ކަން ކުރައްވާފައި ހުރި ގޮތާއި، އެބޭފުޅުން ގެންގުޅުއްވާ ސިޔާސަތުތަކަކީ ކޮބާކަމާއިމެދު ވިސްނަން ޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް ސާލިހު ލ އަތޮޅުގެ ރައްޔިތުންނަށް ދެއްވީ މިހާތަނަށް އެ ރައްޔިތުންނަށް ކެންޑިޑޭޓަކު ދެއްވި އެންމެ އުއްމީދީ މެސެޖުކަމަށް ވިދާޅުވެ، އެއީ މިހާތަނަށް އެ އަތޮޅަށް ދެވޭނެ އެންމެ ރަނގަޅު ތަސައްވުރުކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން އަރބަން ސެންޓަރއެއް ގާއިމްކޮށްދެއްވުމަށް ރައީސް ސާލިހު ވެވަޑައިގެން ވައުދާއި އިތުރު ކަންކަންވެސް އަސްލަމް ފާހަގަކުރެއްވިއެވެ.

އަރބަން ސެންޓަރެއް މި އަތޮޅުގައި އުފައްދާނެ ވާހަކަ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެދެއްވި. ތަފްސީލާއިއެކު ވިދާޅުވި ކޮށްދެއްވާނެ ކަންތައްތައްވެސް.

އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރަށުގައި އަސާސީ ހައްގުތައް ކަށަވަރުވެފައި ނެތުމުގެ ސަބަބުން މީގެ ކުރިން މާލެ އަންނަން ޖެހުނު ނަމަވެސްއެ ކަންކަން ބަދަލުކުރުމަށް ރައީސް ސާލިހު އަންނަނީ ވައުދުވަމުންކަމަށެވެ.

މީގެ އިތުރުން އެހެން ކެންޑިޑޭޓުންނާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ދިވެހި ރާއްޖޭގައި ދެވަނައަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމްގެ ކެންޑިޑޭޓެއް ނެތްކަމަށެވެ. ބައެއް ބޭފުޅުން ވާހަކަދައްކަވާ ގޮތުން މިކަން އޮޅޭކަމަށް ފާހަގަކޮށް އަސްލަމް ވިދާޅުވީ ކެންޑިޑޭޓަކު ނެރުނީ ކުޑަ ޕާޓީއެއްކަމަށްވާ، ޕީއެންސީއިންކަމަށެވެ. މުއިއްޒު އުޅެނީ އޮޅުވާލައިގެންކަމަށް ތުހުމަތު ކުރައްވާ އަސްލަމް ފާޑު ވިދާޅުވީ މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްުދލްގައްޔޫމްގެ ސިޔާސަތު އޭނާގެ ވެރިކަމެއްގައި ތަންފީޒު ކުރައްވާނެކަމަށް ވިދާޅުވެފައިވާތީ އެކަމަށެވެ.

ނޫން ނުކުރެއްވޭނެ. އެހެން މީހެއްގެ ވެރިކަމެއް ނުކުރެއްވޭނެ. އިތުރުފުޅެއް އެ ހައްދަވަނީ، ވެރިކަމަށް އަންނަ މީހެއްގެ ތަސައްވުރެއް އޮންނަންޖެހޭ، އޭނަގެ ސިޔާސަތުތައް ހުންނަންޖެހޭ. އެއީ އެހެން މީހެއްގެ ސިޔާސަތެއް ނޫން.

އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ވެރިކަމަށް އައިސް ތަންފިޒުކުރެވޭނީ އަމިއްލަ ސިޔާސަތުކަމަށެވެ. އެހެން މީހެއްގެ ސިޔާސަތު ތަންފީޒު ކުރައްވާ ވާހަކަ މުއިއްޒު ދެއްކެވުމަކީ ހައްދަވާ ބޮޑު އިތުރުފުޅެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. މިއީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭކަމެއްކަމަށް ފާހަގަކުރައްވާ، ކުރީގައި ގައުމު އޮތް ހާލަތަށް އަލުން ގައުމު ގެންދިއުމަށް މުއިއްޒު މަސައްކަތް ކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސިޔާސަތަކީ މާލެއަށް މީހުން ޖަމާކޮށް، ރަށްރަށް ފަޅުކުރުންކަމަށް ފާހަގަކޮށް، އަސްލަމް ވިދާޅުވީ މުއިއްޒުއަށް ވެރިކަން ދީފިނަމަ ގައުމު އެހާލަތަށް ދާނެކަމަށެވެ.

ތަރައްގީއަކީ ނިސްބަތުން ލިބޭނެ އެއްޗެއްކަމަށް މުއިއްޒު ވިދާޅުވެފައިވާކަމަށް ފާހަގަކޮށް، އަސްލަމް ވިދާޅުވީ ގައުމުގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ސިޔާސަތެއް މުއިއްޒުގެ ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: