ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީ ބަހުގެ ހިދުމަތް މާލޭގައި އަންނަ މަހު ފަށަނީ

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މިނީ ބަހުގެ ހިދުމަތް އަންނަމަހު ދޭން ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖއެވެ.

މިއަދު ފުލުހުންގެ ފަރާތުން އެމްޓީސީސީ އާއި ޝީޝާ އަދި އެލައިޑް އިންޝުއަރެންސް ގުޅިގެން މިއަދު ބޭއްވި ރޯޑް ސޭފްޓީ އެވެއަރނެސް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާދަމާ މާލެ ތެރެއަށް ގިނަ އަދަދެއްގެ ބަސް ނުކުންކާނެ ކަމުގައެވެ.

” މާދަމާ އިން ފެށިގެން އަޅުގަނޑުމެން 50 އަށް ވުރެ ގިނަ ބަސް މާލެ ސަރަހައްދުގައި ދުއްވަން ފަށާނެ. މިއީ ވަރަށް ބައިވަރު ބަސް. އަދި ޖުލައި މަހުން ފެށިގެން މިނީ ބަހުގެ ހިދުމަތް ފެށިގެންދާނެ މާލެ ސަރަހައްދުގައި.” އާދަމް އާޒިމް

މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވެފައިވަނީ އެކަމަށް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ކަމަށާއި ހިލޭ އެހީގެ ދަށުން ފައިސާ ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަސްޓަމައިޒް ކޮށްފައިވާ ބަސްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދި ކަމަށާއި ނަމަވެސް އެ ބަސްތައް ނުގެނެވުނީ ފައިސާގެ ދަތިކަން ހުރުމުން ކަމުގައި ކުރިން ނަހުލާ ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އެލައިޑް އިންޝިއުރެންސް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރި އިބްރާހިމް ފިރުޝާން ވިދާޅުވީ ރޯޑް ސޭފްޓީ ޕްރޮގްރާމްގައި އެލައިޑުން ފާއިތުވި ހައަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކޮންމެ މީހަކުވެސް ކަށަވަރު ކުރަންޖެހޭ ކަމަށާއި، އެއީ ފުރާނަ އާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: