ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަކީ ސަރުކާރުގެ ރަބަރ ސްޓޭމްޕަކަށް ބަދަލުކުރީމައި، ނަތީޖާއެއް ނުނެރެވޭ: އާދަމް ޝަރީފް

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހަކީ ސަރުކާރު ބޭނުންވާހާ ގޮތަކަށް ސަރުކާރުގެ “ރަބަރ ސްޓޭމްޕަކަށް” ބަދަލުކުރުމުގެ ސަބަބުން މަޖިލީހުން އޭގެ ޒާތުގައި މީގެ ކުރިން ކުރި މަސައްކަތް ނުކުރެވޭކަމަށާއި އެހެންކަމުން ނަތީޖާ ނުނެރެވޭކަމަށް ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެގެ މަޖިލީހަށް ހުށައެޅިގެން ދިޔަ “ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ” ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މިފަދަ ބިލަކާއިމެދު ބަހުސް ކުރެވިގެންދާއިރު ހިދުމަތްތަށް ދިނުމަށް ދިމާވާ ގޮންޖެހުންތަަކަކީ ނުވަތަ މައްސަލައަކީ ކޮބައިކަމާއިމެދު ވިސްނަންޖެހޭކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ހިދުމަތްތަށް ދިނުމަށްޓަަކައި ހެދިފައިވާ ކުންފުނިތަކަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ގިނައިން ހަރަދުވާނެ ގޮތަށް ކުންފުނިތަކުގެ ހިންގުން ބަދަލުވެފައި އޮތުންކަމަށެވެ. އަދި މިފަދައިން ކަން ދިމާވަނީ ކުރާނެ މަސައްކަތެއް ހަވާލު ކުރެވިފައިނުވާ މުވައްޒަފުން ގިނަވުމުގެ ސަބަބުންކަމަށާއި އަދި ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ނަމަވެސް ފައިދާހުރި ގޮތެއްގައި ބޭނުންނުހިފޭ އިތުރު މުވައްޒަފުން ވައްދާތީކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ބައެއް ބޭބޭފުޅުން ބޭރުގެ ގައުމުތަކަށާއި އަދި ރާއްޖޭގެ އެކި ތަންތަނަށް ކުރަންނުޖެހޭ ދަތުރުތައް އިންތިހާއަށް ގިނަވުމަކީވެސް މީގެ ސަބަބެއްކަމަށެވެ.

މިފަދަ ކަންކަމުގެ ސަބަބުން ވަރަށް ގިނަ ކުންފުނިތަކަށް ބޮޑެތި ގެއްލުންވެފައި ހުރިތައް ފެންނަން އެބަހުރިކަމަށާއި ފުރަތަމަ މި ކަންތައް އިސްލާހު ނުކޮށް ގާނޫނަށް އިސްލާހެއް ގެނައެއްކަމަކު މާ ބޮޑު ކުރިއެރުންތަކެއް ނުފެންނާނެކަމަށް ވިދާޅުވިއެވެ. ފައިދާއެއް ނުވެ ގެއްލުންތައް ވެފައި ހުރި ކުންފުނިތަށް ނޫސްތަކުންވެސް ފެންނަ އެބަހުރިކަމަށާއި މިފަދަ ކުންފުނިތަކަށް ސަރުކާރުން ފިޔަވަޅު ނާޅައިފިނަމަ އޭގެ ސަބަބުން މުޅި ގައުމަށާއި އިގްތިސާދަށް އިތުރު ގެއްލުން ލިބިގެންދާނެކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ފިޔަވަޅު ނޭޅެނީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އާންމު ޒަރޫރީ ހިދުމަތްތަށް ރައްޔިތުންނަށް ފޯރު ކޮށްދިނުމުގެ މަސައްކަތްތަކުގައި ސިޔާސީ ކުލަ މިއަދު އޮތީ ވަރަށް ބޮޑަށް ޖެހިފައިކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކަރަންޓާއި، ފެނާއި، ނަރުދަމާފަދަ މަސައްކަތްތައް ލަސްވުމުގެ ސަބަބުން ވަޒީރުންނާއިި ސުވާލުކުރެވުނު ނަމަވެސް އެ ކަންތައްތައް ކުރިމަތިވެގެންދާއިރުވެސް ޕްރޮޖެކްޓުތައް ހިންގުން ލަސްވީ ކީއްވެގެންތޯ އާއި ރަނގަޅު މެނޭޖުމަންޓު އޮޑިޓެއް ހެދިގެން އެ ކަންކަމަށް ހައްލު އަންނަތައް ނުފެންނަކަމަަށެވެ.

މިކަމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ސިޔާސީ ވަކި މަގުސަދެއް ނުވަތަ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ކުންފުނިތަކާއި މަޝްރޫއުތައް ހަވާލުކުރުންކަމަށާއި ފިޔަވަޅު ނާޅަނީވެސް މިހެންވެގެންކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރާއި ކުންފުނިތަކާއި ދެމެދު އޮންނަނީ ޑީލް ހެދިފައިކަމުގައި އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ. ކޮންމެ ކަހަލަ ދަތުރެއް ކުރެއްވިޔަސް ނުވަތަ ކިތައްމެ ބޭކާރު ހަރަދުތަކެއް ކުރެއްވި ނަމަވެސް އަދި އެ ކުންފުންޏަށް ފައިދާ ނުލިބުނުކަމުގައިވީ ނަމަވެސް ވަކި ފަޅިއެއްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށްވީތީވެ ފިޔަވަޅު ނާޅާ އޮތްތަށް މިއީ ފެންނަން އޮތް ހަގީގަތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

” މި ކަންކަމުގައި އޭގެ ގެއްލުން ހުރި މިންވަރު އެންމެ ބޮޑަށް މިއަދު ފެންނަ އެއް ތަނަކީ ރައްޔިތުންގެ މަޖިލީސް. އަޅުގަނޑުމެންނަށް އެބަ އެނގޭ ރައްޔިތުންގެ މަޖިލީހުގައި ފެކްޝަންތައް އުފެދިގެންދިޔައިރުގައި އެމްޑީޕީގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް އެބަ ފާހަގކުރެވޭ، ބައެއް ކުންފުނިތައް، ބައެއް ފަރާތްތަކުން ބައެއް އެމް ޕީސްއަށް ވަރަށް ފަސޭހަކަމާއިއެކު ކަންތައްތައް ކުރެވިގެންދާއިރު އަނެއްބައި އެމް ޕީސްއަކަށެއް އެ ކަންތައްތައް ކުރެވިގެންނުދޭ. މީގެ ހިތްހަމަނުޖެހުޟާއި، ނުތަނަވަސްކަމާއި، އުދާސް މި މަޖިލީހުގެ ތެރޭގައިވެސް މިއަދު ވަރަށް ބޮޑަށް އެބަ އޮތް. އަދި އޭގެ ސަބަބުން ބައިބައިވުން އުފެދިގެންދޭ”

އާދަމް ޝަރީފް ވިދާޅުވިއެވެ.

މިކަންކަމުގެ އެންމެ ބޮޑު ގެއްލުން ކުރަނީ ރައްޔިތުންގެ މަޖިލީހަށްކަމަށާއި އަދި އޭގެ ސަބަބުން ބައިބައިވުން އުފެދިގެން ދިޔުމުގެ ސަބަބުން މަޖިލީހުން އޭގެ ޒާތުގައި މީގެ ކުރިން ނެރެވުނު ނަތީޖާ މަޖިލީހުން ނުނެރެވި މަސައްކަތްތަކަށް ހުރަސްއެލެމުންދާކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މިއީ ސަރުކާރުން ބޭނުންވާ ވަކި މެންބަރުތަކަކަށް ވަކި މަޝްރޫއުތަކެއް ދީ، ސަރުކާރުން ބޭނުންވާ ގޮތަށް މުޅި މަޖިލީހަކީ ސަރުކާރުގެ ރަބަރ ސްޓޭމްޕަކަށް ބަދަލުކުރުމުގެ ސަބަބުންކަމުގައި އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: