ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްޓީއެލް ބަސްތަކަކީ، ހުލުމާލެ ދެވަނަ ފިޔަވެއްސަށް ބޭނުންވާ ޒަރޫރީ ހިދުމަތެއް! : ރައީސް

ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އާރްޓީއެލް ބަސްތަކުގެ ޚިދުމަތް ފެށުމާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގަ ކުރިއަށް ގެންދިއަ މިނީބަސްތައް ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުން އެތަނުގައި ވަޒަންވެރިވިއިރު ދޭންޖެހޭ އެތަކެއް ޒަރޫރީ އަދި އަސާސީ ޚިދުމަތްތައް ލިބެން ނެތްކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ދަނީ އެކަންކަން ފުރިހަމަ ކުރުމަށް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކުރަމުންކަމަަށް ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، އާރްޓީއެލްގެ ދަށުން ފައްޓަވާފައިވާ ބަހުގެ ޚިދުމަތަކީ ވެސް ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތެއްކަމަށެެވެ.

ބަހުގެ ޚިދުމަތަކީ ވެސް ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތެއްކަމަށް އިޝާރާތް ކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވެފައިވާ އެތަކެއް ޚިދުމަތްތަކެއް އަދިވެސް ހުރިކަމަށެވެ. އަދި ސަރުކާރުން ދަނީ ދެވަނަ ފިޔަވެއްސަށް ބޭނުންވާ ސްކޫލްތަކާއި، މިސްކިތްތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން މަގުތައް ހެދުން ފަދަ މަސައްކަތްތައް ކުރަމުންކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ‘އެއްގަމު ދަތުރުފަތުރުގެ ދާއިމީ ޙައްލު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރަށްވެހިންނަށް’ މި ނަމުގައި އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަހުގެ ޚިދުމަތް ތަޢާރުފުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވެވި ޙަފްލާގައިއެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާރްޓީއެލްގެ ބަސްތައް ރަސްމީކޮށް ތަޢާރަފްކޮށްދެއްވާފައެވެ. ރައީސް ސޯލިހުގެ އިތުރުން ނައިބު ފައިޞަލް ނަސީމާއިި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރާއި، އެމްޓީސީސީގެ އިސް ވެރިން އަދި އެމްޓީސީސީގެ މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ރައީސް އޮފީހަށް ޝަކުވާތައް ލިބޭކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ޝަކުވާތައް ބެއްލެވުމުގައި އެންމެ އިސްކޮށް ހުންނަވަނީ ނައިބު ރައީސް ފައިސަލް ނިސީމް ކަމަށެވެ، އަދި އެ ޝަކުވާތަކަށް ހައްލުހޯދުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާނެކަމަށްވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވެހި އާބާދުވެ ނިމޭއިރު، އެ ސަރަހައްދުގައި 70،000 އާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭނެކަމަށެވެ. އެހެންކަމުން އެ ސަރަހައްދަށް ބޭނުންވާ މިންވަރަށް ހިދުމަތްތައް ގާއުމު ކުރުމާއި އެކަންކަން ފުޅާ ކުރުން މުހިންމުކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: