ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މޯދީއަކީ ބުއްދިވެރިއެއް ނޫން”

ޕީޕީއެމް، ޕީއެންސީއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މުޖުތަމައެއްގެ ތެރޭގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމަކީ އެ ބައެއްގެ ދީނަށް ބަދުބަސް ބުނުމާއި އެ ބައެއްގެ ސަގާފަތަށް ފާޑުކިޔުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

“ނަބިއްޔާގެ ދިފާއުގައި” މި ނަމުގައި އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެއްވެސް ބުއްދިވެރިއަކު ދީނަށް ބަދުބަސް ބުނެ އެ ބައެެއްގެ ސަގާފަތަށް ފާޑުނުކިޔާނެ ކަމަށެވެ. ނަމަވެސް އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ބީޖޭޕީން މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށާއި އެ ގައުމުގެ މީހުންގެ ދުލުގެ ބާރު ގާނޫނުއަސާސީން އެ ވަރަށް ދީފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖެ އެ ބަޔަކާ ހެދި އެންމެ ވަރުގަދައަށް ޖިހާދު ކުރާ ބަޔަކީ އިންޑިއާ ކަމަށާއި ނަމަވެސް އެ މީހުންނާ ދެކޮޅަށް ބަސްބުނުމުގެ ފުރުސަތު މިއަދުގެ ސަރުކާރުން ދީފައިނުވާކަމަށް ވިދާޅުވެ ރައީސް ޔަމީން ވަނީ މިހާރުގެ ސަރުކާރަށް ފާޑު ވިދާޅުވުން އަމާޒުކުރައްވާފައެވެ. އަދި ރައްޔިތުންގެ ހިޔާލުފާޅުކުރުމަށްޓަކައި ސަރުކާރުން ޖާގަދޭކަށް ބޭނުމެއް ނުވާކަމަށާއި، އެހެންކަމުން ފިލާވަޅެއް ނަގައިދޭންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ފާހަގަކުރެއްވީ އެގޮތަށް ކަން ހިނގަމުންދަނީ ގާނޫނުގައި ލިޔެފައި ނެތިގެން ނޫން ކަމަށާއި އެކަން ވަރަށް ރަނގަޅަށް ގާނޫނުގައި ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ކުށްވެރިވާ މިންވަރާއި ހިޔާލުފާޅުކުރެވޭނެ މިންވަރާއި ނުކުރެވޭނެ ހާލަތުތައް ވެސް ބަޔާންކޮށްފައިވާކަަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި މި ސަރުކާރުން ޑިމޮކްރަސީ އާއި އެއްވެ އުޅުމުގެ ހައްގުގެ ވާހަކަ ނޫން ވާހަކައެއް ނުދައްކާކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުން އުޅެނީ މީހަކު ބެނާއެއް ދަމައިގެން ސަރުކާރު ވެއްޓި ނުވަތަ ބެނާގެ ސަބަބުން އިންޑިއާގެ ސަރުކާރު އިނދަޖެހިދާނެތީކަމަށް ވިދާޅުވެ ރައީސް ޔާމީން ސިފަ ކުރެއްވީ މިއީ ސަރުކާރުގެ ނުކުޅެދުންތެރިކަމަށެވެ. އަދި މިއީ ތަންމިނަށް ހިޔާލުފާޅުކުރުމުގެ ހައްގު ހުޅުވާލުމަށްޓަކައި އައި ސަރުކާރުކަމަށާއި މިކަން އަމަލުން ފެނިގެންނުދާކަމަށް ވިދާޅުވެ ރައީސް ޔާމީން އެއްސެވީ މިފަދަ ބަޔަކު ވެރިކަން ކުރާނީ ކިހިނެއްތޯކަމާއިމެދުގައެވެ.

“މީހަކު ބެނާއެއް ދަމާލީމަތޯ މި ސަރުކާރު ވެއްޓިދާނެތީ އެ އުޅެނީ. މޯދީ ސަރުކާރު އިނދަޖެހިދާނެތީ އެ އުޅެނީ. އެ ވަރުގެ ނުކުޅެދުންތެރިކަން ހުންނަ ބަޔަކު ކިހިނެއްތޯ ވެރިކަން ކުރާނީ. ހިޔާލުފާޅުކުރުން ތަންމިނަށް ހުޅުވާލާނެ ކަމަށް ބުނި ސަރުކާރެއް،” ޔާމީން ވިދާޅުވި އެވެ.

އިދިކޮޅުން އިންތިޒާމުކޮށް ބޭއްވި މި ޖަލްސާއަކީ އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން ދިވެހި ސަރުކާރުން، އެހެން މުސްލިމު ގައުމުތަކާއި އެއް ފެންވަރަށް ކުށްވެރިކޮށްފައިނުވާތީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް މިކަން ކުށްވެރިކުރުމަށްޓަކައި ބޭއްވި ޖަލްސާއެކެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކުރުން އެއްވެސް ގޮތަކަށް ގަބޫލު ނުކުރައްވާނެކަމަށެވެ. އެއީ ވަަކި މީހަކު ކުރި ކަމެއް ކަމަށް ބުނެ އާދައިގެ ކަމެއްގެ ގޮތުގައި އިސްލާމީ އެއްވެސް ގައުމަކުން ދޫކޮށް ނުލައްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖެއިން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ނުވާތީ އިދިކޮޅުން ބުނަމުން އައީ، އެއީ އިންޑިއާގެ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން އެގުޅުމަށް ބުރޫ އަރާފާނެތީކަމަށެވެ. ރާއްޖެއިން އެކަން ކުށްވެރިކުރީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެއްވެސް މުޖްތަމައެއްގެ ތެރޭގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމެއް އޮންނަކަމަށާއި، އަދި އޭގެ ތެރެއިން އެއް ކަމަކީ އެބައެއްގެ ދީނާ ބެހުކަމަށާއި ދެވަނަ ކަމަކީ އެބައެއްގެ ސަގާފަތަށް ފާޑުކިޔުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއީ އެއްވެސް ބުއްދިވެރިއަކު އެއްވެސް ތަނެއްގައި ކުރާނެ ކަމެއް ނޫންކަން މިއީ ދުނިޔޭގެ އެންމެވެސް ގަބޫލު ކުރާނެ ކަމެއްކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދެވިއެވެ.

މީގެ އިތުރުން ރާއްޖެއިން މިކަން ކުށްވެރިކޮށްފައިނުވުމުގެ ސަބަބުން އިދިކޮޅުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅާ ސަރުކާރަށް މިކަންތައް ކުށްވެރިކުރުމަށްވެސް ގޮވާލާފައެވެ. މުސްލިމް އެތައް ރައްޔިތުންނެއްގެ ކަންބޮޑުވުން އޮތް މި މައްސަލައިގައި ދިވެހި ދައުލަތް ހަނު އޮތުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ފާހަގަކޮށް މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ މެންބަރުންގެ ވޯޓާއިއެކު މައްސަލަ ވަނީ މިއީ ސިޔާސީ ހަތިޔާރަކަށް ދީން ހެދުމަށްޓަކައި ކުރާ މަސައްކަތެއްކަމަށް ބުނެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ. އެއަށްފަހު ރާއްޖޭގެ ފަރާތުން މިކަންތައް ކުށްވެރިކޮށްފައިވަނީ ކަން ހިގިތާ އެތައް ދުވަހެއް ފާއިތުވެދިޔަފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: