ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަބިއްޔާގެ ދިފާއުގައި ނުކުތުމަށް އެހެން ޕާޓީތަކުން ތިބީ ފަހަތު ފަޔަށް ބުރަވެ: ރައީސް ޔާމީން

ޕީޕީއެމް، ޕީއެންސީއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެވިގެންދިޔައިރުވެސް ނަބިއްޔާގެ ދިފާއުގައި ތެދުވުމަށް އެހެން ސިޔާސީ ޕާޓީތަކުން ތިއްބެވީ ފަހަތު ފަޔަށް ބުރަވެކަމަށް އިދިކޮޅުގެ ލީޑާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ކުރުން އެހްނ މުސްލިމު ގައުމުތަކާއި އެއް ފެންވަރަށް ދިވެހި ރާއްޖެއިން ކުށްވެރިކޮށްފައިނުވާތީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލުމަށްޓަކައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިންތިޒާމްކޮށް ރޭ ވަނީ “ނަބިއްޔާގެ ދިފާއުގައި” މި ނަމުގައި ޖަލްސާއެއް ބާއްވަވާފައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމިން ވަނީ މިކަންތައް ކުށްވެރިކުރައްވާ ވާހަކަ ދައްކަވާ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން މިކަމާއިމެދު އަޑު އުފުލާފައިނުވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އަދި ދީނީ އިލްމުވެރިންނާއިއެކު ދީނުގެ ނަމުގައި އަޑުއުފުލުމަށް ވަކާލާތުކޮށް ފާޓީގެ ނަމަށް “އަދާލަތު” ކިޔައިގެން އުފެދިގެން އައި އަދާލަތު ޕާޓީއަށް އެމަނިކުފާނު ވަނީ ވަކި ހާއްސަކޮށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެބޭފުޅުން ދައްކަވައިގެން އައި ވާހަކަތަކާއި އެއްގޮތަށް އަމަލު ނުކުރެވުމުން ގިނަ ދީނީ އިލްވެރިންތަކެއް ޕާޓީއާއި ވަކިވެއްޖެކަމަށާއި ތިބީ ފަހަތުފަޔަށް ބުރަވެކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ވިދާޅުވީ އެ ލައިސަންސް އެބޭފުޅުންގެ އަތުގައި ނޯންނާނެކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ބީޖޭޕީ ޕާޓީން މި ކުރި ކަންތައް އިންޑިއާ އާއި މާ ދުރުގައިވާ ފަރާތްތަކުން ކޫށްވެރިކޮށްފައިވާއިރު ރާއްޖެއިން މި ހައްގު ރައްޔިތުންނަށް ނުދޭކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ނަމަވެސް އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ބީޖޭޕީން މިހާރު ކުރަމުންދާ އެ މަސައްކަތް ކުރަމުންދަނީ، އެ ގައުމުގެ މީހުންގެ ދުލުގެ ބާރު ގާނޫނުއަސާސީން އެ ވަރަށް ދީފައިވާތީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: