ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓާރޏޭޝަނަލް ޔޯގާގެ ދުވަސް ދިވެހި ރާއްޖޭގައި ފާހަގަކުރުން ހުއްޓުވުމަށް އާންމު ފަރާތަކުން ފުލުހުންގެ މުއައްސަސާގައި އެދިފި

އިންޑިއާގައި ޔޯގާގެ ދުވަސް ފާހަގަކުރުން: ފޮޓޯ/ ގޭޓީއިމޭޖަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓްރީ އިން، އިންޑިއާގެ ހައިކޮމިށަނާއި، އެ ގައުމުގެ ކަލްޗަރަލް ސެންޓަަރާއި ގުޅިގެން ހިންގުމަށް ނިންމާފައިވާ އިންޓަރނޭޝަނަލް ޔޯގާގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ހުއްޓުވައި ދިނުމަށް އަމިއްލަ ފަރާތަކުން އެދެފިއެވެ.

އިންޓަރނޭޝަނަލް ޔޯގާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީއާއި އެކު އިންޑިއަން ހައިކޮމިޝަން އަދި އެގައުމުގެ ކަލްޗަރަލް ސެންޓަރު ގުޅިގެން ހިންގުމަށް ނިންމާފައިވާ ބޮޑު ހަރަކާތެއް ހުއްޓުވައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ފުލުހުންގެ މުއައްސަސާއަށް މައްސަލަ ހުށައެޅުމަށް ގުޅާފައިވާކަން ސަންގުޓީވީއަށް މައުލޫމާތު ލިބުމުން، ސަންގުޓީވީއިންވަނީ އެކަމާއި ގުޅިގެން ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ސާފުކޮށްފައިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނެފައިވާގޮތުން، އަމިއްލަ ފަރާތެއް ވަނީ، ޔޯގާ ޑޭ ހުއްޓުވައިދިނުމަށް އެދި މައްސަލައެއް ހުށައެޅުމަށް ގުޅާފައިއެވެ. ނަމަވެސް ފުލުންގެ މުއައްސަސާއިންވަނީ، އެފަދަ މައްސަލަތަކާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކަށް މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރައްވާފައިކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި އެ މައުލޫމާތުތައް ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާ ކުރުމަށްފަހު، އަމަލު ކުރަންވީ އުސޫލުތައް ބަޔާން ކޮށްދީފައިވާނެ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީ އިން އިންޑިއާގެ ހައި ކޮމިޝަނާއި، އެ ގައުމުގެ ކަލްޗަރަލް ސެންޓަރު ގުޅިގެން ހިންގުމަށް ކަނަޑައަޅާފައިވާ އިންޓާރނެޝަލަން ޔޯގާ އެއްވުން ބާއްވަން ނިންމާފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެ ހަރަކާތް 21 ވަނަ ދުވަހުގެ ހެނދުނު 6 ޖަހާއިރު، ރަސްފަންނުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އެ ރަސްމިއްޔާތުގައި ބޭނުން ފަރާތަކަށް ބައިވެރިވެވޭނެ ފަދައިން ޔޫތް މިނިސްޓްރީންވަނީ އާންމުނަށް ފުރުސަތު ހުޅުވާލައިފައިވެއެވެ.

އިންޓާރނެޝަލަން ޔޯގާ އެއްވުން ބާއްވަން ޔޫތް މިނިސްޓްރީން ނިންމައިފިއިވާއިރު، އިސްލާމީ އިސް އިލްމުވެރިން ވިދާޅުވަނީ، ޔޯގާއަކީ އެހެން ދީނެއްގެ ޝިޢާރެއްކަމަށްވުމުން އެކަމަކީ އިސްލާމް ދީނުގައި ހުއްދަ ކުރެވިފައިވާ ކަމެއް ނޫންކަމަށެވެ. އަދި އެ ކަސްރަތަކީ ހިންދޫއިން އެ މީހުންގެ ކަލާންގެތައް ރަމްޒުކޮށް އެތަކެއްޗަށް އަޅުކަން ކުރުމުގެ ގޮތުން، ކުރާ ބައެއް ކަންމުގެ ތެރޭގައި ހިމެނުމަށް ބައްޓަންކުރެވިފައިވާ ހަރަކާތެއް ކަމަށް ވުމުން އެ އަމަލު، ހަރާމްކަަމަށްވެސް މިޞްރުގެ “ދާރުލްއިފްތާއު”އާއި، ސަޢޫދީ ޢަރަބިއްޔާގެ ފަތުވާއާ ބެހޭ އެންމެ މަތީ މަޖްލިހުގައި ހިމެނޭ ބައެއް އިސް އިލްމްވެރިން ފާހަގަކުރެއެވެ.

ފުލުުންގެ މުއައްސަސާއަށް ޔޯގާޑޭ ހުއްޓުވައިދިނުމަށް އަމިއްލަ ފަރާތަކުން ހުށައަޅާފައިވާއިރު، މިފަދަ އިތުރު މައްސަލަތައްވެސް މިފަކަށް އައިސް ފެންމަތިވާކަމަށް ފާހަގަކޮށްލެވެއެވެ އެގޮތުން ސްނޭކް ޔޮގާގެ ނަމުގައި ބޭއްވުން އެއްވުންތަކެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުން ހިމެނެއެވެ. މިކަމަށް ރާއްޖޭގެ އެތައް އިލްމުވެރިންނެއްވެސް ފާޑު ވިދާޅުވެފައިވެއެވެ. އަދި އެމްއެންޑީއެފް ފަދަ މުއައްސަސާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންވެސް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން މިކަމަކީ، ހިންދޫއިންގެ “ޝިވާ ކަލަންގެއަށް” ނިސްބަތްކޮށް ހިންގޭ ހަރަކާތެއް ކަމަށް ކުރީގެ އެމްއެންޑީއެފްގެ ކެޕްޓަނެއްކަމަށްވާ، އަލީ އިހުސާން އިޝާރާތްކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: