ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޔާޒް އިމްރާން އަށް: ކުރަން ތިއުޅެނީ އަބަދު ހިހޫ ތަނުން ކާން ބޭނުންވާ ބަޔަކަށް ކެތް ވާނެ މަސައްކަތެއް ނޫން

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަދި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓާ އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީއަކީ މިހާތަނަށް ދީނަށް އެންމެ ހިދުމަތް ކޮށްދެވި ޕާޓީކަމަށް ބުނެ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވީޓެއް ކުރެއްވުމާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ރައްދުދެއްވައިފިއެވެ.

މި ބަހުސް ފެށިގެން ދިޔައީ ދިވެހި ރާއްޖޭގައި އިސްލާމްދީނަށް ފުށު އަރާ ގިނަ ކަންތައްތަކެއް އާންމުވެގެންދިޔަ އިރުވެސް ދީނުގެ ދިފާއުގައި ވަކާލާތުކުރުމަށްކަމަށް ބުނެ އުފެދިގެން އައި އަދާލަތު ޕާޓީން އެކަމާއި ދެކޮޅަށް ބަހެއް ނުބުނާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ގިނަ ބަޔެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވީ މި ޓްވީޓުގައި ވަނީ ބަޔަކު ގަބޫލުކުރިޔަސް އަދި ނުކުރިކަމުގައިވީ ނަމަވެސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެއީ ހަގީގަތް ކަމަަށް އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

ޓްވީޓާއިއެކު ގިނަ ބަޔަކު ބުނަމުން ދިޔައީ ދީން ހަތިޔާރަކަށް ހަދަނީ ކަމަށާއި ފެށިގެންވެސް އިމްރާން އަބްދުﷲ އަކީ ސިޔާސީ ބޭނުމަށްޓަކައި ދީން ބޭނުންކުރާ ބޭފުޅެއްކަމަށެވެ. އަދި ބައެއް ފަރާތްތަކުން ދިޔައީ އަދާލަތުގެ ފަރާތުން ހިދުމަތް ކުރެއްވީ ކޮން ދީނަކަށްތޯ ސުވާލު އުފައްދަމުންނެވެ. އިމްރާނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރެއްވި ފަރާތްތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް، ވަކީލު ޑރ. މުހައްމަދު ޖަމީލް ހިމެނިވަޑައިގަންނަވައެވެ. ޖަމީލް ވަނީ ޓްވީޓެއް ކުރައްވާ ލޯމަތިން ފެންނަން ހުރި ކަންތައް އޮޅުވާނުލެވޭނެކަމަށާއި މިއަދު މުޅި ރާއްޖޭގައި ވަނީ ބަނގުރާ އާންމުވެފައިކަމަށް ވިދާޅުވެފައެވެ. އަދި ހަށިވިއްކުންވެސް ފެޝަނަކަށްވެ، ރަސޫލާއަށާއި ދީނުގެ ޙުކުމްތަކަށް ގޮންޖެހުމާއި ޖިންސީ ފާޙިޝް އަމަލު އާންމު ވެފައި މިއަދު މިވަނީ ކަމާއި ގުޅޭ ވަޒީރަކަށް މިނިސްޓްރު އިމްރާން ހުންނަވަނިކޮށްކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޑރ އިޔާޒްވެސް ވަނީ އިމްރާނަށް ރައްދު ދެއްވައި ދީނުގެ ދިފާއުގައި އެބޭފުޅުން އެކުރައްވާ މަސައްކަތްތަކަކީ އަބަދު ހިހޫތަނުން ކާން ބޭނުންވާ ބަަޔަކަށް ކެތް ކުރެވޭނެ މަސައްކަތެއް ނޫންކަމަށް ވިދާޅުވެފައެވެ. އިސްލާމް ދީނާއި ސިޔާސަތު ވަކި ނުކުރެވޭނެކަމަށް ފާހަގަކުރައްވާ އިޔާޒްގެ ޓްވީޓުގައި ވަނީ ތިމާ މެންނަން ނުވާ ނަމަ އުދަގޫ ނުކޮށް ކުޅި ބަލަން ތިބުން ރަނގަޅު ވާނެކަމަށް ވިދާޅުވެފައެވެ.

އަދާލަތު ޕާޓީ އުފެދުނީ ދީނީ އިލްމުވެރީންތަކެއްގެ ވަރަށް ބުރަ މަސައްކަތުން ދީނަށް ހިދުމަތް ކުރުމަށް ނަމަވެސް އެ މިސްރާބަށް ޕާޓީ ނުދާތީ ގިނަ އިލްމުވެރީން ވަނީ އެ ޕާޓީ ދޫކޮށްލައްވާފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ސޭކު އިމްރާން ތިހުރީ ކެނެރީގޭ ޖާހިލުގެ މޯކުޅި 19 ގައި ޖެހި ތާށިވެފަ ،، ދެން ސޭކު އިމްރާން ކޮސްގޮވާނީ ތިޔައީ ދީނީ އިލްމު އުގެނިފައިވާ މީހެއްނޫން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: