ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ސަރުކާރަށް މީހުން “ފްރޭމް” ކުރާކަމުގެ ތުހުމަތުތަކެއް!

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ގޮވާލާ ހިންގި މުޒާހަރާގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް، މީހުން “ފްރޭމް”ކޮށް ހައްޔަރު ކުރާކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.

ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގައިދިޔަ، ޔޯގާ ޑޭގެ ހަމަ ނުޖެހުމާއި ގުޅިގެން ގިނަ އަދަދެއްގެ މީހުންވަނީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރެވިފައެވެ. ހައްޔަރު ކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ އިސް އެކްޓިވިސްޓުންކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި، އިބްރާހިމް ރަޒާން(ޓަކީ) ހިމެނޭއިރު، އިތުރު ފަރާތްތަކަކާއި، ދެ ދީނީ އިލްމުވެރިންވެސް ހިމެނެއެވެ. ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ޔޯގާ ޑޭގެ ހަމަނުޖެހުމުގައި ހައްޔަރު ކުރި ފަރާތްތަކުގެ ބަނދުގެ މުއްދަތުވަނީ އިތުރު ކުރެވިފައެވެ.

ޔޯގާ ޑޭގެ ހަމަ ނުޖެހުމާއި ގުޅިގެން ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރެވިފައިވާތީ، ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، އެ ޕާޓީގެ ދެ އެކްޓިވިސްޓުންކަމަށްވާ، މުހައްމަދު އިސްމާއިލް އަދި، އިބްރާހިމް ރަޒާން ހައްޔަރު ކުރެވިފައިވަނީ، ހަގީގަތާ ހިލާމު ތުހުމަތު ތަކެއްގެ މައްޗަށް ބިނާ ވެފައިވާ، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޔޯގާ ޑޭގެ ހަމަނުޖެހުމާއި، އިދކޮޅު ކޯލިޝަނާއި އެއްވެސް ގުޅުމެއް ނުވާކަމަށް ފާހަގޮށް، އެ ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ ބޭނުމަކަށް، އިދިކޮޅުގެ މެމްބަރުން “ފްރޭމް” ކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް އިދިކޮޅުން ނެރިފައިވާ ބަޔާނުގައި ބުނެފަވެއެވެ.

“ޕީ.ޕީ.އެމް ގެ ކައުންސިލް މެންބަރުން ކަމަށްވާ މުޙައްމަދު އިސްމާޢީލާއި އިބްރާހީމް ރައްޒާން ވަނީ ފްރޭމް ކޮށްފަ. މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަން.” ޕީޕީއެމް

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް، އިދިކޮޅުގެ މެމްބަރުން “ފްރޭމް” ކުރަމުން ދާކަމަށާއި، ޔޯގާ ޑޭގެ ހަމަނުޖެހުމުގެ ތެރޭގައި ޝާމިލުވެފައިވާކަމަށް ބުނެ ހައްޔަރު ކޮށްފައިވާ އެ ޕާޓީގެ އެކްޓިވިސްޓުން ދޫކޮށްލުމަށް ގޮވައިލާ އިދިކޮޅުން ނެރިފައިވާ ބަޔާނުގައި ބަނދުކުރެވިފައިވާ، ދީނީ އިލްމުވެރިންގެ ހައްގުތަކަށް ވަކާލާތުކޮށް ބުނެފައިވަނީ، ކުށެއް ނެތް ދީނީ އިލްމުވެރިން، އެ ބޭފުޅުންގެ އަނބިންނާއި ދަރިން ކުރިމަތީގައި، އަނިޔާވެރިކަމާއި އެކު، ހައްޔަރު ކޮށްފައިވާ ކަމަކީ، އެ ކޯލިޝަނުންނ ބަލައިގަންނަ ކަމެއް ނޫންކަމަށެވެ. އަދި ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ކުށެއް ނެތް މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވައިލާކަމަށްވެސް ބަޔާނުގައި ބުނެފަވެއެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވިފައިވާ ދީނީ އިލްމުވެރިންނާއި، ކުށެއް ނެތް ފަރާތްތައް ދޫކޮށްލުމަށް ގޮވާލުމުގެ އިތުރުން، ރައީސް ސާލިހުގެ ސަރުކާރުން މީހުން ފްރޭމް ކުރަމުން ދާކަމަށް ބުނެ ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، ޔޯގާ ޑޭގެ ހަަމަ ނުޖެހުން ހިނގައިދާން މެދުވެރިވި ސަބަބަކީ، ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުން، އެ ބަޔެއްގެ ޒިންމާތައް ގަސްތުގައި އަދާ ނުކުރުންކަމަށް ފެންނަން އޮތް ކަމަށެވެ. އެހެން ކަމުން، އެ ހަމަނުޖެހުން ހިނގައިދިޔުމަށް ދިމާވި ސަބަބު ފުރިހަމައަށް ތަހުގީގުކޮށް އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ގޮވައިލާކަމަށްވެސް، އިދިކޮޅުން ނެރިފައިވާ ބަޔާނުގައި ބުނެފަވެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނުގައި، ރައީސް ސާލިހުގެ ސަރުކާރަށް ސީރިއަސް ތުހުމަތެއް ކޮށްފައިވާއިރު، އިދިކޮޅުގެ ލީޑަރެއްކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވަނީ، އެނާގެ އަމިއްލަ ޓްވިޓާރ މެދުވެރިކޮށް ރައީސް ސާލިހަށް އަމާޒު ކުރައްވާ، އެފަދަ މޭރުމަކުން ބަހުގެ ހަމަލާއެއް ރައްދު ކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން، ދިނީ އިލްމުވެރިންގެ އަޑު ކަނޑުވާލަން އަބަދުވެސް މަސައްކަތް ކުރާކަމަށާއި، ދީނާއި ގައުމުގެ ހައްގުގައި ނުކުންނަ ފަރާތެއް ނަމަ، އެ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ގޮޅިޔަށް ލާކަމަށެވެ.

އިދކޮޅުން ކޮންގްރެސް ކޯލިޝަނުން ނެރިފައިވާ ބަޔާނުގައި ރައީސް ސާލިހުގެ ސަރުކާރުން، މީހުން “ފްރޭމް” ކުރާކަމަށް ތުހުމަތު ތަކެއް ކޮށްފައިވާއިރު، ޔޯގާ ޑޭގެ ހަރަކާތާއި ގުޅިގެން ހައްޔަރު ކުރި ފަރާތްތަކުގެ ބަނދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުން، ޔޯގާ ޑޭގެ ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރުކުރެވިފައިވާ ޝައިހް ނިޝާން އަދި ޝައިހް ފަޒްލޫންވަނީ، ޔޯގާ ޑޭގެ ހަރަކާތާއި ގުޅިގެން ހިޖުތިޖާޖް ކުރިފަރާތްތަކަށް، ގަލޮޅު ދަނޑަށް ނުވަނުމަށާއި ސުލްހަވެރިކަމާއި އެކު، އިހުތިޖާޖު ކުރުމަށްވެސް އިލްތިމާޒް ކުރައްވާފައެވެ. އަދި ހަމަ ނުޖެހުން ހިނގައިދިޔަ ވަގުތު، ދެ ޝައިހުންވެސް ދަނޑަށް ވަދެފައި ނުވާކަމަށްވެސް ގިނަ ފަރާތްތަކުން ބުނެއެވެ. ދީނީ އިލްމުވެރިންތަކެއް ނުހައްގުގައި ހައްޔަރުކޮށްފައިވާކަމަށް ބުނެ، ގިނަ ފަރާތްތަކެއް ސޯޝަލް މީޑިއާގައި އެމީހުން ދޫކޮށްލުމަށް ގޮވާލަމުން ދާއިރު، މާލެ ޖަލު ސަރަހައްދުގައި އެކަމާއި ގުޅިގެން މުޒާހަރަކާއެއް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: