ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތުން: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް އެންމެ ބޮޑު ހިދުމަތެއް ކުރީ އަދާލަތު ޕާޓީން ކަމަަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވީޓެއް ކުރައްވައިފިއެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ބަޔަކު ގަބޫލުކުރިޔަސް އަދި ނުކުރިކަމުގައިވީ ނަމަވެސް މިދިޔަ ތިން އަހަރު ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިނަމަވެސް އަދާލަތުގެ އިލްމުވެރީންނަށް ވުރެ ބޮޑަށް އިސްލާމް ދީނަަށް ހިދުމަތް ކުރި ޕާޓީއެއްވެސް އަދި ޖަމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެއީ ހަގީގަތް ކަމަަށް ފާހަގަކުރައްވާ އަދާލަތުގެ އިލްމްވެރިންނަށްވުރެ ބޮޑަށް ދީނަށް ހިދުމަތް ކުރި ޕާޓީއެއް ވިޔަސް ނުވަތަ ޖަމާއަތެއް ނަމަވެސް މި ދިވެހި ރާއްޖޭގައި ނޯންނާނެކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އަދާލަތު ޕާޓީ އުފެދުނީ ދީނީ އިލްމުވެރީންތަކެއްގެ ވަރަށް ބުރަ މަސައްކަތުން ދީނަށް ހިދުމަތް ކުރުމަށް ނަމަވެސް އެ މިސްރާބަށް ޕާޓީ ނުދާތީ ގިނަ އިލްމުވެރީން ވަނީ އެ ޕާޓީ ދޫކޮށްލައްވާފައެވެ. ކަން މިހެން އޮތްއިރު މިފަދައިން އޭނާ ޓުވީޓެއް ކުރައްވާފައިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އިމްރާނަށް ވަނީ އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 88%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދިން ސިޔާސީ ހަތިޔާރަކައް ހަދައިގެން ފައިސާހޯދުމުގަ މަޤާމާ ޝަރަފުގެ ބޭނުމުގަ މިގއުމު ސަދޫމް ކިޅިވަރުގެތެރެޔައް ގަންބާލާފަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: