ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭ އަށް ރަސްފަންނު ނުދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

އިންޑިއާގެ ޕްރައިމް މިނިސްޓަރު މޯދީ، ޔޯގާ ޑޭ ގެ ހަރަކާތެއް ކުރިއަށް ގެންދަނީ: ފޮޓޯ/ ސޯޝަލް މޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ޔޫތު މިނިސްޓްރީއާއި، އިންޑިއަން އެމްބަސީ އަދި އެ ގައުމުގެ ކަލްޗަރަލް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ، އިންޓަރނެޝަނަލް ޔޯގާ ޑޭގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ރަސްފަންނު ދޫނުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނެފައިވާގޮތުން، އިންޓަރނެޝަނަލް ޔޯގާ ދޭ ފާހަގަކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 6:30 ގައި ރަސްފަންނު ދޫކޮށްދިނުމަށް، ޔޫތު މިނިސްޓްރީންވަނީ އެ ކައުންސިލުގައި އެދިފައިކަމަށެވެ. އެހެންނަމަވެސް، އެ ތަން ދޫނުކުރަން މިހާރު ނިންމާފައިވާކަމަށާއި، އެ ނިންމުމަކީ، އާންމުންގެ ގިނަ ބަޔަކުގެ އެދުމުގެ މަތިން ނިންމާފައިވާ ގޮތްކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން އިންޓަރނެޝަނަލް ޔޯގާ ޑޭ ފާހަގަކުރުމަށް ރަސްފަނު ސަރަހައްދު ދޫ ނުކުރުމަށް ނިންމާފައިވާއިރު، ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވައިދިނުމަށް އާންމުންގެ ފަރާތުންވަނީ ދިވެހި ފުލުހުންގެ މުއައްސަސާއަށްވެސް ހުށައަޅާފައިއެވެ. ނަަމަވެސް ފުލުހުންވަނީ، އެ މައްސަލަ ކަމާއި ބެހޭ މުއައްސަސާތަކާއި ހިއްސާކުރުމަށް، ފުލުހުންނަށް ގުޅި ފަރާތަށް އިލްތިމާޒް ކުރައްވާފައިއެވެ. އަދި އެއްފަހު އަމަލުކުރަންވީ ގޮތްވެސް ބަޔާންކޮށްފައިވާނެކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފައިވެއެވެ.

ޔޯގާއަކީ އިންޑިއާގެ ހިންދޫއިން އަޅުކަންކުރުމުގެ ބައެއްގެ ގޮތުގައި ބައްޓަންކުރެވިފައިވާ ހަރަކާތަކަށް ވުމުން، ދުނޭޔޭގެ އިސް އިސްލާމީ އިލްމުވެރިން މިކަން މަނާކުރެއެވެ. އަދި  އެ އަމަލަކީ ހަރާމް ކަމެއް ކަަމަށްވެސް މިޞްރުގެ “ދާރުލްއިފްތާއު”އާއި، ސަޢޫދީ ޢަރަބިއްޔާގެ ފަތުވާއާ ބެހޭ އެންމެ މަތީ މަޖްލިހުގައި ހިމެނޭ ބައެއް އިސް އިލްމްވެރިން ފާހަގަކުރެއެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ޔޯގާޑޭގެ ގޮތަށް ފާހަގަކުރާ ދުވަސްކަމަށް އދ އުން ވަނީ ކަނޑައާޅާފައިއެވެ. އަދި ޖޫން މަހުގެ 21 ވަނަ ދުވަސް ޔޯގާ ޑޭގެ ގޮތަށް އދ އުން ކަނޑައަޅާފައިވުމުން، ރާއްޖޭގައިވެސް ގިނަ ފަހަރެއްގެ މަތިން މިދުވަސް ފާހަގަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: