ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ވެރިކަމުގައި ތިއްބެވީ ދީނެއް މަޒްހަބެއް މިއްލަތެއް ގަބޫލުކުރާ ބަޔެއްނޫން: އަދުރޭ

އިދިކޮޅު ޕީއެންސީ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

މި ގައުމުގެ ވެރިކަމުގައި ތިއްބެވީ ދީނެއް މަޒްހަބެއް މިއްލަތެއް ގަބޫލުކުރާ ބަޔެއް ނޫންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ޕީޕީއެމްއަށް އަލަށް ސޮއިކުރި މެންބަރުންނާއި މުޚާތަބުކޮށް ވާހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ ހުރިހާ ގޮތަކުން ބެލި ނަމަވެސް މިއައްވުރެ ނުރައްކާތެރި ހާލަތަކަށް ދިވެހިރާއްޖެ ދިޔަ ކަމެއް ތާރީޚުން ފެންނަން ނެތްކަމަށެވެ. އަދި ފާހަގަކުރެއްވީ އަލަށް ގުޅުނު މެންބަރުން ޕީޕީއެމްއާ ގުޅިވަޑައިގަތީ މި ނުރައްކާތެރި ދަނޑިވަޅުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން މިގައުމު ސަލާމަތް ކުރުމަށް ފަށްޓަވާފައިވާ ބުރަ މައްސޫލިއްޔަތު އަދާކުރެއްވުމުގައި އެމަނިކުފާނާއި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ނަމަވެސް އެމަސައްކަތުގައި ބައިވެރި ވުމަކީ ޕީޕީއެމްއަށް އަދި ރައީސް ޔާމިން އަށް ވެސް ކޮށްދޭކަމެއް ނޫން ކަމަށާއި، އެއީ މިއަދު އަމިއްލަ ނަފްސަށް ކުރަން ޖެހިފައިވާ ކަމެއް ކަމުގަ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ގައުމު މިއަދު މިއޮތީ ދުވަހަކު ވެސް ނުދެކޭފަދަ ދަށުދަރަޖައަކަށް ވެއްޓިފަކަމަށާއި މާތް ވެގެންވާ އިސްލާމްދީނުގެ ހިދާޔަތް ދިވެހިރާއްޖެ އޮންނަތާ 800 އަހަރު ފަހަނަ އަޅާގޮސް 900 އަހަރު ވާނީކަމަށެވެ.

އެހެންކަމުން މިއަދު ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް ގައުމު އަނބުރާ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ރާއްޖޭގެ އެންމެހާ ރައްޔިތުން އެމަސައްކަތް ކުރުމަށް އަތުގުޅާލައި ނިކުތުމަށް އަދުރޭވަނީ ގޮވައިލައްވައިފައެވެ.

މިއަދު އޮތް ބިރުވެރިކަމަކީ، މި ސައްތައިން ސައްތަ މުސްލިމު ގައުމުގައި އައުރަ ނިވާކަން ނުކޮށް މަގުމަތީ ހިގައިފިނަމަ އެމީހަކީ ސިކުޑި ހަމަނުޖެހޭ މީހަކަށް ވުންކަމަށާއި މިސްކިތަށް އަރާ ގަލޯ ހާޖަތް ކުރީމައި ނަފްސާނީ މީހަކަށްވުންކަމަށާއި އަދި އަންހެނެއްގެ އިފަތް ނަގާލީމައި އެއީ މޮޔައަކަށްވުންކަމަށާއި މާތް ވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ހަޖޫޖަހާ މީހުންނަށް ދައުލަތުގެ މަތީ މަގާމިުތައް ދިނުންކަމަށް އަދުރޭ ވިދާޅުވިއެވެ.

މިޙާ ހިސާބަށް ކަންތައްތައް ދިޔައީމައި ގައުމާއި ދޭތެރޭ ވިސްނާާ ކޮޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތަށްފަރުވާތެރިވާންޖެހޭކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ޔޯގާ ޑޭގައި ހިގައިދިޔަ ހަމަނުޖެހުމަށް އަލި އަޅުއްވާލައްވައި އަދުރޭ ވިދާޅުވީ ޝިރުކު ހުއްޓުވަން ދިޔައީމައި މީހުން ހައްޔަރުކުރާކަމަށެވެ. އިތުރަށް އަދުރޭ ފާހަގަކުރެއްވީ ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ފުލުހުން އާންމުކުރާނެ ބަޔާން، އާންމު ކުރުމުގެ ކުރިން އިންޑިއާގެ މީޑިއާތަކުގައި މި މައްސަލައާއި ގުޅިގެން ދިވެހި ރާއްޖޭގެ ޕޮލިސް ސާވީސްއިން ބާޔާނެއް ނެރޭނެކަމަށާއި އަދި ބަޔާނުގައި މިއީ ޕީޕީއެމްއިން ރާވާ ހިންގިކަމެއްކަމަށް އޮންނާނެކަމަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.

އޭނާ މިހެން ވިދާޅުވެފައި މި ވަނީ ބައިނަލްއަގުވާމީ ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކުރަމުން ދަނިކޮށް އެކަމާއި ދެކޮޅަށް އާންމު ރައްޔިތުން ހަރަކާތް ކުރިއަށް ގެންދިޔަ ސަރަހައްދަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގައި ޕީޕީއެމް ޝާމިލުވާކަމަށް ފުލުހުން އަދި އެހެން ފަރާތްތަކުންވެސް ތުހުމަތު ކޯށްފައި ވުމާއި ގުޅިގެންނެވެ.

މިފަދައިން ދީނައި ހިލާފަށް ކުރެވޭ ކަންތައްތަކުގައި މި ސަރުކާރުން ސަމާލުކަން ނުދޭކަމަށް ފާހަގަކުރައްވާ އަދުރޭ ވަނީ މި ގައުމުގެ ވެރިކަމުގައި ތިއްބެވީ ދީނެއް މަޒްހަބެއް މިއްލަތެއް ގަބޫލުކުރާ ބަޔެއްނޫންކަމުގައިވެސް ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: