ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހަށް ސިޓީ އެއް ނުފޮނުވާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން ހަދަނީ ދޮގު!

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު: ފޮޓޯ އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާޑޭގެ ހަރަކާތް ހުއްޓުވުމަށް އެދި ފުލުހަށް ސިޓީ އެއް ނުފޮނުވާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން ދޮގު ހަދައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށް އެ ސިޓީ މިނިސްޓްރީ އިން ދޮގުކޮށް ބަޔާނެއް ވަނީ ނެރެފައެވެ.  އެހެން ކަމުން އެ ސިޓީގައި ސޮއިކޮށްފައިވާ ފަރާތާއި ގުޅޭގޮތުން ސަންގު ޓީވީގެ ފަރާތުން ސުވާލު ކުރުމުން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސިޓީ އަކީ މިނިސްޓްރީ އިން ފޮނުވި ސިޓީ އެއް ނޫން ކަމަށެވެ. ނަމަވެސް ސިޓީގައި ސޮއި ކޮށްފައިވާ ހިޝާމް މުހައްމަދަކީ މިނިސްޓްރީގައި މަސައްކަތް ކުރައްވާ އިސް މުވައްޒަފެއް ކަމަށާއި އެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް އިން ފެންނަން ހުންނާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ދޮގު ކުރި ސިޓީގައި ސޮއި ކޮށްފައި ވަނީ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ހިޝާން އަހުމަދުއެވެ.

ސިޓީގައި ސޮއި ކޮށްފައިވާ ފަރާތަކީ މިނިސްޓްރީގެ އިސްވެރިއެއް ކަމަށްވާއިރު އެ މައްސަލަ މިނިސްޓްރީން ބަލަމުން ދޭތޯ ސަންގުޓީވީން ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫޟާތު ސާފް ކުރުމަށް ފަހު ހިއްސާ ކުރާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފަިއޥާ ނޫސް ބަޔާނުގައި ވަނީ 15 ޖޫން 2022 ވަނަ ދުވަހު އެ މިނިސްޓްރީން މޯލްޑްވް ޕޮލިސް ސާރވިސަްއަށް ފޮނުވައިފައިވާ ކަމަށް ބުޏާ ސިޓީއަކީ ދުނިޔޭގެ ޔޯގާ ޑޭ ފާހަގަކުރުމުގެ ހަރަކާތަކާއި ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ.

ދޮގު ކުރި ސިޓީގައި ބުނެފައިވަނީ މެޑިޓޭޝަނަކީ ހިންދޫން އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ހިންދީންގެ ދީނީ ސަގާފަތާއި ގުޅޭ ގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރު އަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެކެވެ. އެހެން ކަމުން އެފަދަ ކަންތައްތަކަކީ އިސްލާމީ ޝަރީއަތާއި ހިލާފު ކަމަކަށްވާތީ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއިބެހޭ ގާނޫނުގެ ދަށުން މަނާ ކުރެވިފައިވާ ކަންތަައްތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކާއި ގަވާއިދު ތައް ނެގެހެއްޓުމަށްޓަކައި އެފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް ފުލުހަށް އަންގާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: